Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހުޅުމާލެއަށް 22 އަހަރު ފުރުން

މިއީ 22 އަހަރު ކުރި، މައުމޫން ފަދައިން އެންމެހާ ދިވެހިންނަށް ވެސް ހާއްސަ ދުވަހެއް!

16 އޮކްޓޯބަރު 2019 | ބުދަ 18:53

ފެށިގެން އައި އިރު މިހާ ތަރައްގީ ވާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއްނުކުރޭ

އަމަން ހަލީމް
އަމަން ހަލީމް | 16 އޮކްޓޯބަރު 2019 | ބުދަ 18:53
ރައީސް މައުމޫން ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަނީ

ރައީސް މައުމޫން ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަނީ

ކިޔުންތެރިންނަށް ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯއަކީ 1997 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ނަގާފައިވާ ފޮޓޮއެކެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ މަންޒަރަކީ، ދިވެހި ތާރީހު ބަދަލުކޮށްލި މަޝްރޫއެއްގެ ފެށުމެވެ. މި ރާއްޖޭގެ އިގްތިސާދީ ކުރިމަގާއި، ރަށްތައް ޕްލޭން ކުރުމުގެ މުސްތަގުބަލު ބަދަލުކޮށްލި އާ ފަތިހެއްގެ ފެށުމެވެ. އާދެ، ހުޅުޅޭ ފަޅު ހިއްކަން ފެށި، މިއަދު ހުރިހާ ދިވެހިން ދަންނަ ހުޅުމާލޭގެ ފެށުމެވެ.

މީގެ 22 އަހަރުކުރިން ފެށި މި މަޝްރޫއަކީ، މިއަދު އެތައް ދިވެހިންގެ އުއްމީދާ ގުޅިފައިވާ މަޝްރޫއެކެވެ. އެ ރަށުގެ ހައްގުވެރިންނަކީ، ކޮބައިކަމާއިމެދު ރައްޔިތުންގެ މަޖިލީހުން ފެށިގެން އެންމެ އާދައިގެ ރައްޔިތު މީހާ ވެސް ބަހުސް ކުރަމުން އަންނަ އިރު، މިއީ ހުރިހާ ދިވެހިންގެ މިލްކިއްޔާތެއް ކަމާއި މެދު އަޅުގަނޑު ކުޑަކޮށް ވެސް ޝައްކެއް ނުކުރަމެވެ.

1997 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބާޖެއްގައި ހުންނަވައިގެން ހުޅުލޭ އުތުރުން އޮންނަ ފަޅު ހިއްކަން ރައީސް މައުމޫން ފައްޓަވައި ދެއްވިއިރު، މިއީ މުޅި ދިވެހިރާއްޖޭގެ މުސްތަގުބަލަށް އަންނާނެ އިންގިލާބެއް ކަމަށް އޭރުވެސް ބުނަމުން ދިޔައެވެ. ކަން ވެގެން ދިޔައީ ވެސް އެހެންނެވެ. އެ ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވަނީ، މި ފެށޭ މަޝްރޫއަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތައް އެ މަޝްރޫއެއްގެ ކާމިޔާބީއާ ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، މިއީ ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އަސާސީ ބޭނުންތައް ފުއްދަވައިދެއްވުމަށްޓަކައި ފަށްޓަވާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ހިއްކަން ފެށި ހުޅުލޭ ފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ، 2002 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެ ތަނަށް ހުޅުމާލޭގެ ނަމުން ނަން ދެވި، މީހުން ދިރިއުޅެން ފަށާފައިވަނީ އޭގެ ދެ އަހަރު ފަހުން، 2004 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައެވެ. ހުދު އަޅުގަނޑަކީވެސް، އެންމެ ފުރަތަމަ އެ ހުޅުމާލޭގައި އެޅުނު ދިހަ ފްލެޓްގެ ތެރެއިން ފްލެޓެއްގައި ހުރި ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއްގައި ދިރިއުޅުމަށް ބަދަލުވީ ރައްޔިތަކީމެވެ.

އުމުރުން އެންމެ 12 އަހަރުގައި، ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރިއިރު، އެތަނަކީ މަދު އިމާރާތްތަކެއް ހުރި ހަނަފަސް ސަހަރާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސްކޫލަކާއި ހޮސްޕިޓަލަކާއި އެޗްޑީސީ (އޭރު ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) ހުރި އިމާރާތުގެ އިތުރުން ދެން އެތަނުގައި ހުރީ ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް ހަދާފައި ހުރި ހަތަރު އިމާރާތެވެ. ބާސްކެޓް ކުޅެލާނޭ ކޯޓެއްގެ އިތުރުން އެތަނުގައި އިތުރު ކުޅިވަރު ކުޅޭނެ އެއްވެސް އިންތިޒާމެއް ވެސް ނެތެވެ. މަގުތައް ހުރީ ތާރުއެޅި ރީއްޗަށް އަތުރާލާފައެވެ. މަދު ގަހެއް ފިޔަވައި އެތަނުގައި ދެން ހުރީ ހުސް ބުރު ވިނައެވެ.

އެއީ ފެށުމެވެ. އޭރު އެތަނުގައި ދިރިއުޅޭނެ ބަޔަކު ނުވެގެން އުޅުނުހެން ހީވާ ކަހަލައެވެ. 15 އަހަރު ކުރިއަށް ޖެހިލާއިރު މުޅި މަންޒަރު އޮތީ ބަދަލުވެފައެވެ. މިއަދުގެ ހުޅުމާލެއަކީ އެތައް އިމާރާތަކާއި އެތައް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިނގަމުން އަންނަ ތަނެކެވެ. އެންމެ އާދައިގެ ފްލެޓުން ފެށިގެން ގޮސް ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގްތައް ހުންނަ ހިތްގައިމު ރަށެކެވެ. މިހާރު ކޮންމެވެސް ވަރަކަށް ކާރޫ ބާރޫ ބޮޑު ކަމުގައިވީ ނަމަވެސް، އަދިވެސް މި މާލެއާ އަޅާ ބަލާއިރު މާ ބޮޑުތަނުން ވެސް ހިތްހަމެޖެހުން ލިއްބައިދެއެވެ.

މިއަދު އެ ރަށުގައި އެތައް ވިޔަފާރިއަކާއި، އެތައް އިމާރާތަކާއި، ބޮޑެތި މާސިންގާ ޕާކުތައް އޮވެއެވެ. އާބާދުވެގެން އައިއިރު، ގާތްގަނޑަކަށް 200 މީހުން ވެސް ހަމަނުވާ ހުޅުމާލޭގައި، މިއަދު ގާތްގަނޑަކަށް 30000 މީހުން ދިރިއުޅެއެވެ. މިއަދު އެއީ އެންމެންވެސް އެތަނަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ކަހަލަ ސިފަތަކެއް އެކުލެވޭ ފުރިހަމަ ރަށެކެވެ.

އެތަނުގައި މީހުން ދިރިއުޅެން ފެށި ފަހުން ތިން ވެރިކަމެއް ތަޖުރިބާ ކޮށްފައިވާއިރު، އެ ހުރިހާ ވެރިކަމެއްގައި ވެސް، ވެރިންނަށް ތިބި ފަރާތްތަކުގެ ތަސައްވުރާއި ގުޅި ލާމެހިފައި އޮތް ތަނެކެވެ. ރައްޔިތުންގެ ވޯޓު ހޯދަން ވިއްކި އަގުބޮޑު ޖަވާހިރެކެވެ. ރައީސް މައުމޫން ފިއްތަވާލެއްވި އެންމެ ފިތަކުން ފެށިގެން ދިޔަ ހުޅުމާލެއަކީ، މިއަދު ދިވެހިރާއްޖެ ތަރައްގީވަމުން އަންނަ ވަރުގެ ލާމަސީލު މިސާލެކެވެ.

މާލޭ މީހުން މަސް ބާނަން ދިޔަ ފަރު، މިއަދު މުޅި ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާއިރު، ހަމަ ޔަގީނުންވެސް އަދިވެސް އެތަނުން ހާސިލްކުރަން ބޭނުންވި މަގުސަދެއް ހާސިލެއް ނުވެއެވެ. އެތައް ބަޔެއްގެ ތަސައްވުރެއް އެތަނަށް މަސްހުނި ވެފައިވާއިރު، މިއީ ހުޅުމާލެއަށް ލިބުނު ފުރިހަމަކަމާއި އެއް ވަރަށް، އެރަށުގެ ތަރައްގީ މަޑުޖެހިފައިވާ ވެސް އެއް ސަބަބެވެ.

22 އަހަރު ކުރިން ފެށި މި މަޝްރޫއަކީ އެއިރުވެސް އަދި މިއަދު ވެސް، ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ ދިވެހިންގެ ފޮނި އުއްމީދެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ރައީސް މައުމޫންގެ ކުށަކީ...

01 އެޕްރީލު 2017
ރައީސް މައުމޫންގެ ކުށަކީ...
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް