Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީ އިންތިހާބު

ވޮލީ އިންތިހާބު ބަލައިނުގަންނާނެ ކަމަށް އެފްއައިވީބީން ބުނެފި

15 އޮކްޓޯބަރު 2019 | އަންގާރަ 16:47

ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަން މީގެ ކުރިން އެފްއައިވީބީން ވަނީ ބުނެފައި

ލީވާން އަލީ
ލީވާން އަލީ | 15 އޮކްޓޯބަރު 2019 | އަންގާރަ 16:47
ވޮލީ ޓީމާއެކު ސަރުކާރުގެ އިސްވެރިން އަދި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން

ވޮލީ ޓީމާއެކު ސަރުކާރުގެ އިސްވެރިން އަދި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން

ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ ވޮލީ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން ބުނެފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ މައްސަލަތަކެއް ބެލުމަށްފަހު، އެސޯސިއޭޝަންގެ އިންތިހާބީ ހިންގާ ކޮމިޓީ އުވާލައި، އާ އިންތިހާބެއް ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައި، އާ އިންތިހާބު ބާއްވަން އެ ކޮމިޓީއާ ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޮމިޝަނަރ ހީނާ ސަލީމްއެވެ.

ނަމަވެސް އެފްއައިވީބީން ވަނީ މީގެކުރިންވެސް ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށް ބުނެ، އިންތިހާބީ ލީޑާޝިޕާ އެސޯސިއޭޝަން ހަވާލުކުރުމަށް އަންގާފައެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީން ހިންގާ އެއްވެސް ހަރަކާތެއް ބަލައިނުގަންނާނެ ކަމަށްވެސް އެފްއައިވީބީން ކުރިން ވަނީ ބުނެފައެވެ.

އެފްއައިވީބީން މިހެން އަންގާފައިވަނިކޮށް، ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑަ އަޅައި މިދިޔަ އަންގާރަ ދުވަހު ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވައިދަށް ބަދަލުތަކެއް ގެނެސް މި މަހުގެ 24 ގައި އިންތިހާބު ބާއްވަން ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ވަނީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާތީ، ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އިންތިހާބު ސައްހަތޯ ބެލުމަށް އާދީއްތަ ދުވަހު އެފްއައިވީބީއަށް ސިޓީއެއް ފޮނުވައިފައެވެ.

އެގޮތުން ސިޓީގެ ޖަވާބުގައި އެފްއައިވީބީން ބުނީ، ނޯމަލައިޒޭޝަން ކޮމިޓީ އެފްއައިވީބީން ބަލައިނުގަންނަ ކަމަށާއި، އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއްވެސް ނޯމަލައިޒޭޝަން ކޮމިޓީއަށް ލިބިގެން ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އެކަށީގެންނުވާ ނުފޫޒަކަށް ބަރޯސާކޮށްގެން ބާއްވާ އެއްވެސް އިންތިހާބެއް ބަލައިނުގަންނާނެ ކަމަށްވެސް އެފްއައިވީބީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް