Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަން

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރައީސް ނަޝީދަށް

ރައީސް ނަޝީދުގެ އިތުރުން 3 ބޭފުޅަކަށް ވަނީ އަލިމަސް ޝަރަފުގެ ގަލަން އަރުވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 16 ސެޕްޓެމްބަރު 2019 | ހޯމަ 03:29
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނޫސްވެރިކަން ކުރިއަރުވައި އެ ދާއިރާގައި މުހިންމު ޚިދުމަތްތަކެއްކުރެއްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވައިފިއެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ދިވެހި "ނޫސްވެރިކަމުގެ އިނާމް 2018" ދިނުމުގެ ރަސްމިއްޔާތުގައެވެ. އެހެން ނަމަވެސް، ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުން ރައީސް ނަޝީދަށް ފަހުން އެހެން ރަސްމިއްޔާތެއްގައި މީޑިއާ ކައުންސިލުން ޝަރަފުގެ އަލިމަސް ގަލަން އެރުވުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ އިތުރުން 3 ބޭފުޅަކަށް ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވާފައެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ރައީސް ނަޝީދަކީ ނޫސްވެރިކަމުގެ އިތުރުން ނޫސްވެރިކަމާ ގުޅުން ހުރި ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ރައީސް ނަޝީދު ނޫސްވެރިއެއްގެ ގޮތުން އެންމެ މަޝްހޫރުވީ ރާއްޖޭގައި 90ގެ އަހަރުތަކުގައި ނުކުތް "ހުކުރު" ނޫހާއި "ސަންގު" ނޫހުންނެވެ. އޭގެ ފަހުން "މިނިވަން" ނަމުގައި ނޫހެއް ވެސް އެމަނިކުފާނު ވަނީ އުފައްދަވާފައެވެ. ނޫސްވެރިކަމުގެ މަސައްކަތުގެ ތެރެއިން އެކި ކަހަލަ އަދަބު ލިބިވަޑައިގެން، ބަންދުގައި ވެސް ރައީސް ނަޝީދު ވަނީ ހުންނަވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު