Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ19 ވަނަ ރައްޔިތުންގެ މަޖިލިސް

އިސްތިއުފާދެއްވުމުން ކުށްތަކުން ސަލާމަތްވެގެން ނުވާނެ، އަދަބުދެވޭނެ ނިޒާމެއް ޤާއިމްކުރަންޖެހޭ: ވިސާމް

މިހާރަށްވުރެ ރަނގަޅަށް އެބެފުޅުން ކުރައްވާ ކުށްތަކަށް ޒިންމާވާންޖެހޭނެގޮތަކަށް ޤާނޫނުތަކަށް ބަދަލުގެންނަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 އޮކްޓޯބަރު 2019 | ހޯމަ 13:55
ޤަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ޤަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

މަޤާމުން އިސްތިއުފާދެއްވިނަމަވެސް، ކޮމިޝަންތަކުގައި ތިއްބަވައި ކުރެއްވި ކަންތައްތަކަށް އަދަބު ލިބޭނެ ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށާއި، ޤާނޫނާއި ހިލާފުވި ފަރާތްތައް އިސްތިއުފާދެއްވުމުން ސަލާމަތްވުމުގެ ފުރުސަތު ލިބިގެން ނުވާނެކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބް ރައީސާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އައްޔަންކުރައްވާ ބޭފުޅުންނާއި ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އެންމެ ރަނގަޅަށް އަދާކުރައްވާ މަންޒަރު ނުފެންނަ ކަމަށެވެ. އެގޮތުން ސަބް ކޮމެޓީން މައްސަލަ ތަހުޤީޤްކުރިއިރު ކަންބޮޑުވާ މިންވަރަށް އެބޭފުޅުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަންތައްތައްކޮށްފައިވާކަން ހާމަވާކަމަށެވެ.

Advertisement - newsAdvertisement

އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އިސްތިއުފާދެއްވިކަން ފާހަގަކޮށް ވިސާމް ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވުމަކީ ކުރެއްވި ކުށްތަކުން ސަލާމަތްވެވޭނެކަމެއް ނޫން ކަމަށެވެ. އަދި މިހާރަށްވުރެ ރަނގަޅަށް އެބޭފުޅުން ކުރައްވާ ކުށްތަކަށް ޒިންމާވާންޖެހޭނެގޮތަކަށް ޤާނޫނުތަކަށް ބަދަލުގެންނަންޖެހޭކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ ހަމައެގޮތަށް އޭސީސީގެ ރައީސް ކަމުގައި ހުއްޓަ، މައްސަލަ ބަލަން ފެށުމާއެކު އިސްތިއުފާދެއްވި އޭރުގެ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ފަދަ މެމްބަރުންގެ މައްސަލަތައްވެސް ބެލޭނެ ގޮތެއް ހޯދަންޖެހޭކަމަށެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވުން އެއީ ހިންގެވި ޖަރީމާތަކަށް އިންސާފު ލިބުން ނޫންކަމަށްވެސް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އެ ބޭފުޅުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑައެޅިގެން ގަދަ ބަސް ބުނުމަށްފަހު، ކަނޑައެޅިފައިވާ ޤާނޫނުތަކާއި، ގަވައިދުތަކާއި ހިލާފަށް ރައްޔިތުންނަށް އަނިޔާދިން ފަރާތްތައް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގައި ތިއްބެވި ފަރާތްތައް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވިގޮތަށް ނިންމުންތައް ނިންމާފައިވާކަމަށްވެސް އިއުތިރާފްވެފައިވާކަމަށް ވިސާމް ވިދާޅުވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލަން ފެށުމާއެކު ގިނަ މެމްބަރުންތަކެއް ވަނީ އަމިއްލަފުޅަށް މަޤާމުން އިސްތިއުފާދެއްވާފަ އެވެ. އެގޮތުން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބާއި، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިިސްމާއިލް ސޮފްވާންވެސް އިސްތިއުފާދެއްާފައިވެއެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު

19 މާރިޗު 2017
 ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު