Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޯރާ ފަތެހީ

ނޯރާގެ "ޕިޔާރު ދޯ، ޕިޔާރު ލޯ" ވެސް ހިޓަކަށް!

އެ ލަވަ ރިލީޒްކުރިތާ އެއް ދުވަސް ނުވަނީސް މިހާރު ވަނީ 19 މިލިއަނަށް ވުރެއް ގިނަ މީހުން ބަލާފަ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 11 އޮކްޓޯބަރު 2019 | ހުކުރު 13:27
ނޯރާ ފަތެހީ

ނޯރާ ފަތެހީ

މި އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "މަރްޖާވާން" ގައި ހިމެނޭ ނޯރާ ފަތެހީގެ އާ އައިޓަމް ލަވަ "ޕިޔާރު ދޯ، ޕިޔާރު ލޯ" އަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އަމިއްލަ އަށް ކޮރިއޮގްރަފީ ވެސް ހަދަމުން އަންނަ ކުޅަދާނަ ނެށުންތެރިޔާގެ "ޕިޔާރު ދޯ، ޕިޔާރު ލޯ" ބުރާސްފަތި ދުވަހު ޔޫޓިއުބްގައި އާންމު ކުރިއިރު އެ ލަވަ މިހާތަނަށް 19 މިލިއަނަށްވުރެއް ގިނަ މީހުން ވަނީ ބަލާފައެވެ.

ނޯރާގެ ފަރި ހަރަކާތްތައް ފެންނަ އެ ލަވަ ގިނަ ބަޔަކަށް ކަމުދިޔަ އިރު ސޯޝަލް މީޑިއާގައި ވަނީ ނޯރާގެ އެ ލަވައަށް ތައުރީފްކޮށްފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެ ލަވަ ސޯޝަލް މީޑިއާގައި ޝެއާރ ވެސް ކުރަމުންނެވެ.

ދާދި ފަހުން ބޮލީވުޑަށް ތައާރަފުވި ބަތަލާ ނޯރާގެ ކޮންމެ ލަވަ އެއް ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވަމުން އަންނަ އިރު އޭނާ ފެނިގެންދިޔަ "ސާކީ ސާކީ" އާއި "ދިލްބަރް"ގެ ރީމޭކް އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑަށް ވައިގަ ހިފާލި ދެ ލަވަ ކަން ފާހަގަވެއެވެ.

މި ފަހުން ރިލީޒްކުރާ ގިނަ ފިލްމުތަކުގެ އެފަދަ އައިޓަމް ބައެއް ލަވަތަކުން ނޯރާ ފެންނަ އިރު "ޕިޔާރު ދޯ، ޕިޔާރު ލޯ" އަކީ ރީމޭކެވެ. އެ ލަވައިގެ އަސްލު ލަވަ 1986 ވަނަ އަހަރު ރިލީޒްކުރިއިރު "ސާގަރް" ގައި ބަތަލާ ރޭކާ އެކްޓް ކޮށްފައިވެއެވެ.

އެކްޓް ކުރަމުން ނެށުމުގެ ހުނަރު ދައްކަމުން އަންނަ ނޯރާގެ ލަވަތައް ބެލުންތެރިންނަށް އަބަދުވެސް ކަމުދާއިރު އޭނާގެ ނެށުމުގެ މޮޅު ހުނަރުގެ ޖާދޫގައި ގިނަ ބަޔަކު ވަނީ ރަނގަޅަށް ވެސް ޖެހިފައެވެ.

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2020

"ކަސޯޓީ" އަށް ފަހު "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ވެސް ނިމުމަކަށް!

23 ސެޕްޓެމްބަރު 2020
"ކަސޯޓީ" އަށް ފަހު "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ވެސް ނިމުމަކަށް!
09 އޮކްޓޯބަރު 2019

ކުރިޔަށް ވެސް އޮތީ ނޯރާގެ ސަޅި ލަވައެއް! ބެލުންތެރިން ކެތްމަދުވެފަ!

09 އޮކްޓޯބަރު 2019
ކުރިޔަށް ވެސް އޮތީ ނޯރާގެ ސަޅި ލަވައެއް! ބެލުންތެރިން ކެތްމަދުވެފަ!
13 ސެޕްޓެމްބަރު 2019

ނޯރާގެ އާލަވަ ޕަޕީޓާ ވަރަށްވެސް ތަފާތު

13 ސެޕްޓެމްބަރު 2019
ނޯރާގެ އާލަވަ ޕަޕީޓާ ވަރަށްވެސް ތަފާތު
10 މެއި 2019

ދޭ ދޭ ޕިޔާރުދޭ ފިލްމް މެއި 17 ވަނަ ދުވަހު ރިލީޒް ކުރަނީ

10 މެއި 2019
ދޭ ދޭ ޕިޔާރުދޭ ފިލްމް މެއި 17 ވަނަ ދުވަހު ރިލީޒް ކުރަނީ
02 އެޕްރީލު 2019

އަޖޭގެ އުފަންދުވަހު ދޭ ދޭ ޕިޔާރުދޭގެ ޓްރެއިލާ ރިލީޒްކޮށްފި

02 އެޕްރީލު 2019
އަޖޭގެ އުފަންދުވަހު ދޭ ދޭ ޕިޔާރުދޭގެ ޓްރެއިލާ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު