Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

މި ސަރުކާރުގެ އެންމެ ބޮޑު ނާކާމިޔާބީ އަކީ މަތީ ތައުލީމުގެ ދާއިރާ: އިބްރާ

އިބްރާ ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާ އޮތީ ފެއިލްވެފައި ކަމަށް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 27 ސެޕްޓެމްބަރު 2019 | ހުކުރު 03:48
އިބްރާހިމް އިސްމާއިލް (އިބްރާ)

އިބްރާހިމް އިސްމާއިލް (އިބްރާ)

މި ސަރުކާރުގެ އެންމެ ބޮޑު ނާކާމިޔާބީ އަކީ މަތީ ތައުލީމުގެ ދާއިރާ ކަމަށް މަންދު ކޮލެޖުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާ އޮތީ ފެއިލްވެފައި ކަމަށާއި އެ ދާއިރާއަށް ރާއްޖޭގައި ހެދިފައި ހުރި އެއްވެސް އުސޫލެއް ތަންފީޒު ކުރެވިފައި ނެތް ކަމަށެވެ.

Advertisement - newsAdvertisement

އިބްރާ ވިދާޅުވީ ހަޔަރ އެޑިއުކޭޝަނުގެ ފަރާތުން އަލަށް އުސޫލެއް ހަދައިގެން އެ އުސޫލު ތަންފީޒުކުރަން ނޫޅޭ ކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅުކުރާނެ ތަނެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް މަތީ ތައުލީމުގެ ދާއިރާ އޮތް އޮތުމުން މިހާރު ރާއްޖެއަކީ، ދަރިވަރުން ކްލާސްތަކައް ނުގޮސް، ނުކިޔަވާ ސެޓްފިކެޓް ހޯދާ ގައުމަކަށް ވެއްޖެ ކަމަށާއި އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ މިހެން ވިދާޅުވެފައިވާއިރު، ގިނަ ދަރިވަރުންތަކަކަށް މަތީ ތައުލީމުގެ ލޯނު ނުލިބުނު މައްސަލަ އެއްވެސް މިއަހަރު ކުރީކޮޅު ވަނީ ފެންމަތި ވެފައެވެ. މިކަމާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެފައިވަނީ މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ކުރިމަތިލި މީހުންގެ ތެރެއިން ލޯނު ހަމަނުޖެހުނީ އާންމުކުރެވުނު އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހަޅެމުން ކަމަށެވެ.

އިބްރާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އެހެނިހެން ދާއިރާތަކުން ކަންތައްތައް ކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު