Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާެރުއެމް

އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ އަންނަ މަހުގެ 7 ގައި ބާއްވަނީ

13 އޮކްޓޯބަރު 2019 | އާދީއްތަ 08:35

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 7 ގައި ދަރުބާރުގޭގައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 13 އޮކްޓޯބަރު 2019 | އާދީއްތަ 08:35
އެމްއާރުއެމް އުފެއްދުމުގެ ހުއްދަ މިނިސްޓަރ ޔުމްނާ މައުމޫނާ ހަވާލުކުރަނީ

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ މިނިސްޓަރ ޔުމްނާ މައުމޫނާ ހަވާލުކުރަނީ

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ނުވެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ 300 މެމްބަރުންނާއެކު އަންނަ މަހުގެ 7 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރުން، ޖަލްސާއަށް ވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން ޕާޓީ ހިންގުމަށްޓަކައި ވަގުތީ ކައުންސިލެއް އެކުލަވައިލާނެ ކަމަށެވެ. މީގެ އިތުރުން އެ ޖަލްސާގައި ޕާޓީގެ ދިދަ އާއި ލޯގޯ ފާސްކުރާނެ ކަމަށް އަލީމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެމްއާރުއެމް އުފެއްދުމަށް ހުއްދަ ދޫކޮށްފައިވަނީ އެޕާޓީ އުފެދުމަށް ހުއްދައަށް އެދިވަޑައިގެންނެވި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނަށެވެ. ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، އެމްއާރުއެމް އުފެއްދުމަށް ފުރަތަމަ ހުއްދައަށްއެދިލެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަން (ޗަބީ) ނަމުގައެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކަމިޝަނުން ދިން މުއްދަތު ހަމަވާން ކައިރި ވެފައިވަނިކޮށް ޑރ. އިބްރާހީމް ހަސަން ޕާޓީ އުފެއްދުމަށް އެދުނު ހުއްދަ ބާތިލްކުރުމަށް ހުށައެޅިއެވެ.

އޭގެ ފަހުން އެމްއާރުއެމްގެ ނަމުގައި ޕާޓީގެ ރެޖިސްޓްރީކުރުމުގެ ދެ ވަނަ ފަހަރަށް ހުއްދައަށް މެއި މަހުގެ 27 ގައި އެދިލެއްވީ ޔުމްނާއެވެ. ޕާޓީ އުފައްދަން ބޭނުންވާ އަދަދު ހަމަކޮށް، އެ ޕާޓީ އިން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައިވަނީ އޮގަސްޓް 22 ވަނަ ދުވަހު 3313 މެމްބަރޝިޕް ފޯމާއެކުއެވެ.

ޔުމްނާ ވެގެންދާނީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3،000 މީހުންގެ ސޮޔާއެކު ފޯމް ހުށަހަޅަންޖެހެއެވެ. އަދި އެ އަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާ ޕާޓީގެ އިސް މަގާމުތައް ކަނޑައަޅާ މެމްބަރުން އައްޔަންކުރުމުން ޕާޓީ ރަޖިސްޓްރީ ވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް