Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މި ދައުރުގެ ތެރޭގައި ސަރުކާރުން 30 ބިލް ފޮނުވަނީ

ޖުމްލަ 48 ބިލެއްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރެވިގެންދާނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2019 | ބުރާސްފަތި 07:01
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް, ސަރުކާރުން 30 ބިލް ފޮނުވާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުރު ފަށާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދައުރަށް ސަރުކާރުގެ ފަރާތުން 30 ބިލް ފޮނުވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެޖެންޑާ 19 އިގެ ތެރެއިން އެމްޑީޕީގެ ފަރާތުން 18 ބިލެއް، މި ދައުރަށް ފޮނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެ ބިލްތަކުގެ މަސައްކަތުގެ ތެރެއިން، ދައުރުގައި ދެން ޚާއްސަ ކަމެއްގެ ގޮތުގައި މަސައްކަތް ކުރިއަށް ގެންދާނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ. ބަޖެޓަށް މަޖިލިސް ތައްޔާރުވުމަށްޓަކާ ބަޖެޓް ދިރާސާކުރާ ކޮމިޓީތަކުން ބަޖެޓް މުތާލިއާކޮށް ހަދާ، އަދި މެމްބަރުންވެސް ބަޖެޓަށް އަހުލުވެރިވެ ބަޖެޓް ލިބިގަތުމަށް ތައްޔާރުވުމަކީ ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ބަޖެޓާއި ގުޅޭ ދާއިރާތަކުގެ ކޮމިޓީތަކުން އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ބަޖެޓް ދިރާސާ ކުރުމަށް ބޭނުންވާ އެހީތެރިކަން މެމްބަރުންނަށްވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި، ބަޖެޓް ހުށަހަޅާފައިވަނީ އެއްވެސް ތަފްސީލެއް ނެތި، ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ބަޖެޓް އޮންނާނެ ގޮތް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި އޮންނަ ކަމަށާއި، އެކަމުގައި މަޖިލީހުން ކަން ކުރަންވީ ގޮތްވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދައުރުގައި މަޖިލިސް ބޮޑަށް ތައްޔާރުވަމުންދާނީ ބަޖެޓަށްކަމަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ގެނެސް "ޑޮކް" ކުރެވޭނެ ގޮތަކަށް މަޖިލީހުގެ ކޮމިޓީތައް ތައްޔާރުވުމަށް އަމީން އާންމާއި ކައުންސެލަރ ޖެނެރަލް އަރިހުން އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. މަޖިލީހުގެ ހުރިހާ މުވައްޒަފުންވެސް އެ މަގަށް މަސައްކަތް ކުރާނެ ކަމަށް އެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އަހަރަށް ލަފާކޮށް 30.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް، މަޖިލީހުން ފާސްކޮށްފައިވަނީ 29 ނޮވެމްބަރު 2018 ގައި އޮތް މަޖިލިސް ޖަލްސާގައެވެ. އެއީ މިހާތަނަށް ފާސްކޮށްފައިވާ އެންމެ ބޮޑު ބަޖެޓެއެވެ. އެ ބަޖެޓަށް 1.7 އިތުރުކުރަން ފިނޭންސް މިނިސްޓްރީން އެދިފައިވާތީ، މަޖިލީހުން ވަނީ އެ އަދަދު ބަޖެޓަށް އިތުރުކުރަން ފާސްކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ބުރާސްފަތިދުވަހުއެވެ. މަޖިލީހުގެ އާ ޤަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދައުރު ފަށާ ޖަލްސާ ބާއްވަންޖެހެނީ ހޯމަ ނުވަތަ ބުރާސްފަތިދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު