Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާލާ އިންޓަރ ރިސޯޓު ވޮލީ ބޯޅަ މުބާރާތް

ރިސޯޓު ވޮލީ މުބާރާތުގެ ތަށި ބަނޑޮހުން ދިފާއުކޮށްފި

12 އޮކްޓޯބަރު 2019 | ހޮނިހިރު 08:30

މި މެޗު ބަނޑޮހުން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 12 އޮކްޓޯބަރު 2019 | ހޮނިހިރު 08:30
ބަނޑޮސް އަދި ރީތި ރަށް ބައްދަލުކުރި މެޗުގެ ތެރެއިން

ބަނޑޮސް އަދި ރީތި ރަށް ބައްދަލުކުރި މެޗުގެ ތެރެއިން

އާލާ އިންޓަރ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގުގެ ތަށި ވަން އެންޑް އޮންލީ ރީތި ރަށް ބަލިކުރުމަށްފަހު ބަނޑޮހުން ދިފާއު ކޮށްފިއެވެ.

ބަނޑޮހުގައި ކުޅުނު މި މެޗު ވާދަވެރި ކުޅުމަކަށްފަހު ބަނޑޮހުން ކާމިޔާބުކުރީ 3-1 ސެޓުން މޮޅުވެގެންނެވެ.

ވިއްސާރައިގެ ސަބަބުން އެންމެ އެދެވޭ ކުޅުމެއް ދެޓީމަށްވެސް ދެއްކިފައި ނުވާއިރު ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔައެވެ. މި މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 19-25، 30-28. 25،20 އަދި 19-25 އިންނެވެ.

ފުރަތަމަ ސެޓުގައި ރީތި ރަށުން ސެޓުގެ ކުރީކޮޅު ލީޑު ނެގިނަމަވެސް ފަހަތުން އަރައި ބަނޑޮހުން ވަނީ ސެޓު ގެންގޮސްފައެވެ. މި ސެޓުގައި ބަނޑޮހުގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އޭނާ ފޮނުވައިލި ބާރު ހަމަލާތަށް ދިފާއު ކުރުމަށް ރީތި ރަށުގެ ކުޅުންތެރިންނަށް އުނދަގޫވިއެވެ.

މެޗުގައި އެންމެ ވާދަވެރި ކުޅުމެއް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ސެޓުގައެވެ. އެގޮތުން މި ސެޓުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ސެޓުގައި ބަނޑޮހުގެ ކުޅުންތެރިނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި މި ސެޓު ވަން އެންޑް އޮންލީ ރީތި ރަށުން ވަނީ ގެންގޮސްފައެވެ.

މެޗުގެ ފަހު ދެސެޓުގައި ބަނޑޮހުގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައި އިރު މެޗުގެ ފަހު ދެ ސެޓު ބަނޑޮހުން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިގެންދިޔައީ ބަނޑޮހުގެ ކުޑަކާއްޓޭ، އަހުސަން، ބަޓިސް އަދި ރަޒާން އާއި ރީތި ރަށުގެ ނަބީލް، އެޑަމް އަދި ހަސަން އިބްރާހީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަނޑޮހުގެ އަދި ޤައުމީ ފިރިހެން ޓީމުގެ ކޯޗު މުހައްމަދު ސާޖިދުއެވެ.

މިއީ ބަނޑޮހުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް