Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީއެންގެ މައްސަލަ

ރައީސް ސޯލިހް، އެމްޑީއެންގެ މެންބަރުންނަށް ފިޔަވަޅު ނޭޅުމަކީ ޒިންމާދާރުކަން ކުޑަކަން: ޝިޔާމް

2015 ގައި ނެރިފައިވަނީ ތަފާތު ރިޕޯޓެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޮކްޓޯބަރު 2019 | ބުދަ 09:31
ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މޯލްޑިވްސް ޑިމޮކްރަޓިކް ނެޓްވޯކްއިން ނެރުނު އިސްލާމްދީނާ ހިލާފް ވާހަކަތައް ހިމެނޭ ރިޕޯޓާއި ގުޅިގެން، އެ ޖަމިއްޔާގެ މެންބަރުންނާ މެދު ފިޔަވަޅު ނޭޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިންމާއަދާ ނުކުރެއްވުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝިޔާމް ބުދަ ދުވަހު މަޖިލިސްކުރާ ގޭގެ ކުރިމަތީގައި ހުންވައިގެން މީޑިއާއާ ބައްދަލުކުރައްވާ ވިދާޅުވީ ރައީސް ސޯލިހުގެ ބާނުގައި 2015 ވަނަ އަހަރު ނެރުނު އެސެސްމަންޓް ރިޕޯޓެއްކަމަށް ފާހަގަކުރެއްވި ރިޕޯޓަކީ އެއީ މުޅިން ނުބައި މައުލޫމާތެއް ކަމަށެވެ. އަދި 2015 ވަނަ އަހަރު އެމްޑީއެންއިން ޕަބްލިޝްކޮށްފައި ވަނީ "ލަވް އޮފް އިސްލާމް ވާސަސް ހޯލީ ވަރ" ނަމަކަށް ކޔާ ރިޕޯޓެއް ކަމަށާއި، އެއީ މިހާރު ފެންމަތިވެގެން އުޅޭ ރިޕޯޓެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ފެންމަތިވެގެން މިއުޅޭ ރިޕޯޓަކީ މި ފަހުން ޕަބްލިޝްކޮށްގެން އުޅޭ ރިޕޯޓެއް ކަމަށާއި، މި ރިޕޯޓުގައި ދިވެހި ރައްޔިތުން ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އެތައް ދުވަހެއް ވަންދެން ފާޅުކުރަމުން އައިސް އެކިއެކި ޕްލެޓްފޯމްތަކުގައާއި، ސޯޝަލް މީޑިއާގައާއި އަދި އެކި ޒަރިއްޔާތަކުން ސަރުކާރަށް އެވާހަކަތައް އިއްވަން މަސައްކަތް ކޮށް އެންމެފަހުން ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވީ ރައީސަށް މަޖުބޫރުވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާލި ނަމަވެސް އެ ޖަމިއްޔާގެ މެންބަރުން ސަރުކާރުގެ ތެރޭގައި އެބަތިބި ކަމަށެވެ. އެގޮތުން ރައީސް އޮފީހުގައި ޓެރަރިޒަމް ކޮންސަލްޓެންޓުންގެ ގޮތުގައި ބޮޑެތި މުސާރަ ދީފައި ތިބި މީހުން އެ ޖަމިއްޔާއަށް ނިސްބަތްވާ ކަމަށެވެ. އަދި އޭގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކުގައި އިސްވެރިންގެ ގޮތުގައި އެ ބޭބޭފުޅުން އެބަތިއްބެވި ކަމަށެވެ.

މި މައްސަލައިގައި ހަރުދަނާ ޒިންމާދާރު ފިޔަވަޅެއް އެޅުއްވިކަމަށްވާނީ އަދި ރައީސަށް ލާޒިމްކުރާ ކަންތައްތަކުގެ ޒިންމާ ނެގުނު ކަމަށްވާނީ އެ ޖަމިއްޔާއަށް ނިސްބަތްވާ ބޭފުޅުންނަށް ފިޔަވަޅު އަޅުއްވައިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ނެރުއްވި ބަޔާނަކީ އިލްމުވެރިންނަށް މަލާމާތް ކުރައްވާ ނެރުއްވި ބަޔާނެއް ކަމަށާއި، ފެނިގެން ދިޔައީ ޒިންމާދާރުކަން ކުޑަ ސަރުކާރެއްގެ ރައީސަކު ކަންތައްކުރެއްވިތަން ކަމަށް ޝިޔމް ވިދާޅުވިއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާޗް މަހާ ހިސާބަށް އެމްއެންޑީ އިން ނެރެފައިވާ ރިޕޯޓަކީ "ލަވް ފޮރ އިސްލާމް ވާސެސް ހޯލީ ވަރ" ކަމަށެވެ. އަދި އެއީ މިހާރު އާންމުވެގެން އުޅޭ ރިޕޯޓް ނޫން ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފް ވާހަކަތަކެއް ހިމެނި މައްސަލައެއް ދާދި ފަހަކުން ފެންމަތިވިއިރު، އޭރު އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމުން އެ މަގާމުތަކުން އެ ބޭފުޅުން ވަކިކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅިއެވެ. ނަމަވެސް ބަލައިނުގަނެ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު