Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުހައްމަދު ނަޝީދު

އަތްފޯރާފަށަށް ފަތުރުވެރިކަން ގެނެސްދިނީ އެމްޑީޕީއިން

ހަމައެކަނި މުއްސަދިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތްއޮތުން ވަނީ ނިމުމަކަށް ގެނެވިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 22:33
ރައީސް މުހައްމަދު ނަޝީދު އެފްޓީއައި ޓޫރިޒަމް ޓްރެވަލް އެޖެންޓް ވިޒިޓް 2019 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް މުހައްމަދު ނަޝީދު އެފްޓީއައި ޓޫރިޒަމް ޓްރެވަލް އެޖެންޓް ވިޒިޓް 2019 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަނީ

ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ހުރިހާ ފަންތިއެއްގެ މީހުންގެ އަތްފޯރާފަށަށް ގެނެސްދިނީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއްގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަދާރަން ސެލެކްޓް ހުދުރަންފުށީގައި އެފްޓީއައި ޓޫރިޒަމް ޓްރެވަލް އެޖެންޓް ވިޒިޓް 2019 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2009 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ލޯކަލް ޓޫރިޒަމް ތައާރަފްކުރުމާއި އެކު، ރާއްޖޭގެ ފަތުރުވެރިކަން ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދިޔަކަމުގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މިކަމުގެ ސަބަބުން، ހަމައެކަނި މުއްސަދިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތްއޮތުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ ސިނާއަތާ އެކު ދަތުރުފަތުރުގެ ނިޒާމް ފުޅާވެ، ރާއްޖޭގެ ރަށްތައް އެއް ރަށް އަނެއް ރަށާއި ގުޅުވާލުމުގެ މަގުފަހި ވެގެން ދިޔަކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކުގެ އަސަރު ފަތުރުވެރިކަމަށް ވެސް ކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު އަނެއްކާވެސް އެމްޑީޕީ އިން ރާއްޖޭގެ ވެރިކަމާ ހަވާލުވުމާއެކު ފަތުރުވެރިކަން އަލުން އާރާސްތުވަން ފަށައިފިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖެ އަކީ ހުރިހާ އެންމެންނަށް ވެސް ހަމަޖެހުމާއި އުފާވެރިކަމާއި އެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އޮތް ގައުމެއްކަމަށާއި ރާއްޖޭގައި ރިސޯޓް ހޮލިޑޭސް އަދި ސީސައިޑް ހޮލިޑޭސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކޮށްލަން ލިބިގެން ދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ މެހެމާންދާރީ އާކީ ފާހަގަކޮށްލެވޭ ފެންވަރުގެ މެހެމާންދާރީއެއް ކަމަށާއި ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހިތްފަސޭހަ ކަމަކީ ކޮންމެ ބޭފުޅަކަށްވެސް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު އެބައޮތްކަމަށާއި ރާއްޖެއިން އަބަދުވެސް ފަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި މަރުހަބާ ކިޔާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ހުރިހާ ފަތުރުވެރިންވެސް ރާއްޖެ އައުމަށް ދައުވަތު އަރުވާފައެވެ.

އެފްޓީއައި އަދި އަދާރަނަ އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޓްރެވަލް އެޖެންޓް ވިޒިޓް އަކީ އަމިއްލަ ފަރާތަކުން އިސްނަގައިގެން މިހާ ފުޅާދައިރާއެއްގައި ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ އިވެންޓެވެ. މި އިވެންޓްގައި ޖަރުމަނު، އޮސްޓްރިއާ އަދި ސްލޮވޭކިއާގެ 100 އެއްހާ ޓްރެވަލް އެޖެންޓުން ބައިވެރިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރސީ)ގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓުތަކަށް އިޝްތިހާރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޓްރިޕްގެ ދަށުން އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކުގެ ނޫސްވެރިންނާއި އެމެރިކާގެ ނޫސްވެރިން ވަނީ ރާއްޖެ އައިސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓްފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން: ރައީސް ނަޝީދު

ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓްފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން: ރައީސް ނަޝީދު

03 ސެޕްޓެމްބަރު 2018
ފަތުރުވެރިކަން އިސްތިހާރުކުރަން ކުރާ ހޭދަ އިތުރުކުރާނަން: ފައިސަލް

ފަތުރުވެރިކަން އިސްތިހާރުކުރަން ކުރާ ހޭދަ އިތުރުކުރާނަން: ފައިސަލް

16 އޯގަސްޓު 2018
ކެންޑިޑޭޓުގެ މައްސަލައިގައި ކޮންގްރެސްގެ ކުރިން ގޮތެއް ނިންމުމަށް ޖޭޕީގެ ކިބައިން އެމްޑީޕީއިން އެދިއްޖެ

ކެންޑިޑޭޓުގެ މައްސަލައިގައި ކޮންގްރެސްގެ ކުރިން ގޮތެއް ނިންމުމަށް ޖޭޕީގެ ކިބައިން އެމްޑީޕީއިން އެދިއްޖެ

28 ޖޫން 2018
ދިއްދޫ ކައުންސިލްގެ ރައީސް މިނިވަން ކުރުމަށް އެމްޑީޕީއިން ގޮވާލައިފި

ދިއްދޫ ކައުންސިލްގެ ރައީސް މިނިވަން ކުރުމަށް އެމްޑީޕީއިން ގޮވާލައިފި

25 މެއި 2018
ޕްރައިމަރީއަށް ނުފޫޒު ނުފޯރުވަން އެމްޑީޕީއިން އިލެކްޝަންސްއަށް އަންގައިފި!

ޕްރައިމަރީއަށް ނުފޫޒު ނުފޯރުވަން އެމްޑީޕީއިން އިލެކްޝަންސްއަށް އަންގައިފި!

23 މެއި 2018

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު