Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްޕީއާރްސީ

ފްރީ އިންޑެޕެންޑެންޓް ޓްރެވަލަރސް އެންޑް ހަނީމޫން ޕްރޮމޯޝަން ފަށައިފި

3 އޮކްޓޯބަރު 2019 | ބުރާސްފަތި 04:31

ރާއްޖެ އިޝްތިހާރް ވެގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޮކްޓޯބަރު 2019 | ބުރާސްފަތި 04:31
މިޕްރޮމޯޝަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ އާއި ސިންގަޕޯރ އެއާލައިންސް ގުޅިގެން

މިޕްރޮމޯޝަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ އާއި ސިންގަޕޯރ އެއާލައިންސް ގުޅިގެން

މޯލްޑިވްސް މާކެޓިންގ އެންޑް ރިލޭޝަން (އެމްއެމްޕީއާރްސީ) އާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން ދެކުނު ކޮރެއާ އަށް އަމާޒުކޮށްގެން ''ފްރީ އިންޑެޕެންޑެންޓް ޓްރެވަލާރސް އެންޑް ހަނީމޫން ޕްރޮމޯޝަން''ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މިކެމްޕެއިންގެ ސަބަބުން ދެކުނު ކޮރެއާއަށް ރާއްޖެ ފުޅާ ދާއިރާއެއްގައި އިޝްތިހާރުވެގެންދާނެ ކަމަށާއި، މިޕްރޮމޯޝަންގެ ދަށުން ސިންގަޕޯރ އެއަރލައިންސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރާ ކޮރެއާގެ ފަތުރުވެރިންނަށް ޚާއްސަ އަގުތަކަކާއި މިއެއަރލައިންގެ ކްރިސް ފްލަޔަރސްއަށް އިތުރު 05 އިންސައްތަ ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މިޕްރޮމޯޝަންގައި ބައިވެރިވާ ފުރަތަމަ 350 ބައިވެރިންނަށް 40 ޑޮލަރުގެ ވައުޗަރެއް ލިބިގެންދާނެއެވެ. މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރާއްޖެ އައުމަށް ސިންގަޕޯރ އެއަރލައިންސްގެ ދެކޮޅު ޓިކެޓު، އެ އެއާލައިންގެ ވެބްސައިޓް މެދުކޮށް ނުވަތަ މޯބައިލް އެޕްލިކޭޝަން ނުވަތަ އެމްއެމްޕީއާރްސީގެ އޮފިޝަލް ވެބްސައިޓުން ބުކް ކުރުމުންނެވެ.

އެމްއެމްޕީއާރްސީން ބުނީ ސިންގަޕޫރުގެ ޗަންގީ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓްކޮށް ކޮރެއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް 20 ޑޮލަރުގެ ވައުޗަރ އެއްވެސް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މިވައުޗަރ ބޭނުން ކުރެވޭނީ އެއާޕޯޓު ފިހާރަތަކާއި ޓްރާންސިޓް ޓަރމިނަލްގެ އެމްބެސެޑަރ ލައުންޖްގައި ކަމަށެވެ. 30 ނޮވެންބަރު 2019ގައި ފެށޭ މިޕްރޮމޯޝަން ނިމޭނީ 30 ޖޫން 2020 ގައެވެ.

މިހާރު ވެސް ސިންގަޕޯރ އެއާރލައިންސްގެ ޑައިރެކްޓް ފްލައިޓްތައް ކޮރެއާ އާއި ސިންގަޕޫރާ ދެމެދު ދަތުރުކުރެއެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އުދުހުންތައް ހަފްތާއަކު 18 ފަހަރު އޮވެއެވެ.

އެމްއެމްޕީއާރްސީ އާއި ސިންގަޕޯރ އެއާލައިންސް ގުޅިގެން 06 މާކެޓެއްގައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ، އޮސްޓްރޭލިއާ، އެމެރިކާ، ޖަޕާން، ދެކުނު ކޮރެއާ އަދި ސިންގަޕޫރު މާރކެޓް ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ އަމާޒަކީ ދެކުނު ކޮރެއާގައި ޓޫރިޒަމް ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމެވެ. ދެކުނު ކޮރެއާ އަކީ ރާއްޖެއަށް 12 ވަނައަށް އެންމެ ގިނައިން ފަތުރުވެރިކަން ޒިޔާރާތްކުރާ ގައުމެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 22،188 ފަތުރުވެރިން މިގައުމުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

27 އޯގަސްޓު 2017
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި
23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
21 އޯގަސްޓު 2017

ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި

21 އޯގަސްޓު 2017
ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި
08 އޯގަސްޓު 2017

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

08 އޯގަސްޓު 2017
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް