Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަތީފް

ކުރިޔަށް އޮތް އަހަރު ރިޔާސީ އިންތިހާބެއް ބާއްވާނެ: ލަތީފް

13 ސެޕްޓެމްބަރު 2019 | ހުކުރު 07:28

ލަތީފް ވަނީ ރައީސް ސޯލިހުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 13 ސެޕްޓެމްބަރު 2019 | ހުކުރު 07:28
ލަތީފް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި ބައިވެރި ވަޑައިގަންނަވަނީ

ލަތީފް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި ބައިވެރި ވަޑައިގަންނަވަނީ

އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުރާސްފަތި ދުވަހުގެ ރޭ "ދަވާލައިފި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ މި ސަރުކާރު ވަރަށް ބޮޑަށް ފެއިލް ވެފައި ވާކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ބޭވަފާތެރިއެއްކަމަށެވެ.

Advertisement - newsAdvertisement

ލަތީފް ވިދާޅުވީ ރައީސް ސޯލިހް ލަނޑުދެއްވީ ހަމައެކަނި އެބޭފުޅުންނަށް ނޫން ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ލަނޑުދެއްވިކަމަށެވެ. މީގެ އިތުރުން ލަތީފް ވިދާޅުވީ މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި މި ސަރުކާރު ވަރަށް އަވަހަށް ބަދަލުވާނެކަމަށެވެ.

މި ޖަލްސާގައި ލަތީފް ވަނީ ރައްޔިތުން ވޯޓުލާން ތައްޔާރަށް ތިބިތޯ ސުވާލު ކޮށްފައެވެ. އެގޮތުން ލަތީފް ވިދާޅުވީ ހަމަޔަގީނުންވެސް އަންނަ އަހަރު އިންތިހާބު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ކުރީގެ މެމްބަރު ލަތީފް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ލަތީފް ވަނީ މި ޖަލްސާގައި ރައީސް ޔާމިނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބުނު ފަސް އަހަރު ކަމަށެވެ.

ނަމަވެސް މެމްބަރު ލަތީފަކީ ރައީސް ޔާމީނުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވި ބޭފުޅެއް ވެސް ވެއެވެ. އަދި ލަތީފް ވަނީ ރައީސް ސޯލިހުއަށް ވެރިކަން ހޯއްދަވައިދެއްވުމަށް ކުރެއްވި ބައެއް ކެމްޕެއިން ދަތުރުތަކުގައި އަދި ބައެއް ޖަލްސާތަކުގައި ވެސް ރައީސް ޔާމީންއަށް ފާޑުވިދާޅުވެ ވަރަށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

އަބްދުލް ލަތީފް މުހައްމަދު (ފުނަމާ ލަތީފް) 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާއަށް ހޮވިވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. ލަތީފް ފަހުން ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާ އެކު ލަތީފް ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ދިއްދޫ ދާއިރާއަށް ލަތީފް ވާދަކުރެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. މަޖިލިސް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނެ ލަތީފްއަށް ކާމިޔާބު ކުރެވުނީ ޖުމްލަ ވޯޓުގެ އެންމެ 6.13 އިންސައްތައެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ ވަހީދެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް