Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝާހްރުކް ޚާން

ޝާހްރުކް ޚާންގެ އުފަންދުވަހު ދެ ފިލްމެއް އިޢުލާން ކުރާނެ!

ނޮވެމްބަރުމަހުގެ 2 ވަނަ ދުވަހަކީ ޝާހުގެ 54 ވަނަ އުފަން ދުވަސް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 21:00
އީދު ދުވަހު ޝާހްރުކް ޚާން އޭނާގެ ފޭނުންނަށް ތަހުނިޔާ ކިޔަން ގޭގެ ބެލްކަނީގައި

އީދު ދުވަހު ޝާހްރުކް ޚާން އޭނާގެ ފޭނުންނަށް ތަހުނިޔާ ކިޔަން ގޭގެ ބެލްކަނީގައި

ބޮލީވުޑް ގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ބަލަމުން އަންނަ ޝާހްރުކް ޚާނުގެ ފިލްމެއް މިފަހަކަށް އައިސް ނުފެންނަ ވާހަކަ އެއީ އޭނާއަށް ސަޕޯޓުކުރާ މީހުން އެންމެ ގިނައިން ކުރާ ޝަކުވާއަކަށްވަނީ ވެފައެވެ.

2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޒީރޯ" އަށް ފަހު ޝާހްރުކް ޚާންގެ ފިލްމެއް ނުނިކުންނާތީ ދެން އެންމެ އަވަހަށް އޭނާގެ ފިލްމެއް ނިކުންނާނެ ދުވަހަކަށް އޭނާގެ ފޭނުން ތިބީ ބަލަބަލައެވެ. ފޭނުންގެ އިންތިޒާރަށް ނިމުމެއް އަންނަ ކަހަލަ ރިޕޯޓްތަކެއް މިހާރު ބޮލީވުޑްގައި ވަނީ ފެންމަތިވެފައިއެވެ.

އުފަންދުވަހާ ދިމާކޮށް ޝާހުގެ ދެފިލްމެއް އިޢުލާނުކުރާނެ ފަދަ ވާހަކަތައް މިހާރު ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް އެއީ ކޮން ފިލްމްތަކެއް ކަމެއް ސީދާ އަދި ނޭގެއެވެ. އެހެންނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހަކީ ޝާހުގެ 54 ވަނަ އުފަންދުވަހަށް ވާތީ ގިނަ މީހުން އިއްތިފާޤުވަނީ ދެން ޝާހު ފިލްމެއް އިޢުލާން ކުރާނީ އޭނާގެ އުފަންދުވަހު ކަމަށެވެ. އެއީ އޭނާގެ ފޭނުންނަށް ދޭ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ މީހުން ދަނީ ސިފަ ކުރަމުންނެވެ.

ބޮލީވުޑްގެ ޚަބަރުތައް ފެތުރުމުގައި އެންމެ މަޝްހޫރޫ މަޖައްލާ "މުމްބާއީ މިރަރ" އިން ރިޕޯޓުކުރާ ގޮތުގައި ޝާހްރުކް ޚާންގެ އުފަންދުވަހު އިޢުލާންކުރާނެ އެއް ފިލްމަކީ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ. ޝާހުއާއި ރާޖްކުމާރު މި ފިލްމާ ގުޅޭ މުޢާމަލާތްތައް ކޮށްފައިވާކަމަށް އެމަޖަައްލާއިން ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް އެއީ ކޮންފިލްމެއް ކަމެއް ސީދާ އެ މަޖައްލާއިން ހާމަކޮށްފައެއް ނުވެއެވެ.

ދެވަނަ ފިލްމެއްގެ ގޮތުގައި ބެލެވެނީ ދެކުނުގެ ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޝަންކަރާއެކު ޝާހު އުފައްދާ ފިލްމެއްގެ ވާހަކައެވެ. ޚަބަރުތައް ބުނާ ގޮތުން ޝަންކަރް މިހާރު ދަނީ 1996 ގައި އޭނާ އުފެއްދި ފިލްމް "އިންޑިއާ" ގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. ކަމަލް ހަސަނާއި، މަނީޝާ ކޮއިރާލާ އާއި އުރްމިލާ މަންޓޯޑްކަރ ލީޑްރޯލް ކުޅެފައިވާ މި ފިލްމް ގެ ދެވަނަ ބައިގައި ފެނިގެންދާނީ ޝާހްރުކް ޚާންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެން ކަމުން އުފަންދުވަހު އިޢުލާންކުރާނެ ދެވަނަ ފިލްމަކަށްވާނީ މި ފިލްމް ކަމަށް ބޮލީވުޑް ޚަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން އިއްތިފާޤުވެއެވެ.

އިގިރޭސި ފިލްމް އުފައްދާ އިންޑިއާ ޑައިރެކްޓަކެއް ކަމަށްވާ ގުރިންދަރ ޗާދާ އާއެކު ފިލްމެއް އުފެއްދުމުގެ މަޝްވަރާ ކުރަމުންދާކަމުގެ ޚަބަރުވެސް މިހާރު ދަނީ ފެތުރެމުންނެވެ. 2002 ވަނަ އަހަރު އުފެއްދި އިގިރޭސި ފިލްމް "ބެންޑް އިޓް ލައިކް ބެކަމް" އާއި މިއަހަރު ރިލީޒްކުރި "ބްލައިންޑެޑް ބައި ދަ ލައިޓްސް" ފިލްމުން ބޮޑު މަޤްބޫލުކަމެއް ހޯދި ގުރިންދަރ އާއެކު ޝާހްރުކް ޚާން ފިލްމެއް އުފައްދައިފިނަމަ، އެ ވެގެންދާނީ ޝާހްރުކް ޚާން ފެންނަ އެންމެ ފުރަތަމަ އިގިރޭސި ފިލްމަށެވެ. މި ވާހަތަކަކީ ޙަޤީގަތެއް ނަމަ މި ވެގެންދާނީ މިއަހަރުތެރޭގައި ޝާހްރުކް ޚާން އިޢުލާން ކުރާނެ ތިންވަނަ ފިލްމެވެ.

މި ވާހަކަތައް ޙަޤީގަތަކައް ވެއްޖެނަމަ، ހަމަ ގައިމުވެސް މިވެގެންދާނީ އޭނާގެ ފޭނުންނަށް ލިބޭ އުފަންދުވަހުގެ ވަރަށް ބޮޑު ހަދިޔާއަކަށެވެ.

މިވާހަކަތައް ފެންމަތިވެފައިވާއިރު ބޮލީވުޑްގެ މީޑީއާތަކުންދަނީ މިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް މިކަމާބެހޭގޮތުން މެގަޒިންތަކައް ނުވަތަ ޓީވީ ތަކައް ޝާހްރުކް ޚާން ތަފުޞީލެއް ނުދެއެވެ. އެހެންނަމަވެސް އޭނާގެ ޓްވިޓަރ ގައި ވަރަށް ފަހުން ބުނެފައިވަނީ ސްކްރިޕްޓްތަކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝާޚްރުކް ޚާން އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމް ޒީރޯ އިންނެވެ. ބޮކްސް އޮފީހުގައި އެ ފިލްމް ފެއިލްވީއިރު އާއްމުންގެ ތެރޭގައިވެސް އެފިލްމަށް މާބޮޑު މަޤްބޫލުކަމެއް ނުލިބެއެވެ.

އެހެންކަމުން ދެން ޝާހްރުކް ޚާން ފިލްމަކުން ފެންނައިރު ޒީރޯގެ ތަޖުރިބާއަށް ބަލާ ރަނގަޅު މޮޅު ފިލްމަކުން ފެނުމަކީ އޭނާގެ ފޭނުން މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހެވެ. ޚުދް ޝަހްރުކް ޚާންވެސް އާ ފިލްމަކުން ފެނުމަށް ވަގުތު ނަގަނީ މި ކަމަށް ވިސްނާ ބޮކްސް އޮފީހާ އާއްމުންގެ ބޮޑު ތަރުހީބު ލިބޭނެ ފިލްމަކުން ފެނިލުންކަމަށްވެދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

13 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު