Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިކަމުގެ އެވޯޑް 2018

ނޫސްވެރިކަމުގެ އެވޯޑް ހުސައިނާއި މުރުޝިދަށް، ރަންގަލަން މުހުސިނާއި އަލީއަށް

ހުސައިން އެވޯޑް ކާމިޔާބުކުރީ ފީޗަރ ރިޕޯޓް ކެޓެގަރީން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2019 | ހޯމަ 05:33
ނޫސްވެރިކަމުގެ އެވޯޑްތައް ހާސިލްކުރެއްވި ރާއްޖެޓީވީގެ ކުރީގެ މުވައްޒަފުން

ނޫސްވެރިކަމުގެ އެވޯޑްތައް ހާސިލްކުރެއްވި ރާއްޖެޓީވީގެ ކުރީގެ މުވައްޒަފުން

މިދިޔަ އަހަރު ރާއްޖެޓީވީން އާންމުންނާ ހަމައަށް ގެނެސްދިން ސިޔާސީ ދާއިރާގެ ރިޕޯޓުތަކާއި ފިޗަރ ރިޕޯޓުތަކާ ގުޅިގެން، ނޫސްވެރިކަމުގެ ދެ އެވޯޑަކާއި ނޫސްވެރިކަމުގެ ރަން ގަލަން ރާއްޖެޓީވީގެ ދެ ނޫސްވެރިއަކަށް ލިބިއްޖެއެވެ.

ނޫސްވެރިކަމުގެ ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި 2018 ވަނަ އަހަރު، ސިޔާސީ ދާއިރާއިން ތައްޔާރު ކުރި ޚަބަރާއި ރިޕޯޓުތަކާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނޫސްވެރިކަމުގެ އިނާމް ދީފައި ވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމަކަށެވެ.

Advertisement - newsAdvertisement

ތަފާތު އެކި ދާއިރާތަކުން، ދިރާސާކޮށް، ތަހުގީގުކޮށްގެން މިދިޔަ އަހަރު ރާއްޖެޓީވީން ތައްޔާރު ކުރި ފީޗަރ ރިޕޯޓުތަކާ ގުޅިގެން އެމްއެމްސީން ނޫސްވެރިކަމުގެ އިނާން ދީފައި ވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަނަށެވެ. ބްރޯޑްކާސްޓިން ދާއިރާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފީޗަރ ކެޓަގަރީން ހުސައިން އެވޯޑު ހާސިލުކޮށްފައި ވަނީ ވީމީޑިއާގެ ނޫސްވެރިޔާ އައިމިނަތު އަމީނާ ނައީމާ ވާދަކޮށެވެ.

ފީޗަރ ދާއިރާއިން ހުސައިން އެވޯޑު ހާސިލުކޮށްފައިވާއިރު، އެ ދާއިރާއިން އެވޯޑު ދެނީ ތައްޔާރުކޮށްފައިވާ ހުށަހެޅުންތަކުގެ ފެންވަރާއި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓާފައިވުމާއި އެ ރިޕޯޓުތަކުގެ ސަބަބުން މުޖުތަމައުއަށް ކުރި އަސަރާއި ނަތީޖާއަށް ބެލުމަށްފަހުގައެވެ.

އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގެ ރަންނަބަނޑޭރިމާލަމުގައި ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާގައި ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންނެވި 11 ބޭފުޅުންގެ ތެރޭގައި ރާއްޖެޓީވީގެ ކުރީގެ ދެ ނޫސްވެރިން ކަމަށްވާ، އަހުމަދު މުހުސިނާއި އަލީ ޔޫސުފް ހިމެނިވަޑައިގަންނަވައެވެ. ނޫސްވެރިކަމުގެ ރަންގަލަން މުހުސިނަށް ލިބިވަޑައިގެންނެވީ ނޫސްވެރިމުގައި އޭނާ ހޭދަ ކުރެއްވި 17 އަހަރު އެ ދާއިރާގައި ކުރެއްވި މަސައްކަތާ ގުޅިގެންނެވެ. އަލީ ޔޫސުފަށް ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގެންނެވީ ނޫސްވެރިކަމުގައި 18 އަހަރު އޭނާ ކުރެއްވި ބުރަ މަސައްކަތާ ގުޅިގެންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ އެވޯޑަށް 40 ހުށަހެޅުން ލިބުނު ކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބުނީ އޮންލައިން ކެޓަގަރީން ކަމަށެވެ. އެ ދާއިރާއިން 33 ހުށަހެޅުން ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް

އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް

08 އޯގަސްޓު 2017
ނޫސްވެރިކަމުގެ އިނާމަށް 45 ފަރާތަކުން ނަން ހުށައަޅައިފި

ނޫސްވެރިކަމުގެ އިނާމަށް 45 ފަރާތަކުން ނަން ހުށައަޅައިފި

16 ޖޫން 2017
ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

07 ޖޫން 2017
މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި

މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި

31 މެއި 2017
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ

03 މެއި 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު