Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކަމް ޓެކްސްގެ ބިލާއެކު ގާސިމް ކޮމިޓީ ދޫކުރައްވ

އިންކަމް ޓެކްސްގެ ބިލާއެކު ގާސިމް ކޮމިޓީ ދޫކުރައްވާ ވަޑައިގެންފި

ގާސިމް ކޮމިޓީ ދޫކުރައްވާ ވަޑައިގެންނެވީ އިންކަމް ޓެކްސްގެ ބިލުގެ މަސައްކަތް ކުރައްވާތީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޮކްޓޯބަރު 2019 | ހޯމަ 11:26
މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް / ފޮޓޯ: މަޖިލިސް

މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް / ފޮޓޯ: މަޖިލިސް

މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ތެރެއިން އިގްތިސޯދީ ކޮމިޓީން މަސައްކަތް ފެށި އިންކަމް ޓެކްސްގެ ބިލާއެކު މާމިގިލީ ދާއިރާގެ މެންބަރު ނުރުހުންވެ ވަޑައިގެން ކޮމިޓީ ދޫކުރައްވާ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރުގެ ނައިބު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު 'ރާއްޖެ އެމްވީ' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮމިޓީގައި މިއަދު ތާވަލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އިންކަމް ޓެކްސްގެ ބިލުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމުން، ކޮމިޓީ ދޫކުރައްވާ ގާސިމް ވަޑައިގެންނެވި ކަމަށެވެ.

އަދި އެއީ އިންކަމް ޓެކްސްގެ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދަވާތީ އެކަމާ ނުރުހުންވެ ވަޑައިގެން ކޮމިޓީ ދޫކުރައްވާ ވަޑައިގަތުން ކަމަށާއި، މުގައްރިރުގެ ނައިބުގެ އަދި ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން އިންކަމް ޓެކްސްގެ ބިލުގެ މައްސަލައިގައި ގާސިމް ވިދާޅުވީ، އެ ބިލުގެ މަސައްކަތް ކުރަން ޖެހޭނީ ސަރުކާރުން ނޫން ކަމަށާއި، ކޮމިޓީން ކަމަށާއި، ނަމަވެސް ކޮމިޓީން އެ މަސައްކަތް ފެށުމުން އެކަމާ ވެސް ގާސިމް ހިތްހަމަޖެހިވަޑައި ނުގެން ކަމަށެވެ.

މި ދައުރުގައި މަޖިލީހަށް 34 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ އިރު، އިގްތިސޯދީ ކޮމިޓީން ފަސް ބިލެއްގެ މަސައްކަތް ކުރިއަށް ގެންދެއެވެ. އެގޮތުން އިންކަމް ޓެކްސްގެ ބިލުގެ އިތުރުން ޓުއަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާ. ވަޒީފާ ހޯދާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލާ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލު އަދި ފޮރެސްޓްރީ ބިލު ހިމެނެއެވެ.

މި ބިލުތަކުގެ މަސައްކަތް ކުރުމަށް ވަކި ތަރުތީބެއް ކޮމިޓީން ވަނީ އެކުލަވާލާފައެވެ. އެގޮތުން ފުރަތަމަ ޓުއަރިޒަމްގެ ބިލު، ދެވަނައަށް ވަޒީފާ ހޯދާ ފަރާތްތަކަށް ދޭ އެލަވަންސްގެ ބިލު، ތިންވަނަ އަށް އެންމެ ކުޑަ އުޖޫރައިގެ ބިލު، ހަތަރުވަނައަށް ފޮރެސްޓްރީ އަދި ފަސްވަނައަށް އިންކަމް ޓެކްސްގެ ބިލު ވަނީ ހިމަނާފައެވެ.

އަދި މި ބިލުގެ މަސައްކަތް ކުރުމަށް މެންބަރުން ހިމެނޭގޮތަށް ސަބް ކޮމިޓީތައް އުފައްދާ ވީ އެންމެ އަވަހަކަށް ބިލުގެ މަސައްކަތް ނިންމުމަށް ކޮމިޓީގެ މެންބަރުން ވަނީ ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު