Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަހްމަދު މަހްލޫފް

އެފްއޭއެމް އާއި ގުޅިގެން ހީނަރުވެފައިވާ ފުޓުބޯޅަ ކުރިއަރުވާނަން: މަހްލޫފް

20 ސެޕްޓެމްބަރު 2019 | ހުކުރު 12:26

ފުޓުބޯޅައިގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށް ވަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 20 ސެޕްޓެމްބަރު 2019 | ހުކުރު 12:26
މިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް

ބޭނުންވަނީ އެފްއޭއެމް އާއި ގުޅިގެން ހީނަރުވެފައިވާ ކުޅިވަރު ކުރިއެރުވުމަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީއަށް ލަފާދިނުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރަން އެމަނިކުފާނު ކުރި މަސައްކަތް ބައެއް ކުލަބްތަކާ ހެދި ކާމިޔާބު ވާގޮތް ނުވިކަމަށާއި އެކަމާއި ރުޅިވެރިކަން ބާއްވައިފައި އޮތުމުގެ މާނައެއް ނެތް ކަމަށާއި އެމަނިކުފާނުގެ ހަމައެކަނި ބޭނުމަކީ އެފްއޭއެމް އާއި ގުޅިގެން ހީނަރުވަމުންދާ ފުޓުބޯޅަ އަދި ފުޓުބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުން ކަމަށެވެ.

މީގެ ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އާއި ދެމެދު މައްސަލަ ތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑު ވަނީ މީޑިއާގައި ފެތުރިފައެވެ. ނަމަވެސް ދާދި ފަހުން މިނިސްޓަރ މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމާ ބައްދަލުކޮށްފައިވެއެވެ. މި ބައްދަލު ވުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް ބުނީ ސަރުކާރުން ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ، އެފްއޭއެމަކީ އެ އިރެއްގައި އޮންނަ ސަރުކާރަކާ އެކު ގުޅިގެން މަސައްކަތް ކުރާނެ ތަނެއް ކަމަށާއި، އެގޮތުން އެފްއޭއެމް އޮތީ ޔޫތު މިނިސްޓަރު ނުވަތަ ޔޫތު މިނިސްޓްރީއާ ޖެހިގަނެގެން މަސައްކަތް ކުރަން ނޫން ކަމަށެވެ. އަދި މިނިސްޓަރު މަހުލޫފާ ގުޅުން ރަނގަޅު ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް