Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ

އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ: އެފްއީ މޮޅުވި އިރު އެފްއެލްއައިއެސް އިން ސައިރެކްސް ހިފަހައްޓައިފި

މި މުބާރާތަކީ ހަޔާ އެޑިއުކޭޝަން ސެކްޓާގެ މެދުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް

އަތޫފް އާތިފް
އަތޫފް އާތިފް | 16 ސެޕްޓެމްބަރު 2019 | ހޯމަ 03:39
އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގެ ތެރެއިން

އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގެ ތެރެއިން

އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުތަކުން ސީއެފްއެސް އަދި އެވިޑް ކޮލެޖު މޮޅުވެއްޖެއެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ޖުމްލަ ހަތް މެޗު ކުޅެފައިވެއެވެ. އަންހެން ދެ މެޗު ކުޅުނު އިރު ފިރިހެން ފަސް މެޗު ކުޅުނު އިރު އަންހެން ކުޅުނީ ދެ މެޗެވެ.

އަންހެން ޑިވިޝަންގައި ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ފެކަލްޓީ އޮފް އާޓްސް ބައްދަލުކުރި މެޗު ފެކަލްޓީ އޮފް އެޑިއުކޭޝަނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ހަވަނަ މިނެޓުގައި ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ އައިމިނަތު ހަމީޒާ ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އައިމިނަތު ފަސީހާއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ ޖާޒީ ނަމްބަރު 9 ހާތިމާ ޔޫސުފެވެ. އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސައިރެކްސް ކޮލެޖާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްއެވެ. މި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސައިރެކްސް ކޮލެޖުންނެވެ. ސައިރެކްސްގެ ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު ފަހެއް މަރިޔަމް ވަފާއެވެ.

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ވަނީ މެޗުގެ ގެ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 11 އައިމިނަތު ނައިފާއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގެ ޖާޒީ ނަންބަރު 13 ޝައުފާ އިބްރާހީމެވެ. މި މުބާރާތުގައި ފިރިހެން 15 ޓީމު ވާދަކުރެއެވެ. ފިރިހެން ޑިވިޜަންގެ ގްރޫޕް އޭ،ބީ،ސީ މިތިން ގްރޫޕުގައި ހިމެނެނީ 4 ޓީމެވެ. ގްރޫޕް ޑީގައި ހިމެނެނީ 3 ޓީމެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019 ގެ ޓައިޓްލް ސްޕޮންސަރަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އެވެ. މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ އެމް 7އެވެ. ސްޕޮންސަރުންނަކީ ދިރާގު އަދި ވިޒިޓް ލާމްއެވެ. މީޑިއާ ޕާޓްނަރަކީ ޕީ.އެސް.އެމް ސްޕޯޓްސް އެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ޘާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވައި އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 7ވަނަ މުބާރާތެވެ. 2013އިން ފެށިގެން މެދުކެނޑުމެއްނެތި މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. މި މުބާރާތް ހުޅުވާލާފައިވަނީ އެމް.އެން.ޔޫގެ ފެކަލްޓީތަކާއި ދިވެހިރާއްޖޭގެ އެހެނިހެން ކޮލެޖުތަކަށެވެ. މުބާރާތުގައި ފިރިހެން ޑިވިޜަނާއި އަންހެން ޑިވިޜަން ހިމެނެއެވެ. މުބާރާރުގައި އަންހެން ޑިވިޜަން އެންމެ ފުރަތަމަ ހިމެނީ 2018 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
06 އެޕްރީލު 2017

ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

06 އެޕްރީލު 2017
ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ
03 އެޕްރީލު 2017

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
01 އެޕްރީލު 2017

ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ

01 އެޕްރީލު 2017
ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ
05 މާރިޗު 2017

ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި

05 މާރިޗު 2017
ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު