Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގްލޯނެޓް

14 ޔުނިވާސިޓީ އަކާއިއެކު 25 ވަނަ ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފި

12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 13:37

އަތޮޅު ތެރޭގައި ފެއަރ ބޭއްވުމަށް ވަނީ ހަމަޖެހިފައި

އަލީ ސަމާޚް
އަލީ ސަމާޚް | 12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 13:37
މި އަހަރު ފެބްރުއަރީ މަހު ބޭއްވި 24 ވަނަ ގްލޯނެޓް އެޑިއުކޭޝަން ފެއަރގެ ތެރެއިން

މި އަހަރު ފެބްރުއަރީ މަހު ބޭއްވި 24 ވަނަ ގްލޯނެޓް އެޑިއުކޭޝަން ފެއަރގެ ތެރެއިން

14 ޔުނިވާސިޓީއަކާއި އެކު 25 ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފިއެވެ. ނެޝަނަލް އާޓްގެލެރީގައި ބުރާސްފަތި ދުވަހު ފެށި އެ ފެއަރ މާލޭގައި ކުރިޔަށް ދާނީ ހުކުރު ދުވަހާ ހަމަޔަށެވެ.ފެއަރ ކުރިޔަށްދާނީ ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށް ގްލޯނެޓުން މައުލޫމާތުދެއެވެ.

ފެއަރ ޝަަރަފްވެރި ކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. އައްޑޫ އަތޮޅު، ފުވައްމުލަކު، އަދި ހދ. ކުޅުދުއްފުށީގައި ފެއަރ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ގްލޯނެޓް ފެއަރ އަކީ ރާއްޖެއިން ބޭރުން މަތީތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަނުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ފެއަރ އެކެވެ. އެގޮތުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ޔުނިވާސިޓީ ތަކުގައި ހުރި ފުރުސަތު ތަކާއި، ޔުނިވާސިޓީގެ ފީތަކާއި، ވިސާގެ މައުލޫމާތު ފެއަރ މެދުވެރިކޮށް ލިބިގެންދާނެ އެވެ. ފެއަރ ގައި ބައިވެރިވާ ގިނަ ޔުނިވާސިޓީ ތަކަކީ މެލޭޝިޔާގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީ ތަކެވެ.

މިފަހަރުގެ ފެއަރ ގައި ބައިވެރިވާ ޔުނިވާސިޓީ ތަކަކީ

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ގްލޯނެޓްގެ މެނޭޖަރު މުހައްމަދު ނަސީމް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާ ފެއަރ ތަކަކީ ވަރަށް ކާމިޔާބު ފެއަރ ތަކެއް ކަމަށާއި، ގްލޯނެޓްގެ އެންމެ ބޮޑު އަމާޒަކީ ކިޔަވަން ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ބައިވެރިވާ ގިނަ ޔުނިވާސިޓީ ތަކަކީ މެލޭޝިޔާގެ ޔުނިވާސިޓީ ތަކަށްވާއިރު އެ ޔުނިވާސިޓީތަކުގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ލިބެމުންދާ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ނަސީމް ވިދާޅުވީ، ފެއަރ މެދުވެރިކޮށް އެމީހަކު ކިޔަވަން އެންމެ ރަނގަޅު ކޯސް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ފެއަރ ގައި ބައެއް ޔުނިވާސިޓީ ތަކުން ވަކި އަދަދެއްގެ ސްކޯލާޝިފްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފެއަރ ގައި ބައިވެރިވި މެލޭޝިއާގެ ޓެއިލާރ ޔުނިވާސިޓީގެ ސްޓެފަނީ ޖޯން ބުނީ، ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް އެ ޔުނިވާސިޓީ ތައުލީމް ހާސިލްކުރަމުންދާ ކަމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ވަކިން ހާއްސަކޮށް އެ ޔުނިވާސިޓީން ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ތައުލީމް ހާސިލްކޮށް، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަތީ ފަންތީގެ ވަޒީފާ ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން މެލޭޝިޔާގައި ތައުލީމު ހާސިލްކުރަމުންދަނީ ޓެެއިލާ ޔުނިވާސިޓީގައެވެ. މިހާރުވެސް 200 އަށްވުރެ ރާއްޖޭގެ ދަރިވަރުން ދަނީ އެ ޔުނިވާސިޓީގައި ކިޔަވަމުންނެވެ. ސްޓެފަނީ ބުނީ، މި ފަދަ ފެއަރ އެއް ގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ޔުނިވާސިޓީން ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އަންނަ އަހަރުފަށާ ކޯސްތަކުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

ގްލޯނެޓުން އިންތިޒާމުކޮށްގެން ކޮންމެ އަހަރުކުވެސް ދެ ފަހަރަކު ގްލޯނެޓް ފެއަރ ބާއްވައެވެ. މި ފަހަރުގެ ފެއަރ ކުރިޔަށްދާނީ މި މަހުގެ 17 އާ ހަމަައަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
07 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި

07 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި
05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
04 މާރިޗު 2017

700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ

04 މާރިޗު 2017
700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް