Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުވައްމުލަކު މަގު މައްސަަލަ

ފުވައްމުލަކު މަގަށް ހައްލެއް ނުލިބި އިތުރު ފަސް އަހަރު، ރައްޔިތުން އެދެމުންދަނީ އެކަމަށް ހައްލެއް!

ރައްޔިތުންނަށް އެއްގަމު ދަތުރުތައް ކުރުމަށް ބޮޑެތި ތަކްލީފުތަކެއް އުފުލަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:50
ފުވައްމުލަކު މަގު

ފުވައްމުލަކު މަގު

ގުދުރަތީ ގޮތުން ތަފާތު ވަސީލަތްތަކެއް ލިބިފައިވާ ޏ. ފުވައްމުލަކަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށެކެވެ. މިދިޔަ އަހަރު އެރަށް ސިޓީއަކަށް ބަދަލުވެފައިވި ނަމަވެސް އެރަށުގެ ތަރައްގީއަށް ނުވަތަ ދިރިއުޅުން ފަސޭހަ ކުރުމަށް ރައްޔިތުން ހާސިލް ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އާބާދީގައި 13،000 މީހުން ދިރިއުޅޭ އެރަށަކީ ގިނަ އަދަދެއްގެ ވެހިކަލް ދުއްވާ ރަށެކެވެ. އަދި 5.13 ކިލޯ މީޓަރުގެ ބޮޑު މި ރަށުގެ އެކި ތަންތަނަށް ދަތުރު ކުރުމުގައި ސައިކަލާއި ކާރު ބޭނުންކުރާ އިރު ރަށުގެ މަގުތަކުގެ ހާލަތަކީ ހައްލުނުވާ މައްސަލައެކެވެ.

ފުވައްމުލަކުގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވީ، ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާއި މަގުތަކުގެ މައްސަލަ ހިމެނޭކަމަށެވެ.

"މަގުތަކުގެ ހާލަތާއި ރަށްގިރުމުގެ މައްސަލަ އާއި ކުނީގެ މައްސަލަ އާއި ވަޒީފާގެ ފުރުސަތުތައް މަދު ވުމާއި ސިއްހީ ހިދުމަތް ރަގަޅު ކުރުމާއި މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަ އާއި ބަނދަރު ތޮއްޖެހުން ފަދަ މައްސަލަތަކަކީ ފާއިތުވެދިޔަ 5 އަހަރު ހައްލު ނުވެ ހުރި މައްސަލަ. މިކަންކަމަށް ހައްލުތަކެއް ލިބުން އެއީ ރައްޔިތުން ބޭނުންވާ ގޮތް،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުވައްމުލަކު ރިންގް ރޯޑް ރަނގަޅު ފެންވަރަކަށް ހައްދަވާނެ ކަމަށް ވިދާޅުވި ކަމަށާއި އެހެން ނަމަވެސް، މަސައްކަތް ފަށާފައި ވަނީ ކެމްޕެއިން ދުވަސްވަރާ ދިމާކޮށް ކަމަށެވެ. ފަލާހު ވިދާޅުވީ އެކަން ހަގީގަތަކަށް އަދިވެސް ނުވާ ކަމަށެވެ.

"މަސައްކަތް ނުފެއްޓި ލަސްވުން އެއީ ވެސް ކަންބޮޑުވުމެއް. އެހެން ނަމަވެސް އާންމުކޮށް ރައްޔިތުން މި ބޭނުން ކުރާ މަގުތައް ނުހެދި އޮތުން އެއީ އާންމު ދިރިއުޅުމަށް އަސަރު ކުރާ ކަމެއް،"

މަގުތަކުގެ ޝަކުވާ އަބަދުވެސް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅޭ ކަމަށާއި އަދިވެސް އެއްވެސް ވަރަކަށް ހަލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުތައް ނުހެދި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވާ އިރު މިމަގުތަކުގައި ދުއްވުމުން ސިއްހީ މައްސަލަތަކާ ވެސް ރައްޔިތުންނަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ވާރޭ ވެހުމުން ފެންގަނޑު ހިދެން އެތައް ދުވަހެއް ނަގާ އިރު ވާރޭ ނުވެހޭ ނަމަ ހިރަފުހުގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވެއެވެ.

"ވާރޭ ވެހުމަށް ފަހު ފެން ނުހިނދި ހަފްތާއަކަށް ވުރެ ވެސް ގިނަ ދުވަސް ވެގެން ހިނގައިދާނެ. މިއީ ވަރަށް ބޮޑު މައްސަލައެއް." ފަލާހު ވިދާޅުވިއެވެ.

ފުވައްމުލަކުގެ މަގުމަތީގެ ރައްކާތެރިކަން އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން އެގްސިޑެންޓްތަކަށް މަގުފަހިވެއެވެ.

އެ ރަށުގެ ރައްޔިތުން ވެސް ވަނީ މަގުތަކުގައި އުޅަނދު ފަހަރުގައި ދުއްވުމަށް ކުރިމަތިވާ އުނދަގޫތައް ކިޔައިދީފައެވެ.

"ހުރިހާ ވެހިކަލް އަކުން އަހަރުފީއެއް ނަގާ، އެކަމަކު މިރަށުގެ މަގުތަކަކަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބޭ." އެރަށުގެ މީހަކު ކިޔާދިނެވެ.

އެހެން މީހަކު ބުނި ގޮތުގައި މަގު ހެދުމަށް ކޮންމެ ސަރުކާރަކުން އައިސް ވެސް ދައްކަނީ ހުވަފެން ކަމަށެވެ.

" ރަށުގައި މައި ބަދައިގެ މައްސަލަ ދިމާ ނުވާ އެކަކުވެސް ނުހުންނާނެ. އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް މައި ބަދައިގެން މައްސަލަތައް ކުރިމަތިވޭ. މަގުތަކުގެ އަޑި ގުޑަންކަމުން މި މައްސަލަ ކުރިމަތިވަނީ،" އެރަށުގެ މީހަކު ކިޔާދިނެވެ.

ފުވައްމުލަކުގެ މަގުތަކަށް ހައްލެއް ނުލިބި އެތައް ދުވަހެއް ވެފައިވާ އިރު 2016 ވަނަ އަހަރު މަގު ހެދުމުގެ މަސައްކަތް ކުރަށް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެމްއާރްޑީސީ) އިން ފެށިއެވެ. އެގޮތުން ފުވައްމުލަކު ރައްޔިތުން އާންމުކޮށް ބޭނުންކުރާ މަގުތަކުގައި ވެސް ތާރު އެޅުމަށް މަސައްކަތް ފެށިއެވެ. އެގޮތުން މަގުތަކުގައި ކުރިން އަޅާފައި ހުރި ގާތައް އޭރު ނެގިއެވެ. ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. މަގު ހެދުމަށް 33 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެރަށުގެ 2.9 ކިލޯ މީޓަރުގެ މަގު ހެދުމަށް ހަވާލު ކުރެވުނު އިރު އެއްވެސް މަގެއްގެ މަސައްކަތް ނިންމާފައެއް ނުވެއެވެ. ނުވިތާކަށް ގާއަތުރާފައި ހުރި މަގުތަކުގެ ގާތަށް ނެގުމުން ރައްޔިތުންނަށް ކުރިމަތިވީ އިތުރު ދަތިތަކެވެ. ގާތައް ނެގުމަށް ފަހު ވެސް އެތަށް ދުވަހެއް ވަނީ ވެފައެވެ.

ރަށުގެ ތަރައްގީއަށްޓަކައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރަށުގެ ރައްޔިތުން ދެކޭ އިރު މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިއްޖެ ނަމަ ރަށުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ރަށުގެ ރައްޔިތުން ބޭނުންވަނީ ދެން އަންނަ ސަރުކާރެއްގައި ވެސް އެރަށުގެ މަގުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު