Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތޯމަސް ކުކް

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސް އުޅޭ ފަތުރުވެރިންގެ އަދަދު ވަނީ ހޯދާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ސެޕްޓެމްބަރު 2019 | އަންގާރަ 03:45
ތޯމަސް ކުކް ބަންދުކުރުމާއި ގުޅިގެން ޔޫކޭ އިން ރާއްޖެ އައި ފަތުރުވެރިންނަށް ދިމާވާނެ ދަތިތަށް ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުޑަކޮށްދޭނެ

ތޯމަސް ކުކް ބަންދުކުރުމާއި ގުޅިގެން ޔޫކޭ އިން ރާއްޖެ އައި ފަތުރުވެރިންނަށް ދިމާވާނެ ދަތިތަށް ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުޑަކޮށްދޭނެ

މަޝްހޫރު ޓްރެވަލް އެޖެންސީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ދިވެހި ސަރުކާރުން ހަމަޖައްސައި ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތޯމަސް ކުކް ބަންދުކުރުމާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެ އައި ފަތުރުވެރިންނަށް ދިމާވާނެ ދަތިތައް ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފައި ވާކަމުގައެވެ. ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް މަގު ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) އިން މަސައްކަތް ކޮށްދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސް އުޅޭ ފަތުރުވެރިންގެ އަދަދު ރިސޯޓްތަކާއި ކަމާ ބެހޭ އިތުރު އިދާރާތަކާއި ވާހަކަ ދެއްކުމަށް ފަހު ހޯދާފައި ވާކަމަގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިދުމަތްތަކަށް ބަދަލު ނާންނާނެ ކަމަށާއި ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯހިޔާ ވަހިކަން އަދި އެހެނިހެން ބޭނުންތައް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީ އިން ވަނީ އަރުވާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ތޯމަސް ކުކް ބަންދުކުރުމާ ގުޅިގެން ގެއްލުން ލިބުނު ފަތުރުވެރިންގެ ރައްކާތެރިކަން ސަރުކާރުން ކަޝަވަރުކޮށްދޭ ކަމުގައެވެ. އަދި މި ފަތުރުވެރިންނަށް ރައްކާތެރި ކަމާއި އެކު އަނބުރާ ގައުމަށް ދެވޭނެ މަގު ފަހި ކޮށްދެއްވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމުގައި އެމްއެމްޕީއާރްސީ ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2018

އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ

09 އެޕްރީލު 2018
އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ
08 ފެބުރުއަރީ 2018

އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބީއެމްއެލްގެ އިތުރު ހިދުމަތްތަކަށް އެދުމުގެ ފުރުސަތު

08 ފެބުރުއަރީ 2018
އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބީއެމްއެލްގެ އިތުރު ހިދުމަތްތަކަށް އެދުމުގެ ފުރުސަތު
25 ޖެނުއަރީ 2018

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !

25 ޖެނުއަރީ 2018
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !
13 ޖެނުއަރީ 2018

އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2018
އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
02 ޑިސެމްބަރު 2017

ތޯމަސް ކުކް ކުންފުނިން 50 ސްޓޯރު ބަންދުކުރަން ނިންމައިފި

02 ޑިސެމްބަރު 2017
ތޯމަސް ކުކް ކުންފުނިން 50 ސްޓޯރު ބަންދުކުރަން ނިންމައިފި
01 ނޮވެމްބަރު 2017

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

01 ނޮވެމްބަރު 2017
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު