Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ޢަމާޒަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުން: ރައީސުލްޖުމްހޫރިއްޔާ

ޚިދްމަތުގައި ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން ގިނަކަން ފާހަގަކުރެއްވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 އޮކްޓޯބަރު 2019 | ހޮނިހިރު 11:51
ރ. އުނގޫފާރު ސްކޫލްގެ ރަންޔޫބިލް ރަސްމިއްޔާތުގެ ތެރެއިން

ރ. އުނގޫފާރު ސްކޫލްގެ ރަންޔޫބިލް ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަތުގައި، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާ ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ޚިތާބުގައި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫން ކަމަށާއި، މިއަދުގެ ތަޢުލީމީ ސިޔާސަތަކީ، ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމަޢަށް ނެރެދިނުން ކަމަށާއި، ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމަށެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް، މި ސިޔާސަތުތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ޞާލިހު ވިދާޅުވީ ކޮންމެ މުޖްތަމަޢައްގައިވެސް، ތަރައްޤީގެ ނާރެހެއް ކަމުގައި ބެލެވިފައި އޮންނަނީ، އެ ތަނެއްގެ ތަޢުލީމީ މުއައްސަސާތައް ކަމަށާއި، އިންސާނީ ވަޞީލަތްތައް ބިނާކޮށްދެނީ އެތަންތަނުން ކަމަށެވެ. ނަމަވެސް އެތަންތަނުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ޙާޞިލުކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫން ކަމަށާއި، ކާމިޔާބަކީ އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަޚްޞިއްޔަތުގެ ހަރުދަނާކަން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެދަރިވަރުން އަނެކުންނާ މުޢާމަލާތުކުރާ ގޮތާއި، ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި، ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރުކަން އެއީ އެތަންތަނުން ނިކުންނަ ދަރިންގެ ކިބައިގައި ހުންނަ ހުށިޔާރުކަން ކަމަށެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު، ޚިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުންގެ ޢަދަދު މަދު ނޫން ކަމަށާއި، އަދި ތަޢުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަޣްލަބިއްޔަތަކީ ޒުވާނުންކަން ރައީސުލްޖުމްހުރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެފަދައިން މިހާރު ތަމްރީނުވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިޞްބަތް ވަރަށް މަތިކަން ފާހަގަކުރެވޭ ކަމަށެވެ. މިއީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކުވައިދޭ ނިޝާނެއް ކަމަށާއި،މުދައްރިސުންގެ ދުވަހެއް ފާހަކުރާއިރު، މުދައްރިސުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޔާރަކީ "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މިޝިޢާރެވެ. ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ ފަސްވަނަ ދުވަހެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު