Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު މުހައްމަދު ޝާހިދު (ޝާ

ތަރައްގީ ވެގެންގޮސް މަސްބާނަން ބުޅީގައި އަޅަނީ ވެސް އާފަލާއި އޮރެންޖް: މެމްބަރު ޝާޑު

7 އެޕްރީލު 2018 | ހޮނިހިރު 12:54

ރާއްޖެ ތަރައްގީވެފައި ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 އެޕްރީލު 2018 | ހޮނިހިރު 12:54
އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ތަރައްގީ ކުރައްވައިފި ކަމަށާއި ރާއްޖެ ތަރައްގީ ވެގެންގޮސް މަސްވެރިން މަސް ބާނަން ބުޅީގައި އަޅަނީ ވެސް އަފަލާއި އޮރެންޖް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެމުން ލ. އަތޮޅުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ ރާއްޖެ ތަރައްގީ ކޮށްފައި މިވަނީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި އެހެންކަމުން އިތުރަށް ތަރައްގީ ކުރުމަށް އިތުރު ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. "ތަރައްގީގެ ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. އިއްޔެ އަޅުގަނޑު ދަތުރު ކުރަމުން އައީ ފޮނަދޫން ފެށިގެން ގަމާ ހަމައަށް. އައި މަގުމަތީގައި ވަރަށް ރީތި މޫދެއް ފެނިގެން އަޅުގަނޑު އަހާލިން އަޅުގަނޑާ އެކު ދަތުރު ކުރެއްވި މިހިސާބުގެ ކުއްޖެއް ކައިރިން. ކޮބާ ކިހިނެއްތޯ މިތާނގެ މަސްވެރިކަމާ އެއްޗެހި. ވިދާޅުވި ވަރަށް ރަނގަޅޭ، އަޅުގަނޑު ދެންނެވިން ކޯއްޗެއްތޯއޭ ބުޅީގައި އަޅަނީ. ވިދާޅުވީ ބުޅީގައި މަސް ބާނަން ބުޅީގައި އަޅަނީ އާފަލާއި އޮރެންޖޭ. މިހިސާބުން އިތުރު ވާހަކައެއް ދައްކާކަށް ނެތިން. މިހިސާބަށް ތަރައްގީ އައިސްފައި އޮތް މިންވަރު ތިޔަބޭފުޅުންނަށް ހާމަވެގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާޑު ވިދާޅުވީ ރާއްޖެއަށް ތަރައްގީގެއް އައިސްފައި ވަނީ މިފާއިތުވިދިޔަ ހަތަރު އަހަރު ކަމަށް ބުނުމަކީ ދޮގެއް ނޫން ކަމަށެވެ.

ޝާޑު ވިދާޅުވީ ވަރަށް ނުރައްކާތެރި އަދި ދަތި އުނދަގޫތަކާ އެކު ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތި އިބްރާހީމްދީދީ ކުރައްވަމުންގެންދަވާ މަސައްކަތަކީ މިގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި ރަނގަޅު ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ޖޫން 2017
ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 މެއި 2017

ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް

26 މެއި 2017
ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް