Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިނިމަމް ވޭޖަކީ ފުރިހަމަ ހައްލެއް ކަމަށް ދެކުމަކީ ހުރާފާތެއް

މިނިމަމް ވޭޖުން ކުރާ ފައިދާއާ މެދު އިކޮނޮމިސްޓުންގެ ހިޔާލު ތަފާތު

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2019 | އާދީއްތަ 13:42
މާލޭ ވިޔަފާރި ބަނދަރު : މިނިމަމް ވޭޖްއާ އެކު އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ

މާލޭ ވިޔަފާރި ބަނދަރު : މިނިމަމް ވޭޖްއާ އެކު އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ

ވަޒީފާ އަދާކުރާ ފަރާތްތަކަށް، އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ (މިނިމަމް ވޭޖް) އެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެކެވެ. ވަކިން ޚާއްޞަކޮށް އެއް ވަޒީފާއެއް އަދާކުރާ ދެ ބަޔެއްގެ ދެމެދުގައި އޮތް ފަރަޤުތައް ކުޑަކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ނަމަވެސް މިނިމަމް ވޭޖް ތައާރަފު ކުރުމާއެކު، ހުރިހާ ފަރުދުންގެ އަތްމަތި ތަނަވަސްވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުން މުއްސަނދި ވާނެ ކަމަށް ހީކުރާ ހީކުރުމަކީ މުޅިން ކުށް ހީއެކެވެ.

މިނިމަމް ވޭޖްގެ މަޤުޞަދު ވަރަށް ސާފެވެ. އެއީ މަދުން ޢާމްދަނީ ލިބޭ ޢާއިލާތަކުގެ އަތްމަތި ތަނަވަސްކޮށް، ޚަރަދު ކުރެވޭ މިންވަރު އިތުރުކުރުމެވެ. އިނގިރޭސި ބަހުން ބުނާ ނަމަ، ސްޕެންޑިންގ ނުވަތަ ޕަރޗޭސިންގ ޕަވަރ އިތުރު ކުރުމެވެ. މިއީ މިނިމަމް ވޭޖަށް ވަކާލާތުކުރާ ފަރާތްތަކުގެ ވިސްނުން ހުރި ގޮތެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި މިނިމަމް ވޭޖްގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މުއްސަންދިންނާއި ފަޤީރުންގެ މެދުގައި އޮތް ތަނަވަސްކަމުގެ ފަރަޤު ނައްތާލެވޭނެއެވެ. އަދި ފަޤީރުކަން ނައްތާލެވި މަސަައްކަތްތެރިންގެ ހިތްވަރު އިތުރު ވާނެއެވެ.

މިނިމަމް ވޭޖާ ދެކޮޅު ފަރާތްތަކުގެ ވާހަކަ ތަފާތެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި މިނިމަމް ވޭޖްގެ ސަބަބުން އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ފަގީރުކަން އިތުރުވާނެއެވެ. އަދި ވިޔަފާރިތަކަށް ގެއްލުން ލިބޭނެއެވެ. ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބައްދަން މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް، ވިއްކާ ތަކެއްޗާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރާނެއެވެ. އޭގެ އިތުރުން، މިނިމަމް ވޭޖް ތަންފީޒުކުރުމާ ވިދިގެން، އިޤްތިޞާދަށް ހީނަރުކަމެއް އަންނާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިއީ ސަޕްލައި ސައިޑް އިކޮނޮމިސްޓުން (މިނިމަމް ވޭޖްއާ ދެކޮޅު އިޤްތިޞާދީ މާހިރުން) އަދި ޑިމާންޑް ސައިޑް އިކޮނިމިސްޓުން (މިނިމަމް ވޭޖްއާ އެއްކޮޅު އިގްތިސާދީ މާހިރުން) މިކަމާއި މެދު ދެކޭ ގޮތެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބަލާލާއިރު މި ޤައުމުގެ އިޤިތިޞާދުގެ 93 އިންސައްތަ ޙިއްސާކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނެވެ. މިނިމަމް ވޭޖެއް ތަންފީޒުކުރުމާއެކު، އެކަމުގެ ބުރަ އުފުލަން ޖެހޭނީ އެ ވިޔަފާރިތަކުންނެވެ. އެހެންކަމުން، މިނިމަމް ވޭޖް ތަންފީޒުކުރުމުން ދިވެހި އިޤިތިޞާދުގެ މައިބަދައަށް ވަރަށް ބާރުކުރާނެއެވެ.

ކުޑަ މިސާލެއް ނަގާލަމާ ހިނގާށެވެ. މާލޭގެ ކަންމަތީ ފިހާރައެއްގެ ކޭޝިއަރަކަށް ހުންނަ މީހާއަށް ޢާންމު ގޮތެއްގައި ދީ އުޅުނީ 3000 ރުފިޔާއާއި 5000 ރުފިޔާއާ ދޭތެރޭގެ މުސާރައެކެވެ. މިނިމަމް ވޭޖްގެ އޮނިގަނޑުގެ ތެރެއިން އެ މީހާއަށް 8000 ރުފިޔާއާއި 10000 ރުފިޔާއާ ދޭތެރޭގެ މުސާރައެއް ދޭން ކަނޑައަޅާ ހިސާބުން، ހަމަ ޔަޤީނުންވެސް އެ ފިހާރަ ހިންގާ މީހާ އެތަނުން ވިއްކާ މުދަލުގެ އަގު ބޮޑު ކުރާނެއެވެ. ރާއްޖެއަށް ޓެކްސް ނިޒާމެއް ތަޢާރަފުކޮށް، އެ ތަންފީޒުކުރަން ފެށުމާއެކު ކަންވެގެން ދިޔަ ގޮތުން މިއީ ހަޤީގަތެއްކަން އެންމެންނަށް ވެސް އެނގޭނެއެވެ.

އެހެން މިސާލެއް ނަގާއިރު، މުޅި ރާއްޖެއަށް އެއް އޮނިގަނޑެއްގެ ދަށުން މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ، އެކަމުންވެސް ނޭދެވޭ ކަންތައްތަކެއް ތިލަވާނެއެވެ. އަތޮޅު ތެރޭގައި ހުންނަ ބައެއް ރަށްތަކުގެ ވިޔަފާރިވެރިންނަށް، ބޮޑެތި އާބާދީތައް ހުންނަ ރަށްތަކާ ބަލާ ލިބޭ ޢާމްދަނީގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ނަމަވެސް، މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާ ފަހުން، އޮންނަ އުސޫލުގެ ތެރެއިން އޭނާއަށް ވެސް އޭނާ ހިންގާ ވިޔަފާރީގައި މަސައްކަތްކުރާ ކޭޝިއަރަށް އެވަރު ދޭން މަޖުބޫރެވެ. އަނެއްކާވެސް ތަކެތީގެ އަގު ދާނީ މައްޗަކަށް ނޫންތޯއެވެ.

ހިތްހަމަ ޖެހޭ އެއް ކަމަކީ، ސަރުކާރުން މިކަން އަވަސް އަރުވާލައިގެން ކުރަން ނޫޅޭ ކަމެވެ. ސަރުކާރުން މިހާރު ކުރާ މަަސައްކަތަކީ އިންޓަރނޭޝަނަލް ލޭބަރ އޮރގަނައިޒޭޝަންގެ ލަފަޔާއެކު، އެންޓަރޕްރައިޒް ސަރވޭއެއް ކުރުމުގެ މަސައްކަތެވެ. މި ޑިސެމްބަރު މަހަށް އެ ސަރވޭ ނިމޭއިރު، އެ ސަރވޭ ކުރިޔަށް ދަނީ މިހާރު ހެދިފައިވާ މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި އެކި ސިނާޢާތްތަކުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންގެވެސް މަޝްވަރާއާ އެކުގައެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައެވެސް އެކަން ކުރަމުން އައިގޮތެވެ.

ބަޔަކު އަދި މިކަން ނުކޮށްގެން ފަޔަށް ހިނި އަރައިގެން އުޅުނަސް، މިއީ ފަސޭހަކަމެއް ނޫނެވެ. އަދި ހަމަ ނަމެއްގައި ތިމަންނާ އެކަން ކޮށްދިނީމޭ ބުނަން ކުރާ ވަރުގެ ކަމެއް ވެސް ނޫނެވެ. ވަގުތީ ސިޔާސީ މަންފާއެއް ލިބިގަންނަން، މި ވާހަކަ ދައްކާ އިދިކޮޅު ފަރާތްތަކުން ފަހަރުގައި ބޭނުންވަނީ ސަރުކާރަށް ޕްރެޝަރ ކޮށްގެން މިކަން އަވަސް އަރުވާލައިގެން ކުރުވާށެވެ. ޤައުމަށް ހެޔޮއެދޭ ރައްޔިތެއްގެ ޙައިޞިއްޔަތުން އުއްމީދު ކުރަނީ، ސަރުކާރުން އެވަރުގެ ޅަ އެއްޗެއް ނާޅާނެ ކަމަށެވެ. އަދި ފަސޭހަކަމެއް ނަމަ، އެވެރިން ވެސް އެކަން ކުރީހެވެ.

މިއީ މި ވާހަކައިގެ ނިމުމެއް ނޫނެވެ. މިނިމަމް ވޭޖް ކަނޑައެޅުމުން ދިވެހި ރައްޔިތުންނާއި އިޤްތިޞާދަށް ވެސް ފައިދާ ކުރާނެއެވެ. އެއީ ދުރު މުސްތަޤުބަލެއްގައި ލިބެން އޮތް މަންފާއެކެވެ. ފަހަރުގައި ދިހަ އަހަރު ވެސް ވެދާނެއެވެ. ނޫނީ ފަނަރަ އަހަރުވެސް ވޭތުވެ ހިނގައި ދާނެއެވެ. އެހެން މި ދަންނަވަނީ، މީހުންގެ ޢާމްދަނީއަށް އަންނަ ބަދަލުން ޚަރަދުކުރާ މިންވަރު އިތުރުވާނެ ކަމަށް ބަލާފައެވެ. އުއްމީދަކީ ވެސް އެއީއެވެ. ބޭނުންވާ ގޮތަކީ ވެސް އެއީއެވެ. ނަމަވެސް، މިނިމަމް ވޭޖަކީ ހުރިހާ ކަމެއްގެ ޙައްލުކަމަށް ހީކުރުމަކީ ޚިލާފާތެކެވެ. އެއީ ކަންކަން ޙައްލުކުރަން ފަށާ ދަތުރުގެ ފެށުމެވެ. ހަޤީޤީ މަންޒިލަށް ވާޞިލުވެވޭނީ ގަދަ ކަނޑެއްގައި ކުރާ ދިގު ދަތުރަކަށް ފަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

17 ފެބުރުއަރީ 2019
މަގޫދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ބޭނުންވޭ!

މަގޫދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ބޭނުންވޭ!

15 ފެބުރުއަރީ 2019
ފުވައްމުލަކު މަގަށް ހައްލެއް ނުލިބި އިތުރު ފަސް އަހަރު، ރައްޔިތުން އެދެމުންދަނީ އެކަމަށް ހައްލެއް!

ފުވައްމުލަކު މަގަށް ހައްލެއް ނުލިބި އިތުރު ފަސް އަހަރު، ރައްޔިތުން އެދެމުންދަނީ އެކަމަށް ހައްލެއް!

27 ސެޕްޓެމްބަރު 2018
އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!

އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!

13 ސެޕްޓެމްބަރު 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު