Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ސައިޒު ބޮޑުކުރިޔަސް ވާނެ ފައިދާއެއް ނެތް، ހޯދަންވީ ރައްޔިތުންގެ ލޯބި!

ވެރިކަން ލިބޭނީ ރައްޔިތުންގެ އިތުބާރު ލިބިގެން، ބަތް ކައްކައިގެނެއް ނޫން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2019 | ބުދަ 12:24
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ބައެއް ބޭފުޅުން

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ބައެއް ބޭފުޅުން

އެއް އިރެއްގައި ރައީސް އަބްދުﷲ ޔާމީނަށް ސަނާ ކިޔައި އެއިރުގެ ސަރުކާރުން ހިންގި ހުރިހާ ޖަރީމާތަކާއި، ކޮރަޕްޝަންގެ ކަންތައްތައް ރައްޔިތުންނަށް އޮޅުވާލައި، ދައުލަތުގެ ހަޒާނާ ލޫޓުވައި، އަމަލު ކުރުމުން މިއަންނަ ފެހި ގާނޫނު އަސާސީއަށް ބެލުމެން ނެތި ކަންކަންކުރެއްވީ މި ބޭފުޅުނެވެ. ކުރުގޮތަކަށް ބުނާނަމަ "ޔާނު ގަވާއިދު" އަށް ތަބާވެ ރައްޔިތުންގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށްފައި ތިބީވެސް މި ބޭފުޅުންނެވެ.

ދައްކަން މި އުޅެނީ ކުލަ ބަދަލުކޮށް، މަހުޖަނު ޤާސިމް އިބްރާހިމްގެ ހިޔާވެހިކަމުގެ ދަށުގައި ތިބި ފަރާތްތަކުގެ ވާހަކަ އެވެ. ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑެތި ތުހުމަތުކުރެވުނު ހުރިހާ ފަރާތްތަކެއް އަންނަނީ ފުލުފުލުގައި ޤާސިމް އިބްރާހިމްގެ ރައްކާތެރިކަމުގެ ދަށަށް ވަންނަމުންނެވެ. ފަހަރުގައި ހިންގި ޖަރީމާތަކާއި، ކުރި ވައްކަންތައް އެކަމުގެ ސަބަބުން މައާފެއް ލިބެނީކަމަށް މި ދެންނެވި ބޭފުޅުންނަށް ހީފުޅުވަނީ ކަމަށްވެދާނެ އެވެ.

އެ ވާހަކަތަށް އެއްފަރާތްކުރުމަށްފަހު މިއަދުގެ އެންމެ ބޮޑު ސުވާލަކީ މަހުޖަނުގެ ހިޔާވެހިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވި މި ދެންނެވި ބޭފުޅުންނަށް ދައުލަތުގެ ތެރެއިން ބޮޑެތި މަޤާމުތަކެއް ދިނުމަށް މަސައްކަތްކުރައްވާކަމުގެ ވާހަކަ އެވެ. ސުވާލަކީ ހަމަ ހަޤީޤަތުގައިވެސް މަހުޖަނު އެ މަސައްކަތް ކުރައްވާގޮތަށް މި ދެންނެވި ބޭފުޅުން މަޤާމުތަކަށް އައްޔަންކޮށްފާނެތޯ އެވެ.

އިސްލާހަށް ލޯބި ކުރައްވާ ހުރިހާ ރައްޔިތުން އެއް އަޑަކުން ނިކުމެ، ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށްޓަކައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ގެނައި ބަދަލު މަތިން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއެއް ހަނދާނުން ނައްތައިގެން ނުވާނެއެވެ. ސިޔާސީ މައިދާނުން ނަން ފޮހެވިދާނެކަމުގެ ބިރަށްޓަކައި ބަޔަކު މީހުން އެންމެ ފަސޭހައިން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ސޮއިކުރެއްވި ކަމުގައި ވިޔަސް، ރައްޔިތުންނެއް އެ ދުވަސްތަށް މަތިން ހަނދާން ނައްތާލަން އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

ގައުމިއްޔަތާއި، އެއްބައިވަންތަކަން އިސްކޮށް ނިކުތް، ރައްޔިތުންގެ ބާރެއް މިހާރުވެސް ނެތް ކަމަށް ހީފުޅުކުރެއްވުމަކީ ކުރެވޭނެ އެންމެ މޮޔަ އެއްކަމެވެ. ފައިސާ ފުނި ފުންޏަށް ހުއްޓަސް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަހުޖަނަކަށް ވިޔަސް، ކިތަންމެ ގިނަ ރިސޯޓެއްގެ ވެރިއަކަށް ވިޔަސް ރައްޔިތުންގެ ބާރު އޮޅިވަޑައިގެން އުޅުއްވާފާނެތީ ހަނދުމަފުޅަށް އަދިވެސް އެއްފަހު ގެނެސްދޭނަމެވެ. އަމަލުކުރުމުން މިއަންނަ ފެހި ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ ނުކުތާގައި ރައްޔިތުންގެ ބާރު ވަރަށް ސާފުކޮށް ބަޔާންކޮށްދެއެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިންނެވެ.

މިއދުގެ ހަޤީޤަތަކީ ބާރުތަކެއް ނުލިބިގެން ހަތުރުން މިތުރުންނަށް ހައްދަވައި، ޕާޓީގެ ތެރެއިން ޖާގަ ދެއްވަން ފޫގަޅާލާފައި ހުންނެވީ އެންމެ ބޭފުޅެއް ކަމެވެ. އެކަމުގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަށް ޝާމިލްނުވަކަމެވެ. ނިމިދޔަ އަހަރުތަކުގައި ފެނުނު ހަޤީޤަތަކީ ގާސިމް އިބްރާހީމްއަށް ދައުލަތުން ބޭނުންވާ ކަންތައްތައް ހާސިލް ނުވެއްޖެނަމަ އަބަދުވެސް ކޮންމެވެސް ކަމެއްގައި ދެކޮޅުވާތަން ފެންނަކަމެވެ. ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައިވެސް، ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައިވެސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ޤާސިމްގެ ފަރާތްޕުޅުން ކަންތައް ފެނިގެންދިޔައީ ހަމަ އެއްގޮތަކަށެވެ. ކޮންމެ ސަރުކާރަކާއިވެސް ޤާސިމް ދެކޮޅުވަމުންދިޔައީ، ބޭނުންވާ ކަންތައްތަކެއް ހާސިލްނުވުމުންނޭ ބުނުމުގެ ފުރުސަތުތައް އެބައޮތެވެ.

އަދިވެސް ބައެއްކަންކަން ހަނދާނަށް ގެންނާނަމެވެ. ޔާމީންގެ ބައިވެރިން ކައިރިޔަށް ލައްވައި، ހިޔާވެހިކަން ދެއްވާއިރު، އެ ބޭފުޅުންނަކީ މަހުޖަނަށް އެންމެ ބޮޑު އަނިޔާއެއް ދެއްވި ބޭފުޅުންނެވެ. ބަލި އެނދުގައި ވަނިކޮށް ހުކުމްކުރުމުން އަތްޖަހަންވެސް ތިއްބެވީ ހަމަ މި ބޭފުޅުންނެވެ. އަދި އާއިލާގެ ބޭފުޅުންނާއި، ދަރިކަލުން ޖަލަށްލައި، އެތަށް އަނިޔާތަކެއްވެސް ދިނީ ހަަމަ މިއަދު ކައިރީގައި ގެންގުޅުއްވާ ބޭފުޅުންނެވެ. މިއަދު އެންމެ ކައިރީގައި ހުންނެވި ޔާމީންގެ ހޯމް މިނިސްޓަރ އަހުމަދު އަޒްލީނަކީ އޭރުގެ ހޯމް މިނިސްޓަރުކަން މަނިކުފާނުގެ ހަނދާނުން ކައްސާލިނަމަވެސް ރައްޔިތުންގެ ހަނދާނުން އެކަމެއް ކައްސައެއް ނުލަ އެވެ.

ސައިޒު ބޮޑު ކުރިޔަސް، ސައިޒު އޮޅިވަޑައިގަތުމަކީ ވަރަށް މޮޔަކަމެކެވެ. އަނިޔާވެރިންގެ ތެރެއިން ކިތަންމެ ބަޔަކު ސަރުކާރަކާއެކު މަސްހުނިކުރުވަން މަސައްކަތްކުރިނަމަވެސް އެކަމުން ޕާޓީއަށްވެސް އަދި މަނިކުފާނަށްވެސް ލިބިވަޑައިގަންނަވާނީ އިތުރު ގެއްލުންތަށްކަން އެއީ މިއަދު ފެންނަން ހުރި ހަޤީޤަތްތަކެވެ. އެންމެފަހުން ބޭއްވި މަޖިލީސް އިންތިހާބުގެ ނަތީޖާއިންވެސް އެކަން އޮތީ ހާމަވާންށެވެ.

ޖުމްހޫރީ ޕާޓީއަށް އިތުބާރު ގެއްލި، ކުލަ ފަނޑުވެފައި ތިބި މީހުން ސޮއި ކުރައްވާތީ ރައްޔިތުމީހާ މަހުޖަނަށް ދޭ ނަސޭހަތެއްވެސް ފާހަގަކޮށްލާނަމެވެ. އަބަދު ކުލަ ބަދަލުކުރަމުން ވަޑައިގަންނަވާ ސިޔާސީ ބޭފުޅުންނާއި، ސިޔާސި މައިދާނުގައި ބޭބޭފުޅުންގެ ޕަޕެޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، ކޮމިޝަންތަކުގައި މުސާރަ ނަންގަވައި، ވަޒީފާއަށް ނުނިކުންނެވުމުން ވަޒީފާއިން ވަކިކުރެއްވި ބޭފުޅުން ޕާޓީއަށް ވެއްދިނަމަވެސް ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ އެވެ. ސިޔާސީ މައިދާނުގައި މިދެންނެވި ފަރާތްތަކަކީ ފެއިލްވެފައިވާ ޕްރޮޑެކްޓުތަކެކެވެ.

މިއީ ރައްޔިތު މީހާ ބުނާ ބަހެވެ. އިތުބާރު ގެއްލިފައިވާ މީހުންނާއެކު، އަހަރަމެންގެ ފަހަރޭ ކިޔައިގެން ލަދެއްގައި ބެދުމުގެ ކުރިން، ނުފޯރާ ފޮތިން ފޫގެޅީމައިވާގޮތްވެސް ހަނދާންކޮށްލަން ވަރަށް މުހިންމެވެ. ކޯލިޝަންގެ ތެރެއަށް ވަދެވުނަސް ކުށުން ބަރީއަވެ، މަގާމެއްގެ ވަސްވެސް ޖެހޭނެކަމަށް އުންމީދުކުރުމަކީ ނުވަތަ ހޯދަން މަސަތްކަތް ކުރިޔަސް ރައްޔިތުން އެއަށް ދޭނެ ޖަވާބު ވިސްނަވާށެވެ. ލީޑަރަކަށްވުމަށް އަބަދުމެ ކުރަމުންދާ އުންމީދުތަކުގައި ކުލަ ޖައްސަން ބޭނުންވާކަމުގައި ވާނަމަ މަހުޖަނު ވަރަށް ބޮޑަށް ވިސްނަވާށެވެ. އެކަމުގައި ހޯދަވަންވީ ރައްޔިތުންގެ ނަފްރަތުލިބިފައިތިއްބެވި ސިޔާސީ ފަރާތްތަކުގެ ލޯތްބެއް ނޫނެވެ. ހޯދްނަވީ ރައްޔިތު މީހާގެ އިހުތިރާމާއި، ލޯތްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު