Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށައެޅި އިސްލާހު މާދަމާ ފާސްކުރަނީ

ކޯޓު އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރެވޭ ގޮތަށް އޮތުމަކީ ވެސް ކަންބޮޑުވުމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2019 | އާދީއްތަ 07:35
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ދިރާސާކުރުމަށްފަހު، ނިންމި ގޮތުގެ ރިޕޯޓް ދައުރުން ބޭރުގައި ބާއްވާ ތިން ވަނަ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ހޯމަ ދުވަހުގެ 10:00 ގައި އެޖެންޑާ ކޮށްފައިވާ އެ ބިލް ތަޅުމަށް ފޮނުވާފައިވާއިރު އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ވޯޓަށް އަހާނެއެވެ.

Advertisement - newsAdvertisement

އެބިލްގައި ހުރި އިމްލާ ކުށްތައް ވެސް ރަނގަޅުކޮށް ރިޕޯޓް ނިންމުމަށްފަހު މަޖިލީހުގެ މެމްބަރުން އެބިލަށް ޚިޔާލު ފާޅުކުރުމަށް އާދީއްތަ ދުވަހުގެ 12:00 އަށް ހުޅުވާލިއެވެ.

ކޮމިޓީއިން އެ ބިލަށް ގެނައި އިސްލާހުގެ ތެރޭގައި ސަރުކާރުން ބިލު ހުށަހެޅިއިރު އޮތް ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށް އޮތް މާއްދާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތް ގޮތަށް ހައްޔަރުކޮށްގެން ބެހެއްޓޭ ވަގުތު 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.

ޓެރަރިޒަމް މާނަ ކުރުމުގައި ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި އޮތް މާއްދާއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެމާއްދާ އެހެން އޮތުމުން ސިޔާސީ ޕާޓީތަކުން ވަނީ ޓެރަރިޒަމް ބިލުގައި ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ. އެމާއްދާ ވަނީ ހައްދު ފަހަނައަޅާފައިވާ ވަކި ސިޔާސީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ބަދަލުކޮށް ކޮމިޓީއިން އިސްލާހު ގެނެސްފައެވެ.

ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުޢާމަލާތުކުރުމުގެ ފުރުޞަތު ނުދީ ހިފެހެއްޓިދާނެ ކަމަށް އޮތް މާއްދާ ވެސް އިސްލާހު ކޮށްފައެވެ. އެގޮތުން ހައްޔަރު ކުރެވޭ މީހާއާއިއެކު އޭނާގެ ގާނޫނީ ވަކީލަކާއެކު ބައްދަލުވުމުގެ ފުރުސަތު ހައްޔަރު ކުރާ މުއްދަތުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެގޮތަށް ބަދަލު ކޮށްފައެވެ. އަދި އެ ފުރުސަތު ހަނިކުރަންޖެހޭނެ ފަދަ ހާލަތެއް އޮތްކަމަށް ފުލުހުންނަށް ފެނިއްޖެނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކުރެވިދާނެކަމަށް ވަނީ ބަދަލު ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ސަބަބު ފިލައި ގޮސްފިކަމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި ވަކީލަކާ ބައްދަލުވުމުގެ ހުއްދަ ދޭންޖެހޭނެކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ބިލްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނާފައި އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެ މާއްދާގައިވާ ކުރިން ވެސް އޮތް ގޮތަށް ޓެރަރިޒަމްގެ މައްސަލައެއްގައި ޝަރީޢަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.

އިސްލާހު ހުށައެޅިއިރު އެގާނޫނުގެ 18 ވަނަ މާއްދާއަށް ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަދަލު ގެނައުމަށް ހުށައަޅާފައެވެ. ކޮމިޓީއިން ވަނީ އެމާއްދާއަށް "ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިސްޓު އެ މަޖިލީހުން ފާސްކުރުމުން ކަމަށް" ބަދަލުކޮށްފައެވެ.

ކޮމިޓީއިން އިސްލާހު ގެނައި ބިލުގައި ވަނީ ކުށުގެ އަދަބު ވެސް ލުއި ކޮށްފައެވެ. އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް ހިތްވަރު ދިނުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް އޮތް އޮތުން ވަނީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ކަމަށް ކަނޑައަޅާފައެވެ. ހަނގުރާމައަށް ދިޔަ މައްސަލައެއް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ލުއި ކޮށްފައެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހެއްގައި ހުރިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ހުށައެޅި އިސްލާހު ކޮމިޓީއިން ވަނީ އެ އަދަބު ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު