Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާކިޓެކްޓްސް އެސޯސިއޭޝަން ރަސްމީކޮށް އުފައްދާ ކަމާ

އާކިޓެކްޓްސް އެސޯސިއޭޝަން ރަސްމީކޮށް އުފައްދާ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވަނީ

ޖަމިއްޔާ ރަޖިސްޓްރީ ކުރީ މި މަހުގެ 7 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޮކްޓޯބަރު 2019 | ބުރާސްފަތި 13:15
އާކިޓެކްޓްސް އޮފް މޯލްޑިވްސްގެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އާކިޓެކްޓްސް އޮފް މޯލްޑިވްސްގެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ ފުރަތަމަ އާކިޓެކްޗާރސް އެސޯސިއޭޝަން ރަސްމީކޮށް ރަޖިސްޓްރީކޮށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެ ޖަމިއްޔާއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި 'ރާއްޖެ އެމްވީ' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޖަމިއްޔާގެ ރައީސް މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ މި ދާއިރާގެ ރެގިއުލޭޝަން ހެދުމުގެ ޒިންމާ އޮންނަނީ މިނިސްޓްރީ އޮފް ޕްލޭންނިންގައި ކަމަށާއި، މިނިސްޓްރީން ބާއްވާ ސިމްޕޯސިއަމްތަކުގައާއި އެކަންތައްތައް އޮންނަންވާނެ ގޮތުގެ ވާހަކަ އެކިފަހަރުމަތިން ހިޔާލު ބަދަލުކުރެވިފައިވާނެ ކަމަށެވެ.

އަދި މިނިސްޓްރީގެ ބައެއްކަހަލަ ފަންނީ ކޮމިޓީތަކުގައި ވެސް މިނިސްޓްރީގެ މެންބަރުންގެ ބައިވެރިވެގެން ކޮންޓްރިބިއުޓް ކުރުން އެއީ މައިގަނޑު ގޮތެއްގައި ޖަމިއްޔާއިން ކުރަމުންދާ މަސައްކަތް ކަމަށެވެ.

މައުރޫފް ވިދާޅުވީ ޖަމިއްޔާ މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ނަމަވެސް ޖަމިއްޔާ ރަސްމީކޮށް މި މަހުގެ 7 ގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ޖަމިއްޔާ ރަޖިސްޓްރީ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ގާނޫނުގެ ފަންނީ ޖަމިއްޔާތަކުގެ ގަވާއިދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރާއްޖޭގައި 161 އާކިޓެކްޓުން އުޅޭ ކަމަށާއި، އޭގެ ތެރެއިން 133 އާކިޓެކްޓުން އެ ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ މި ދާއިރާއަށް މީހުން ހޭލުންތެރިކުރުވާ، ދާއިރާގެ ނޮލެޖް ފުރިހަމަ ކޮށް އަދި މި ދާއިރާގެ ޕްރޮފެޝަނަލިޒަމް ކުރިއެރުވުން ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ

09 ޖޫން 2017
ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ
25 މެއި 2017

ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

25 މެއި 2017
ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި
13 މެއި 2017

އާކިޓެކްޓް އެސޯސިއޭޝަންގެ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވައިފި

13 މެއި 2017
އާކިޓެކްޓް އެސޯސިއޭޝަންގެ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވައިފި
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު