Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބުޅާ މެރުން

މިފަހަރު ބުޅާ މެރީމަ ރިވޯޑް ދެނީ: ގިނަ ބައެއް ރަތަށް!

2 އޮކްޓޯބަރު 2019 | ބުދަ 14:07

ބުޅާ މެރުމުގެ މައްސަލަ އަކީ "ދައުލަތުގެ ނިޒާމުގެ ތެރެއިން ހައްލު ހޯދަންޖެހޭ ކަމެއް" ކަމަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 2 އޮކްޓޯބަރު 2019 | ބުދަ 14:07
ތިން ބުޅާ މެރުމުން 100 ރުފިޔާ ދޭން އުނގޫފާރު ކައުންސިލުން ވަނީ ނިންމާފައި

ތިން ބުޅާ މެރުމުން 100 ރުފިޔާ ދޭން އުނގޫފާރު ކައުންސިލުން ވަނީ ނިންމާފައި

ރ. އުނގޫފާރު ކައުންސިލުން ތިން ބުޅާ މެރުމުން 100 ރުފިޔާ ދޭން ނިންމި މައްސަލައެއް ހޫނުވެއްޖެއެވެ.

ކައުންސިލުން މި ފަދައިން ނިންމާފައިވާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. އަދި މިހެން ނިންމީ ބުޅަލުގެ "އުނދަގޫ ބޮޑުވެގެން" ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ތިން ބުޅާ މެރުމުން 100 ރުފިޔާ ދޭއިރު، މި ފައިސާ ލިބޭނީ ބުޅާ މަރާލުމަށްފަހު ކައުންސިލާ ހަވާލުކުރުމުންނެވެ. އަދި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 11:00 އަށް ކައުންސިލުން އިދާރާއިން މަރާ ބުޅާތައް ބަލައިގަންނާނެކަމަށް ކައުންސިލްގެ އިއުލާންގައި ބުނެފައިވެއެވެ. އަދި މި ގަޑިތައް ފިޔަވާ އެހެން ގަޑި ތަކުގައި ގެންނަ ބުޅަލާއި "ކުނިވެފައިވާ" ބުޅާ ބަލައި ނުގަންނާނެކަމަށްވެސް ބުނެފައިވެއެވެ.

އުނގޫފާރު ކައުންސިލްގެ މި ނިންމުމާ ގުޅިގެން ގިނަ ބައެއް ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މޯލްޑިވްސް އެނިމަލް ވެލްފެއަރ އިން ބުނީ ބުޅާ މެރުމުން ރިވޯޑް ދިނުން ބަލައިނުގަންނަކަމަށާއި "މަޑުން ނުތިބޭނަން" ކަމަށެވެ. އަދި މި ކަންތައް މާލެ ސިޓީ ކައުންސިލް އާއި ފިޝަރީޒް މިނިސްޓްރީއަށް އަންގާފައިވާކަމަށް މޯލްޑިވްސް އެނިމަލް ވެލްފެއަރ ބުންޏެވެ.

މީގެ އިތުރުން، ގިނަ ފަރާތްތަކެއް ވަނީ މިކަން ހުއްޓުވުމަށް ފުހުލުންނަށާއި ރައީސް އޮފީހަށާއި ފިޝަރީޒް މިނިސްޓްރީއަށާއި އެހެނިހެން ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ލޯކަލް ގަވަނަނަސް އޮތޯރިޓީ (އެލްޖީއޭ) އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ދަނީ މި ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

މާލޭގައިވެސް ބުޅާ ދަންޖައްސާ މަރާ މައްސަލަ ވަނީ ބޮޑުވެފައެވެ. މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު، އަދި އެ މުއައްސަސާއިން ބުނެފައިވަނީ އެ ކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލާކަމަށެވެ.

މިކަން ހޯމް މިނިސްޓްރ އިމްރާން އަބްދުﷲގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެ މަނިކުފާނު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ އިސްލާމީ މުޖުތަމައުގައި ދިރޭ ތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށާއި މިއީ ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ.

އުނގޫފާރު ކައުންސިލްގެ މި ނިންމުމާ ގުޅިގެން އަދި މިނިސްޓަރު އިމްރާން އެއްޗެއް ވިދާޅުވެފައި ނުވާއިރު، ގިނަ ފަރާތެއް ދަނީ މިކަމާ ގުޅިގެން ސަރުކާރަށްވެސް ފާޑު ކިޔަމުންނެވެ. އަދި މިއީ ބޭނުންވި "އޯގާތެރި، އިންސާނިއްޔަތަށް އަހައްމިައްޔަތުކަން ދޭ" ސަރުކާރުން ކޮށްގެން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އުނގޫފާރު ކައުންސިލްގެ މި ނުންމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއްކަން ބައެއް ވަކީލުން ފާހަގަކޮށްފައިވެއެވެ. ގާނޫނުލް އުގޫބާތުގެ 625 ވަނަ ބާބު ގައި ބުނާ ގޮތުން، ޖަނަވާރަކަށް އަނިޔާ ކުރުމަކީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް