Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ރާއްޖޭގެ ހަމަޖެހުން ނަގާލަން ފުރުސަތު ނުދޭނަން، ރާއްޖޭގައި އޮންނާނީ އިސްލާމް ދީން: ރައީސް ސޯލިހު

16 އޮކްޓޯބަރު 2019 | ބުދަ 10:30

ރާއްޖޭގައި ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތައް ހުއްޓުވާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 އޮކްޓޯބަރު 2019 | ބުދަ 10:30
ރައީސް ސޯލިހު ހުޅުދެއްޔަށް ކުރެއްވިި ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިހު ހުޅުދެއްޔަށް ކުރެއްވިި ދަތުރުފުޅުގެ ތެރެއިން

ދިވެހި ރާއްޖޭގެ ހަމަޖެހުން ނަގާލަން އެއްވެސް ފަރާތްތަކަށް ފުރުސަތު ނުދޭނެ ކަމަށާއި ރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމް ދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަންޔޫބިލް ހަރަކާތް ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ ސަރުކާރުން ވިސްނާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގައި ހަމަޖެހުމާއި އިންސާފު ގާއިމުވެފައި އޮތުން ކަމަށާއި، ތަރައްގީއަށް ބޭނުންވެފައި އޮތް އެންމެ މުހިންމު އެއް ކަމަކީ ހަމަޖެހުން ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ރާއްޖޭގެ ހަމަޖެހުން ގާއިމުކުރުން ކަމަށް ފާހަގަކޮށް ރައިސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ބިރުވެރިކަމާއި ނާމާންކަން ފަތުރައި ހަމަނުޖެހުން ނަގާލަން ގޮވާލާ ގޮވާލުންތައް ހުއްޓުވާނެކަމަށާއި އެކަމަށް ކުޑަ މިންވަރަކަށްވެސް ސަރުކާރުން ފުރުސަތު ނުދޭނެކަމަށެވެ. އަދި އިސްލާމް ދީނަށް ގޮންޖަހައި ބަދުބަސް ބުނެ ރަސޫލާއަށް ފުރައްސާރަކުރަން ފުރުސަތު ނުދޭނެކަމަށާއި ރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމްދީން ކަމަށް ރަައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ފިތުނަފަސާދަ އުފައްދުމަށް ކުރާ އެއްވެސް ކަމަަކަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ. އެންޓި ޓެރަރިޒަމް ގާނޫނަށް އިސްލާހުތައް ގެނެސްފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އިސްލާހުތައް ގެނައީ ރާއްޖޭގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި ނޫންކަމަށާއި ރާއްޖޭގެ އެއްވެސް ރައްޔިތަކު ސީރިއާއަށް ގޮސް ހަނގުރާމައިގައި ބައިވެރިވާން ޖެހޭ ކަމަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ އެއީ ދިވެހިން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި އިސްލާމީ ގައުމުތަކުގައި އެކުރާ ބައެއް ހަނުގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަތަކެއް ކަމަށެވެ.

އަދި އެއީ ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެތަންތަނަށް ރައްޔިތުން ގޮސް ހަނގުރާމައިގައި ރައްޔިތުން ބައިވެރިވެ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަންދެއްވައި ރައިސް ސޯލިހު ވިދާޅުވީ ރައްޔިތުން ވެރިކަމަށް ގެނައި ސަބަބު އެނގިވަޑައިގަންނަވާކަމަށާއި ހަރުކަށި ވިސްނުމަށް ބާރުދީ ހިއްވަރުދޭ ހުރިހާ ފަރާތްތައް ހޯދައި އެކަން ހުއްޓުވާނެކަމަށެވެ. އަދި އެއީ ރާއްޖޭގެ ސުލްހަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެއިރެއްގައި އޮންނަ ސަރުކާރުން ކުރުން ލާޒިމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ހަމަޖެހުމާއި އިންސާފާއި ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންތައް ސަރުކާރުން ވަރަށް ބޮޑު އިސްކަަމެއްދީގެން ކުރާނެކަމުގެ ޔަގިީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށާއި ދިިވެހިންނަށް އޮތީ އުފާވެރި މުސްތަގުބަލެއްކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް