Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުށިގެ

ރައީސް ''މުށިގެ'' ކުޅުން: މާޒީގެ ތެރެއަށް!

މިކުޅިވަރަށް އެކި ރަށްރަށުގެ މީހުން ކިޔަނީ އެކިނަން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2019 | އާދީއްތަ 12:38
ރައީސް މުށިގެ ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ރައީސް މުށިގެ ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

އަރާއިރާއެކު މަންމަ އާއި މާމަ އަދި ދައްތަމެންނާއި، ގޭގެ އަވަށްޓެރިން ނިކުމެ މުޅި ސަރަހައްދު ކުނިކަހާ ސާފުކޮށްލައެވެ. ކުނިކޮޅެއް ނެތްތާގައި ފަސްގަނޑުގެ އޮމާންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ''މުށިގެ'' އާއެކު ކޮންމެ ދުވަހެއްގެ ގޭދޮށު ހުރިހާ މަގެއްގެ އޮމާންކަން ނަގާލަނީ ހުދު އަޅުގަނޑުމެންނެވެ.

މުށިގެ، މިކުޅިވަރަށް އެކިރަށްރަށުގެ މީހުން ތަފާތު ނަންނަމުން ނަންދީފައިވާއިރު، މިކުޅިވަރަކީ މަގުމަތީގައި ގޮޅިތަކެއް ކުރެހުމަށްފަހު، މުށިކޮޅެއް ނުވަތަ، ކުދި ގައު ކޮޅެއް ބޭނުންކޮށްގެން ކުރެހި ގޮޅިއަށް އެއްލައި ފައި ކޮރަމުންކޮރަމުން ކުޅޭ މަޖާ ކުޅިވަރެކެވެ. ސްމާޓްފޯނެއް ނެތް އެޒަމާނުގައި ސްކޫލަށް ދާންޖެހެނީ މެންދުރުކަމުން, ހޭލާ ގޮތަށް ދުއްވައި ގަންނަނީ އަވަށްޓެރި ކުދިންނާއެކު މުށިގެ ކުޅޭށެވެ. އޭރު ވެސް އެންމެ ފޯރިގަދަކޮށް ކުޅޭ އެއްކުޅިވަރަކީ މުށިގެއެވެ. އެންމެން ގޭދޮށަށް ޖަމާވާއިރަށް ހަރުއަޑު މަގުމަތި ނުކޮންނަން މަންމަ ގޮވަނީ އެހެން ވެގެންނެވެ.

ނަމަވެސް ކުޅުމަށް ހުންނަ ފޯރިއަކުން މާބޮޑު ސަމާލުކަމެއް ނުދީ އެކިވައްތަރުގެ މުށިގެތައް ކުރަހާ ކުޅެމުންދަމެވެ. ދިވެހިންގެ ޚާއްސަ މުށިގެއާއި، ބޭރުގެ ޚާއްސަ މުށިގެއެކެވެ.

ހަށިގަނޑަށް އެތައް ކަސްރަތެއް ލިބޭ މިކުޅިވަރަކީ ވަރަށް މަޖާ، ފޯރިގަދަ ކުޅިވަރެކެވެ. ހުންނަ ފޯރީގެ ސަބަބުން ޓީމްތަކަށް ބަހައިގެން އެންމެ މޮޅު ކުޅުންތެރިޔާއަށް އެންމެންގެ އަތުން ވަކި ރުފިޔާ ހަމަކޮށްގެން އިނާމުދޭ ދުވަސް ވެސް މަދެއް ނުވާނެއެވެ.

ނަމަވެސް އެއީ މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިއެވެ. ޒަމާން ބަދަލުވެ މިއަދުގެ ކުދިން މަގުމަތީގައި ކުޅުން ހުއްޓިއްޖެއެވެ. ދުއްވާ އެއްޗެހި ގިނަވެ މަގު މައްޗަކީ ކުދިންނަށް ރައްކާތެރިތަނަކަށް މިއަދު ނުވެއެވެ. ތަރައްގީއާއެކު އަޅާފަ އޮތް ތާރާއެކު ރީތި ފަސްގަނޑެއްނެތެވެ. ގަސްތަކުން ލިބުނު ބޮޑެތި ހިޔާގަނޑުތަކެއް ނެތެވެ. އެ އުފާވެރިކަން މާޒީވެ ދިޔައިރު މަގެއްމަތިން މުށިގެ ކުޅޭތަން ފެނުމަކީ ވަރަށް މިއަދު ވަރަށް ވެސް ނާދިރުކަމެކެވެ.

ކުޑައިރުގެ މިކުޅިވަރު ހިތުގައި ބިންވަޅު ނެގިފައިވަނިކޮށް މުށިގެ ހަނދާންތައް އަނެއްކާވެސް އައު ވެގެން މިއައީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ބަގީޗާގައި ހޮނިހިރު ދުވަހު ބޭއްވި އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ މުށިގެ ކުޅުއްވި ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ.

އެ ވީޑިއޯއިން ފެންނަނީ މުށިކޮޅު އެއްލުމަށްފަހު އެއްހަރުފަތުން އަނެއް ހަރުފަތަށް ދާތަނެއެވެ. އަދި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެ މަންޒަރު ބައްލަވަން ހުންނަވާއިރު، ބައެއް މުއައްޒަފުން މުށިގެ ކުޅޭ ގޮތް ކިޔާދެމުންދާތަން ފެނެއެވެ.

ރައީސް ސޯލިހުގެ އެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި ވަކި ހިއްޕާލާފައިވާއިރު، ބައެއް އާންމުން ގެންދަނީ އެމަނިކުފާނަށް ތައުރީފްގެ ބަސްތައް އޮއްސަމުންނެވެ. އެމަނިކުފާނުގެ ހިތްތިރި ސަކަ މިޒާޖަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ދިވެހިން ހިތް ފަތަހަ ކުރެއްވި އެއްސަބަބެއެވެ. އަނެއްކާ މިއީ އިތުރުވި ބޮޅެކެވެ.

މިވީޑިއޯ ޝެއަރ ކުރި ގިނަ މީހުން ބުނީ، ކުޑައިރުގެ މާޒީ ހަނދާންވި ކަމަށާއި، އަލުން އަނބުރާ އެދުވަސް ބޭނުންވާ ކަމަށެވެ. އަދި މިވީޑިއޯއާއެކު އެމީހުންގެ ދަރިންނަށް އެއީ ކޮން ކުޅިވަރެއްކަން ކިޔައިދީ އެކުޅިވަރު ގޭތެރޭގައި ކުޅެފައިވާ ކަމަށެވެ. އަދި މިހާރުގެ ގިނަ ކުޑަ ކުދިންނަށް މުށިގެއޭ ބުނުމުން ނޭނގޭކަން ވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.

ހިތާމައަކީ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ މިފަދަ ކުޅިވަރުތައް ނެތިދާތީއެވެ. ރައީސްގެ މިއަމަލުފުޅާއެކު މުށިގޭގެ ވާހަކަ ގަދަވި ނަމަވެސް ވެލީގެ ގިނަ ކުޅިވަރުތައް މިއަދު ވަނީ ހުއްޓިފައެވެ. އަކުން ބަކުން، ފަސްއޮއް އަދި ފަސްގާކޮޅު ފަދަ ކުޅިވަރުތަކެވެ. ނަމަވެސް މިހާރު ބޮޑެތިވަމުން އަންނަ ކުދިންގެ އަތުން ފޯނާއި، ޓެބްލެޓް، ޓީވީ އަދި ވީޑިއޯ ގޭމްތަކުން ދުރުކޮށް މިފަދަ ކުޅިވަރުތަކަށް އެކުދިންނާއެކު ކުޅެން އެބަޖެހެއެވެ. މިފަދަ ކުޅިވަރުތައް ކުޑަ މަސައްކަތެއް ކޮށްގެން ނަމަވެސް ދިރުވޭނެ ކަމުގެ އުންމީދު މިއަދު އާންމުވި ރައީސްގެ ވީޑިއޯއިން ހާމަވެގެން ގޮސްފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު