Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޮނީ ސްޕޯޓްސް ފިހާރައިން ވައްކަން ކުރަން އުޅެފި

ސޮނީ ސްޕޯޓްސް ފިހާރައިން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

13 އޮކްޓޯބަރު 2019 | އާދީއްތަ 07:59

މި މައްސަލައިގައި ހައްޔަރު ކުރި އެކަކީ 18 އަހަރުން ދަށުގެ ކުއްޖެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 އޮކްޓޯބަރު 2019 | އާދީއްތަ 07:59
ސޮނީ ސްޕޯރޓްސް

ސޮނީ ސްޕޯރޓްސް

ސޮނީ ސްޕޯޓްސް ފިހާރައިން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެފިހާރައިން ބަޔަކު ވައްކަން ކުރަން އުޅޭކަމުގެ މައުލޫމާތު ރޭ ފަތިހު 4:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ގޮސް ސޮނީ ފިހާރަ ހުންނަ ގޭގެ ގްރައުންޑް ފްލޯއިން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

Advertisement - newsAdvertisement

އަދި މި 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު އެތަނުން އެކަކު ހުރީ ކާކުކަން ނޭނގޭގޮތަށް މޫނު ފޮރުވުމަށް ހެލްމެޓް އަޅައިގެން ކަމަށެވެ. އަދި މި 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރޭގައި އެތަނުން އެކަކު ފުލުހެއްގެ ގައިގައި ޖަހާ މާރާމާތީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށެވެ. އަދި މި ދެމީހުންނަށް ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނެގިފައި ނުވާ ކަމަށާއި، ނަމަވެސް ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ބެލެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި ދެމީހުން ދުއްވި ސައިކަލް ޗެކްކުރި އިރު، ސައިކަލްގެ ނަންބޯޑުތަކުގައި ޓޭޕްއަޅާ ފޮރުވާފައިވާ ހުރުމުން ސައިކަލް ބަލާފާސްކުރި އިރު ވަގަށް ނަގާފައިވާ ސައިކަލެއްކަން ފާހަގަކުރެވިގެން އެ ސައިކަލް ވެސް ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
10 ފެބުރުއަރީ 2017

ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި

10 ފެބުރުއަރީ 2017
ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް