Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް 2019

އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދޫކުރުމާއި ގުޅޭ ގަރާރު ބަލައިގަނެ ކޮމެޓީއަށް!

ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތް ފަށާ، ދިރިއުޅުމަށް ނިކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 16 އޮކްޓޯބަރު 2019 | ބުދަ 08:41
މަޖިލިސް 2019

މަޖިލިސް 2019

ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ގަރާރު ބަލައިގަނެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. މި ގަރާރު މަޖިލީހުން ބަލައިގަތީ 68 މެމްބަރުންގެ ވޯޓާއެކުއެވެ.

Advertisement - newsAdvertisement

މި ގަރާރަކީ ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހި ރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވެ، އެކަމުގެ ސަބަބުން ގިނަ އާއިލާތަކެއް ބިކަވެ، ހާލުގައި ޖެހެމުން ދާތީ، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހެޅުނު ގަރާރެކެވެ.

ބޯހިޔާވަހިކަމަކީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ އަދި އިޖްތިމާއީ ހައްގެކެވެ. އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ފަހިކޮށްދީ އާއިލާތަކަށް ރާއްކާތެރިކަން ހޯދައިދިނުމަކީ ގާނޫނު އަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތް ފަށާ، ދިރިއުޅުމަށް ނިކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
14 މާރިޗު 2017

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

14 މާރިޗު 2017
މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
10 މާރިޗު 2017

ކައުންސިލް އިންތިހާބުގެ ކެމްޕެއިންނާ އެކު ފ އަތޮޅު ވިއްކާލުމާ ދެކޮޅަށްވެސް މަސައްކަތް ފަށާނަން: ޝިފާޒު

10 މާރިޗު 2017
ކައުންސިލް އިންތިހާބުގެ ކެމްޕެއިންނާ އެކު ފ އަތޮޅު ވިއްކާލުމާ ދެކޮޅަށްވެސް މަސައްކަތް ފަށާނަން: ޝިފާޒު
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު