Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ދެމެހެއްޓެނިވި އުޖާލާ މުސްތަގްބަލަކަށް ސިޑްސް ގައުމުތަކުން މަސައްކަތް ކުރާނެ: ރައީސް ސޯލިހް

މުއާހަދާގެ އަމާޒަކީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގު އުޖާލާ ކުރުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2019 | ހޮނިހިރު 03:01
ރައީސް ސޯލިހް ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި

ރައީސް ސޯލިހް ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި، އުޖާލާ މުސްތަގުބަލެއް ކަށަވަރު ކުރުމަށް 2025 ވަނަ އަހަރުގެ ކުރިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރަން އެގައުމުތަކުން މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދިޔަ ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން، (ސެމޯއާ) ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތްވޭގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުވެފައިވާ މިންވަރު ބެލުމަށް މިހާރު ކުރިއަށްދަނީ އެ މުއާހަދާގެ މިޑް-ޓަރމް ރިވިއުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި މުއާހަދާގެ އަމާޒަކީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިމަގު ބައްޓަން ކުރުން ކަމުގައެވެ. އަދި ކުދި ޖަޒީރާ ގައުމުތައް އުފެދިފައިވާ ގޮތުން މި މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ބައްދަލުވުމުގެ ބޭނުމަކީ، ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންކަން ގައުމުތަކަށް ހާސިލް ކުރެވިފައިވާ މިންވަރު ދެނެގަތުމާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އެކަށައެޅުން ކަމުގައެވެ. އަދި ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންތައްތައް ހާސިލުކުރެވޭނެ ކަމުގެ އުންމީދު އާލާވެފައިވާ ކަމަށާއި، ނަމަވެސް މިކަމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރަން ސިޑްސްގެ ގައުމުތަކަށް އޮތް ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޑްސްގެ ގައުމުތަކަކީ ވަރަށް ގިނަ ގޮތްގޮތުން އެހެނިހެން ގައުމުތަކާއި ތަފާތު ގައުމުތަކެއް ކަމުގައެވެ. މީގެ ތެރޭގައި ގައުމުތަކުގެ ޖުޣުރާފިޔާގެ ސިފަތަކާއި، ގުދުރަތީ ވެށީގެ ނާޒުކު ކަމާއި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާ މިންވަރު ބޮޑުވުން ހިމެނޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ސެމޯއާ ޕާތްވޭގައިވާ އަމާޒުތައް ހާސިލްކުރުމަށް ގަދަރުވެރި، ސުލްހަވެރި، ތިޔާގި އަދި ތިމާވެއްޓާއި ރަޙުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭ ކަމަށެވެ. އަދި ސިޑްސްގެ ގައުމުތަކުގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާނެ ކަމުގައި ވިދާޅުވެ، އެ ފަރާތްތަކުން އެ ގޮތުގައި ދެމިތިބުމަށް ރައީސް ގޮވާލެއްވިއެވެ.

ސިޑްސްގެ ގައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާއިމެދު ވާހަކަފުޅު ދައްކަވަމުން،ރައީސް ވިދާޅުވީ، މިކަމުން ލިބޭ މަންފާތަކަކީ ދުރު ރާސްތާއެއްގައި ހާސިލުވާނެ ކަންތައްތަކެއް ކަމަށެވެ. އަދި، މީގެ ނަތީޖާއަކަށް ވާނީ، ސުލްހައާއި، ހަމަޖެހުމާއި، ތިޔާގިކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިޑްސްގެ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

09 ނޮވެމްބަރު 2018
ފެންނަނީ ވަރަށް އުޖާލާކޮށް، ކުރަންޖެހޭ މަސައްކަތްތައް ބައިވަރު: ފާރިސް

ފެންނަނީ ވަރަށް އުޖާލާކޮށް، ކުރަންޖެހޭ މަސައްކަތްތައް ބައިވަރު: ފާރިސް

01 އޮކްޓޯބަރު 2018
ބޭރުގެ ގައުމުތަކުން ބައިވެރިވާ އޮބްޒާވަރުންނަކީ ކޮން ބައެއްކަން އެނގޭނެ ލިސްޓެއް ދިނުމަށް އެމްޑީޕީން އެދިއްޖެ

ބޭރުގެ ގައުމުތަކުން ބައިވެރިވާ އޮބްޒާވަރުންނަކީ ކޮން ބައެއްކަން އެނގޭނެ ލިސްޓެއް ދިނުމަށް އެމްޑީޕީން އެދިއްޖެ

10 ސެޕްޓެމްބަރު 2018
ބޭރުގެ ގައުމުތަކުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގާ މަންޒަރު ފެންނާނެ: ސައުދުﷲ

ބޭރުގެ ގައުމުތަކުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގާ މަންޒަރު ފެންނާނެ: ސައުދުﷲ

15 އޯގަސްޓު 2018
ގައުމުތަކުން ނެރޭ ބަޔާންތަކަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފި

ގައުމުތަކުން ނެރޭ ބަޔާންތަކަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފި

22 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު