ރާއްޖެ
ހޮނުއެޅުން
މަސްބާނަން ނުކުތް ލޯންޗަކަށް ހޮނުއަޅައިފި
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2019 | ހުކުރު 12:33
ލޯންޗް
މާލެ އަތޮޅު ކުޑަ ވިލިނގިލި ބޭރަށް މަސްބާނަން ނުކުތް ލޯންޗަކަށް ހޮނުއަޅައިފިއެވެ
މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ކ ތުލުސްދޫ ޕޮލިސް ސްޓޭޝަން އަށް ލިބިފައިވަނީ ހުކުރު ދުވަހުގެ 15:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން ލޯންޗު ކަފުޖަހާ، ތުލުސްދޫ ފަޅުތެރެއަށް ވައްދާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު ލޯންޗްއަށް އެކި ވަރުވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.








