Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން

އެގްރީމަންތައް ބާތިލްކޮށްގެން ދައުލަތަށް ގެއްލުންދިން މީހުންނާ ސުވާލު ކުރަންޖެހޭ: އަލީ ވަހީދު

ރާއްޖޭގައި އިންވެސްޓްކުރަން ރިކޮމެންޑް ނުކުރާނެ ކަމަށް ވިލާ ރިސޯޓްގެ ވެރިޔާ ވިދާޅުވެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2019 | އަންގާރަ 10:33
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި

ދައުލަތުން އެކިއެކި ފަރާތްތަކާއެކުވެފައިވާ އެއްބަސްވުންތައް ބާތިލްކުރުމާ ގުޅިގެން ދައުލަތަށް ލިބެމުންދާ ގެއްލުންތައް ޒިންމާވާންޖެހޭ ފަރާތެއް ހުންނަންޖެހޭނެ ކަމަށާއި އެފަދަ ގެއްލުންތައް ދިން ފަރާތްތަކާ ސުވާލުކޮށް، ޖަވާބުދާރީކޮށް، އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފި އެވެ.

ދައުލަތުން އެކި ފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތަށް ބުރަނުވާނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއި އެމިނިސްޓްރީގެ އިސްވެރިންނާއެކު އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އަލީ ވަހީދު ވަނީ އެކިއެކި ފަރާތްތަކާއެކު ދައުލަތުން ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެކަަންކުރި ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެއްވުމަށް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

އަލީ ވަހީދު ވިދާޅުވީ ބޭރުގެ އިންވެސްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ ރާއްޖޭގެ ޖުޑިޝަރީއާމެދު ކަމަށާއި އެހެންކަމުން ބައެއް އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަން ދެކޮޅު ހަދަމުންދާ ކަމަށެވެ.

އަލީ ވަހީދު ވަނީ ދާދިފަހުން ވެލާ ރިސޯޓުގެ މައްސަލައެއް ފެންމަތިވެ، އެކުންފުނީގެ ވެރިޔާގެ ވާހަކަވެސް ކޮމެޓީގައި ހިއްސާކޮށްދެއްވާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާއިން މިހާރު ތަރައްގީކުރަން ނިންމާފައިވާ 70 ރަށް ތަރައްގީ ކުރަންފެށުމާއި، އަދި އިންވެސްޓަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ޖުޑިޝަރީއަކީ އިތުބާރު ކުރެވޭ ތަނެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް ދެއްކުމަށް މަޖިލީހުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ދެއްވުމަށް ވެސް އަލީ ވަހީދު އެދިލެއްވި އެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ތިން މީހުންނާއި އެކު އައްޑޫ ބޭރުން ޑިންގީއެއް ބަންޑުން ޖަހާލާއިފި

09 ޖޫން 2017
ތިން މީހުންނާއި އެކު އައްޑޫ ބޭރުން ޑިންގީއެއް ބަންޑުން ޖަހާލާއިފި
18 މެއި 2017

ތުލުސްދޫން 6 މީހުންނާއެކު ފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި

18 މެއި 2017
ތުލުސްދޫން 6 މީހުންނާއެކު ފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި
04 މެއި 2017

ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި

04 މެއި 2017
ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު