Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށައެޅި އިސްލާހު ފާސްކޮށްފި

30 ސެޕްޓެމްބަރު 2019 | ހޯމަ 06:35

24 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ވަނީ ބަދަލު ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 ސެޕްޓެމްބަރު 2019 | ހޯމަ 06:35
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ދިރާސާ ކުރިގޮތަށް ފާސްކޮށްފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ތިން ވަނަ ޖަލްސާގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދެވޭ ގޮތަށް އޮތް އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް) ބިލް ހުށަހެޅުއްވި އެބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ވަނީ ދިރާސާ ކޮށްފައެވެ. އެބިލް ތަޅުމަށް ފޮނުވުމުން ހަތް އިސްލާހެއް ވަނީ ހުށައަޅާފައެވެ. އެ ހަތް އިސްލާހު ވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

ކޮމިޓީއިން އެ ބިލަށް ގެނައި އިސްލާހުގެ ތެރޭގައި ސަރުކާރުން ބިލު ހުށަހެޅިއިރު އޮތް ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށް އޮތް މާއްދާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތް ގޮތަށް ހައްޔަރުކޮށްގެން ބެހެއްޓޭ ވަގުތު 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.

ޓެރަރިޒަމް މާނަ ކުރުމުގައި ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި އޮތް މާއްދާއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެމާއްދާ އެހެން އޮތުމުން ސިޔާސީ ޕާޓީތަކުން ވަނީ ޓެރަރިޒަމް ބިލުގައި ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ. އެމާއްދާ ވަނީ ހައްދު ފަހަނައަޅާފައިވާ ވަކި ސިޔާސީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ބަދަލުކޮށް ކޮމިޓީއިން އިސްލާހު ގެނެސްފައެވެ.

ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުޢާމަލާތުކުރުމުގެ ފުރުޞަތު ނުދީ ހިފެހެއްޓިދާނެ ކަމަށް އޮތް މާއްދާ ވެސް އިސްލާހު ކޮށްފައެވެ. އެގޮތުން ހައްޔަރު ކުރެވޭ މީހާއާއިއެކު އޭނާގެ ގާނޫނީ ވަކީލަކާއެކު ބައްދަލުވުމުގެ ފުރުސަތު ހައްޔަރު ކުރާ މުއްދަތުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެގޮތަށް ބަދަލު ކޮށްފައެވެ. އަދި އެ ފުރުސަތު ހަނިކުރަންޖެހޭނެ ފަދަ ހާލަތެއް އޮތްކަމަށް ފުލުހުންނަށް ފެނިއްޖެނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކުރެވިދާނެކަމަށް ވަނީ ބަދަލު ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ސަބަބު ފިލައި ގޮސްފިކަމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި ވަކީލަކާ ބައްދަލުވުމުގެ ހުއްދަ ދޭންޖެހޭނެކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ބިލްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނާފައި އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެ މާއްދާގައިވާ ކުރިން ވެސް އޮތް ގޮތަށް ޓެރަރިޒަމްގެ މައްސަލައެއްގައި ޝަރީޢަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.

އިސްލާހު ހުށައެޅިއިރު އެގާނޫނުގެ 18 ވަނަ މާއްދާއަށް ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަދަލު ގެނައުމަށް ހުށައަޅާފައެވެ. ކޮމިޓީއިން ވަނީ އެމާއްދާއަށް "ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިސްޓު އެ މަޖިލީހުން ފާސްކުރުމުން ކަމަށް" ބަދަލުކޮށްފައެވެ.

ކޮމިޓީއިން އިސްލާހު ގެނައި ބިލުގައި ވަނީ ކުށުގެ އަދަބު ވެސް ލުއި ކޮށްފައެވެ. އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް ހިތްވަރު ދިނުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް އޮތް އޮތުން ވަނީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ކަމަށް ކަނޑައަޅާފައެވެ. ހަނގުރާމައަށް ދިޔަ މައްސަލައެއް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ލުއި ކޮށްފައެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހެއްގައި ހުރިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ހުށައެޅި އިސްލާހު ކޮމިޓީއިން ވަނީ އެ އަދަބު ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް