Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެހެން ރަށްރަށުގެ ރައްޔިތުންނަށް ވުރެ މާލޭގެ ރައްޔ

މާލެ މީހުންނަކީ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް ނިކަމެތި ބައެއް : މެންބަރު މީކާއިލް

އެޖެންޑާ 19 ގައި ބުނެފައިވާ ގޮތަށް ގޯތި ކަނޑަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އޮކްޓޯބަރު 2019 | ހޯމަ 07:51
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

މާލޭގެ ގިނަ ރައްޔިތުންނަކީ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް ނިކަމެތި ރައްޔިތުންތަކެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މާލެއާއި އަތޮޅުތަކުން ފުލެޓް ދޫކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ތާއިދުކުރައްވާ ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މާލޭ މީހެކޭ ބުނުމުން އާންމުގޮތެއްގައި ސިފަވަނީ 12 ބުރީގެ އިމާރާތަކާއި އެ އިމާރާތުން އެމީހާގެ ޖީބަށް ދާއިމީގޮތެއްގައި ބޮޑު އަދަދުން ވަންނަމުންދާ ކުލީގެ ފައިސާ ކަމަށެވެ.

ނަމަވެސް މިއީ ހަގީގަތެއް ނޫންކަމަށާއި، އާންމު އެވެރެޖް މާލޭ މީހާއަކީ 12 ބުރި އިމާރާތެއްގެ ވެރިއެއް ނޫން ކަމަށާއި، ދާއިމަށް ކުލީގެ ގޮތުގައި ފައިސާ ލިބެމުންދާ މީހެއް ވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އާންމު އެވެރެޖް މާލޭ މީހާއަކީ އެއަށްވުރެ ނިކަމެތި މީހެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ އެއްވެސް ހާލެއްގައި ދައްކަވަން މިއުޅެނީ މާލޭގެ މަހުޖަނުންގެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެހެން ރަށްރަށުގެ މީހުންނަށް ވުރެވެސް މާލޭގެ ނިކަމެތި ރައްޔިތުންގެ ހާލު ބޮޑުކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެހެން ރަށްރަށުން ގޯތި ބަލައިގަންނަ އިރު އެ ގޯއްޗަކަށް ފައިސާ ދައްކާކަށް ނުޖެހޭ ކަމަށެވެ. ނަމަވެސް މާލޭގެ ބޯހިޔާވަހިކަން ނެތް މީހާ ގޯއްޗަކަށް ނުވަތަ އިންސާނަކަށް ދިރިނޫޅެވޭހާ ކުޑަ ކޮތަރުކޮށްޓަކަށްވުރެ ކުޑަ ފުލެޓަކަށް ކުރިމަތިލީމަ އޭނާގެ ގޯތިވެސް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ނުވިތާކަށް ގޯތި ދޫކޮށްލާފައި ފުލެޓްގަނޑު ލިބުމުން މުޅި އުމުރު ދުވަސް ހޭދަކުރަން މިޖެހެނީ އެއަށް ފައިސާ ދެއްކުމުގައި ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ފުލެޓްތަކުގެ ވާހަކަ ދައްކާ އިރު، މިހާރު ފުލެޓްތަކުގައި އުޅެމުންދާ މީހުންނަށް ވެސް ނަޒަރު ހިންގާލަންޖެހޭ ކަމަށެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގައި ހިމެނޭ މާލެ ހިޔާ އަދި ސިނަމާލެ ފުލެޓްގެ ހާލަތަކީ، އެއީ މީގެ 20 ވަރަކަށް އަހަރު ކުރިން އިމާރާތް ކުރި ފުލެޓްތަކެއް ކަމަށާއި، އެއީ މީހުން ދިރިއުޅެން ހެޔޮވާވަރުގެ ތަންތަނެއް ނޫން ކަމަށެވެ.

އަދި އެތަނުގެ މެއިންޓެނެންސް ނުބެލެހެއްޓި އެތަނުގެ ހާލަތު ވަރަށް ދަށު ދަރަޖައިގެ ހާލަތަކަށް ވެއްޓި މިހާރު އެތަނުގައި ދިރިއުޅެމުންދާ މީހުންނަށް އެ ފުލެޓްތަކަކީ ސޭފްޓީ ރިސްކްތަކެއް އެކުލެވިގެންވާ ފުލެޓްތަކެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން ކެމްޕޭން ކުރި އިރުގައި ވައުދުވެފައިވަނީ ގޯތި ކަނޑާފައި އެބޭފުޅުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށެވެ. ނަމަވެސް މިހާރު ފުލެޓްތަކަށް ބޮޑަށް ފޯކަސް ކުރެވެމުންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ ސިފައިގައި ވިސްނާ އިރު ފުލެޓްތަކަކީ ދުރުވިސްނުމަށް ބޯހިޔާވަހިކަމަށް އެހާ ރަނގަޅު ކޮންސެޕްޓެއް ނޫން ކަމަށެވެ. އެހެންކަމުން މި ހާލަތުން ދުރަށް އެޖެންޑާ 19 ގައި ބުނެފައިވާގޮތަށް ގޯތި ކެނޑުނު ވަރަކަށް ކަނޑައިގެން ނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ގޯތި ދޫކުރުމަކީ އެދޭ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު