Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑާކްރެއިން އެންޓަޓައިމެންޓް

ޑާކްރެއިންއަށް 13 އަހަރު: ހުއްޓުމެއްނެތި ކުރިއަށް!

15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:06

ގިނަ ފަންނާނުން ވަނީ ދާއިރާއަށް ނެރެދީފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:06
ޑާކްރެއިން އިން މަޝްހޫރުކަން ހޯދާފައިވާ ބައެއް ފަންނާނުން

ޑާކްރެއިން އިން މަޝްހޫރުކަން ހޯދާފައިވާ ބައެއް ފަންނާނުން

ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް އެންމެ ބޮޑު އެއް އިންގިލާބު ގެނައި ފަރާތަކީ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓައިމެންޓެވެ. ފިލްމް އިންޑަސްޓްރީއަށް ލޮތްބާއި، ބިރުވެރި، ހިތާމެރި އަދި ހެއްވާ މަޖާ ގިނަ ފިލްމުތަކެއް އާންމުންނަށް ވަނީ ދޫކޮށްލާފައެވެ. ހަގީގީ ހާދިސާތަކުގެ މައްޗަށް ކުޅެފައިވާ ފިލްމުތައް ވެސް ހިމެނެއެވެ.

ޑާކް ރެއިން އެންޓަޓައިމެންޓް 13 އަހަރުގެ މާޒީއަށް ބަލާއިރު ގިނަ ކާމިޔާބުތަކެއް ވަނީ ހޯދާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރަށް ދިވެހި ފިލްމެއް އެޗްޑީ، ތްރީޑީ އަދި ޑީއެސްއެލްއާރްގައި ޝޫޓްކޮށް ބެލުންތެރިންނާއި ހަމައަށް ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން ’ވެނިސް ފިލްމު ފެސްޓިވަލް‘ ގައި ރާއްޖޭގެ ފިލްމެއް ފުރަތަމަ ދެއްކީވެސް ޑާކްރެއިން އެންޓަޓައިމެންޓުންނެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޑާކްރެއިން އިން އައު މޫނުތައް މިދާއިރާއަށް ތަމްރީންކޮށް ނެރެދީފައެވެ. މި އިންޑަސްޓްރީ ގައި މިހާރު އެންމެ ގަދައަށް ފިޔަޖަހަމުންދާ އައު ތަރިންނަކީ ޑާކް ރެއިން އެންޓަޓައިމެންޓުން ނެރެދިން ފަންނާނުންކަމަށް ގިނަ ބަޔަކު އެއްބަސްވާނެއެވެ. އެގޮތުން އެގޮތުން 36 ފަންނާނަކު ދާއިރާއަށް ނެރެދިނެވެ.

ތަފާތު އުފެއްދުންތައް އަބަދުވެސް ފިލްމް އިންޑަސްޓްރީއަށް ގެނެސްދިނުމަށް ޑާކްރެއިން މަސައްކަތްކުރާއިރު، މިހައިތަނަށް 52 އެވޯޑް ވަނީ ކާމިޔާބުކޮށްފައެވެ. ސެޕްޓެމްބަރު 14 އަށް 13 އަހަރު ފުރިފައިވާ ޑާކްރެއިން ވަނީ ފީޗަރ 12 ފިލްމް، 04 ކުރު ފިލްމް އުފައްދާފައެވެ. އަދި 13 ވަނަ "ނޮވެންބަރު" ނަމަށް ކިޔާ ފީޗަރ ފިލްމް ޝޫޓިން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ”ނޮވެމްބަރ“ގެ ޝޫޓިން ކުރިއަށްދާނީ ސިންގަޕޫރާއި މާލޭގައެވެ. 2020 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް މި ފިލްމު ގެނެސްދިނުމަށް ޑާކްރެއިން އިން ވަނީ ނިންމާފައެވެ. ޑާކްރެއިން އަމިއްލަ އުފެއްދުންތަކަށް ޚާއްސަ ސަމާލުކަމެއްދޭއިރު އެއްލަވަ ފިޔަވައި ހުރިހާ ލަވަތަކަކީ އަމިއްލަ ރާގުގެ ލަވަތަކެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ އެ އުސޫލުންކަން ޑާކްރެއިން އިން ޔަގީންކަންދެއެވެ.

ކުރިއަށްހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ޑާކްރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވިދާޅުވީ އެ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭން ހުރި އިތުރު ފިލްމުތަކަކަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ”ބަޅިނދު“ ފިލްމާއި މޫމިން ފުއާދު ލިޔާ ”ބައިސާ“އެވެ.

ޓީވީ ސްޓޭޝަންތަކުގެ ޑްރާމާ ސިލްސިލާތަކުން ޑާކްރެއިން އިން މަސައްކަތް ފެށިނަމަވެސް ފިލްމް އިންޑަސްޓްރީގައި މިއަދު ގިނަ އެވޯޑްތައް ހާސިލްކޮށްފައި އޮތީ އެކުންފުނިންނެވެ. ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޑާކްރެއިންއަށް މާލީ އެތައް ގެއްލުމެއް ލިބުނު ނަމަވެސް ކުންފުނިން ފަހަތަކަށް ނުޖެހެއެވެ. މަސައްކަތްތައް ކުރިއަށް ގެންގެންގޮސް ރައްޔިތުންގެ ލޯތްބާ ތަރުހީބު ހޯދައިފިއެވެ. މިހާރު ބެލުންތެރިން ތިބެނީ ޑާކްރެއިން އިން ދެން ނެރޭނެ ފިލްމެއްގެ އިންތިޒާރުގައެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް