Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯންޗެއް ހުއްޓުން

އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިވެދީފި

މިއީ ގައްދޫ އިން ތިނަދޫއަށް ދިޔަ ފެރީ ލޯންޗެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 މެއި 2017 | ހޮނިހިރު 23:27
އެމްއެންޑީއެފް ކޯސްޓްގަރޑް

އެމްއެންޑީއެފް ކޯސްޓްގަރޑް

ގދ. ތިނަދޫއިން ފުރައިގެން ގދ. ގައްދޫއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓުމާގުޅިގެން އެ ލޯންޗުގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ލޯންޏަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ.ތިނަދޫ އަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެމްއެންޑީއެފް އިން ބުނީ މި ލޯންޗުގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 20:13 ހާއިރު ކަމަށެވެ.

Advertisement - newsAdvertisement

މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު ގއ. ކޫއްޑޫގައި އޮތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗު ވަނީ އިންޖީނު ހުއްޓުނު "އޭއޭ ސްޕީޑް" ލޯންޗު ކައިރިއަށް ގޮސްފައިކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ގޮތުން އެލޯންޗުގައި އޮތް ހާލު ބޮޑު ބަލި މީހަކާއި ލޯންޗުގައި ދެން ތިބި މީހުން ސަލާމަތްތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި ހާލު ބޮޑު ބަލި މީހާ ވަނީ ގދ.ތ ިނަދޫ ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ގއ އަތޮޅުގައި އޮންނަ ރޮބިންސަން މޯލްޑިވްސް ރިސޯޓު ކައިރިންނެވެ. މި ހާދިސާ ހިނގި އިރު ލޯންޗުގައި 2 ފިރިހެންނުންނާއި 6 އަންހެނުން ތިއްބެވެ. އިންޖީނު ހުއްޓުނު އޭއޭ ސްޕީޑް ލޯންޗަކީ އަތޮޅު ތެރޭގައި ބޭނުންކުރާ ފެރީ ލޯންޗެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް

13 މެއި 2017
ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް
22 އެޕްރީލު 2017

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

22 އެޕްރީލު 2017
ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
21 އެޕްރީލު 2017

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

21 އެޕްރީލު 2017
ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ
11 އެޕްރީލު 2017

މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި

11 އެޕްރީލު 2017
މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު