Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހ އަބަދަށްފެހި މަގުގެ ގެތަކުގައި އަލިފާން ރޯވުން

އެންމެ ފޮޓޯއަކުން ބުނެދޭ އެތައް ވާހަކަ، ދިވެހިން މިއަށްވުރެ ހޭލުންތެރިވާންވެއްޖެ !

އަލިފާން ކޮންޓްރޯލް ނުވެ ގިނަ ގެތަކަށް ފެތުރިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2019 | ހުކުރު 18:14
އަލިފާން ރޯވި ސަރަހައްދުގައި މީހުން ފޮތޯ ނަގަމުންދަނީ

އަލިފާން ރޯވި ސަރަހައްދުގައި މީހުން ފޮތޯ ނަގަމުންދަނީ

ދިވެހިންގެ ތެރޭގައި ތަފާތު އެކި ހިޔާލުގެ އެކި ފިކުރުގެ މީހުން ތިބި ކަމުގައި ވިޔަސް ކާރިސާއެއް ދިމާވެއްޖެ ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހިންގެ ތެރެއިން ފެނިގެން ގޮސްފައިވަނީ ނަމޫނާ އެއްބައިވަންތަކަމެކެވެ. ކާބަފައިންގެ ޒަމާނުގައި އޮތް ކަމަށް ބުނާ ފަދަ އެއްބައެއްވަންތަކަމެކެވެ.

އެގޮތުން ސުނާމީގެ ކާރިސާއާއި، އަލިފާނުގެ އެކިއެކި ހާދިސާތަކާއި، ފެންބޮޑުވުން ފަދަ ހާދިސާތަކުގައިވެސް ދިވެހިންގެ ފަރާތުން ފެނިފައިވަނީ ނަމޫނާ އެކުވެރިކަމެކެވެ.

ނަމަވެސް ފާހަގަކޮށްލަން މި އުޅެނީ މިފަދަ ބައެއް ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކަށް ނޭނގި ނަމަވެސް ކުރެވޭ ވަރަށް ހިތާމަވެރި ކަމެއްގެ ވާހަކައެވެ.

ސެޕްޓެމްބަރު މަހުގެ 20 ވީ ހުކުރު ދުވަހުގެ ރޭގައި މުޅި ރާއްޖެ ސިއްސުވާލީ ހ.އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުންނެވެ. އެގޮތުން އަލިފާން ކޮންޓްރޯލް ނުވެ ގިނަ ގެތަކަށް ފެތުރިފައިވާއިރު، ހާދިސާ ހިނގި ވަގުތުން ފެށިގެން ސަލާމަތީ ބާރުތަކާއި އާންމުންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކުންވެސް ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް މި ޚަބަރުތައް ޓީވީންނާއި އެކި ފަރާތްތަކުން އަޑުއިވެމުން ދިޔައިރު ފާހަގަވެގެންދިޔައީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިބުމުގެ ސަބަބުން އަލިފާން ނިއްވާ އުޅަނދުތަކާއި، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދަތިތައް ކުރިމަތިވެގެންއުޅޭ ކަމެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކުންވެސް ތަކުރާރުކޮށް އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އިލްތިމާސްކުރަމުން ދިޔަ ނަމަވެސް ސޯޝަލް މީޑިއާއަށް ބަލާލުމުންވެސް ފެނިގެން ދިޔައީ މި އިރުޝާދުތައް ގިނަ ބަޔަކު ޤަބޫލުނުކުރާކަމެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުންގެ ފަރާތައް އަލިފާނުގެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް ނަގަމުން ދިޔައިރު، އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ފަރާތްތަކަށް ދަތިތައް ކުރިމަތިވެގެން އުޅުނު މަންޒަރު ފެނިގެންދިޔައެވެ. އެގޮތުން އެ ހާދިސާގެ ފޮޓޯތަކަށް ބަލާލުމުންވެސް މިކ މަންޒަރު ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ.

ނަމަވެސް ދިވެހިންގެ މި އާދަ މިއަދު ބަދަލުކުރަން ނުވޭތޯއެވެ؟ މީގެ 3 އަހަރު ކުރިން ކޯސްޓްލައިންގައި ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައިވެސް މިފަދަ ހިތާމަވެރި މަންޒަރުތަކެއް ފެނިގެން ދިޔައެވެ. ބައެއް ގޭގޭގައި ދިރިއުޅޭ ފަރާތްތަކުން ފެން ހޮޅިތައް ގުޅައިގެން ވެވުނު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދިޔައިރު ހަމަ އެ ގެތަކުގެ ބައެއް ފްލޯތަލުގައި ފޮޓޯނަގަން ތިބި މީހުންގެ މަންޒަރު މީސްމީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، މިއަދުގެ މަންޒަރުތަކުންވެސް އާވެގެން ދަނީ އެ ހަނދާންތަކެވެ.

ދިވެހިން ހަޤީޤަތުގައިވެސް މިއަށްވުރެ ހޭލުންތެރިވާން ވެއްޖެއެވެ. ސަލާމަތީ ބާރުތަކާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑުއަހައި އެއަށް ސަމާލުވާން ވެއްޖެއެވެ. ސޯޝަލް މީޑިއާ އަޕްޑޭޓް ކުރެވިދާނެއެވެ. އަމިއްލަ ފުރާނަ އެއަށްވުރެ މުހިއްމެއް ނޫން ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު