Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހް

މުޖްތަމައުގެ ހަމަޖެހުން ދަމަހައްޓައިދެނީ އިލްމީ، ހޭލުންތެރިކަން: ރައީސް

ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވަނީ އިގްތިސާދީ ފުދުންތެރިކަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ސެޕްޓެމްބަރު 2019 | ބުދަ 22:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުށި ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުށި ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަނީ

މުޖްތަމައުގެ ހަމަޖެހުމާ ސުލްހަވެރިކަން ދަމަހައްޓައިދެނީ ވަކިވަކި ފަރުދުންގެ އިލްމީ ހޭލުންތެރިކަން ހުރި މިންވަރަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށި ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވަނީ އިގްތިސާދީ ފުދުންތެރިކަން ކަމަށެވެ. އަދި އެ ފުދުންތެރިކަމަށް ވާސިލްވެވޭނީ ރައްޔިތުންގެ އިލްމީ ގާބިލްކަން ހުރި މިންވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވިދދާޅުވީ ސަރުކާރުގެ ބޭނުމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެގޮތުގެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުންކަމަށެވެ.

މިހާރަށްވުރެ ކުރިއަރުވާ ތަރައްގީކުރަންޖެހޭ ކިތަންމެ ހުނަރެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށާއި ވަށާޖެހޭ ތައުލީމެއް ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ އެއީކަމަށް ރައީސް ވިދާޅުވިއެވެ. މަދަރުސީ މަރުހަލާއަކީ ކުދިންގެ ކިބައިގައި ހުރި ގާބިލްކަން ދެނެގަތުމުގެ މަރުހަލާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިމްތިހާނުތަކުގައި މަތީ މާކްސްތައް ނުހޯދޭ ކުދިންނަކީ އަމަލީ ހަޔާތުގައި ހުނަރާއި ގާބިލްކަމުގެ ގޮތުން މާ ހުށިޔާރު ކުދިންނަށް ވެދާނެ ކަމަށާއި މިޒަމާނުގެ ތައުލީމީ ނިޒާމުގެ ތެރޭގައި އަމަލީ ކަންތައްތަކަށް ކުދިން އަހުލުވެރިކުރުމަށް އިސްކަނަދެނީ މިސަބަބުތަކަށްޓާކާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކިޔަވައިގެން ނުކުންނަ ކުދިން ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ގާބިލްކަން ހުންނަ ކުދިންނަށް ހެދޭނީ މިގޮތަށް ކިޔަވައިދީގެން ކަމުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ހަގީގީ ތަރައްގީއަކީ އެމީހެއްގެ ރަށް އަދި މުޖުތަމައު މިހާރުއޮތް ހާލަތުން އެއަށްވުރެ ތަހުޒީބީ ހާލަތަކަށް ބަދަލުކުރާނޭ ވިސްނުން އަށަގަނެވިފައިވުން ކަމަށެވެ. ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ލިބެން ފަށަނީ ކޮންމެ ފަރުދެއްގެ ވެސް ބައިވެރިވުން ގައުމީ ތަރައްގީއަށް ލިބެންފެށުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމު ބޭނުންވަނީ އަދުލު އިންސާފާ، ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާ ކުރަން ކަމަށާއި މިކަން ކާމިޔާބުވާނީ ތައުލީމީ ނިޒާމުގެ ތެރެއިން މިކަންކަމަށް ސަމާލުކަންދީ، ދެވޭ ތައުލީމު ރަނގަޅުކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ކޮންމެ ކާމިޔާބީއެއް ގުޅިފައިވަނީ ތައުލީމާކަމަށާއި ފަރުދީގޮތުން މީހާ ކާމިޔާބު ސަހްޝިއްޔަތަކަށް ހަދާދެނީ އެމީހާ އުނގެނިފައިވާ ތައުލީމުކަމުގައި ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2018

ނިވިގެން އެދިޔައީ އިލްމީ ދަންމަރެއް: އަބްދުﷲ ޝާހިދު

02 ޖޫން 2018
ނިވިގެން އެދިޔައީ އިލްމީ ދަންމަރެއް: އަބްދުﷲ ޝާހިދު
01 ޖޫން 2018

ޑރ. މަޖީދު އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާ ހެއްދެވުމުގެ މަސައްކަތް

01 ޖޫން 2018
ޑރ. މަޖީދު އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާ ހެއްދެވުމުގެ މަސައްކަތް
22 ނޮވެމްބަރު 2017

އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީ ބޭނުންވޭ: ރާއްޖެ

22 ނޮވެމްބަރު 2017
އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީ ބޭނުންވޭ: ރާއްޖެ
05 އޯގަސްޓު 2017

ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް

05 އޯގަސްޓު 2017
ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް
26 ޖުލައި 2017

އިދިކޮޅު ފަރާތްތަކުން ގޮވާލަނީ ހަމަޖެހުން ނަގާލަން، ރައީސް ޔާމީން ގޮވާލައްވަނީ ގައުމު ބިނާކުރަން: ޝައިނީ

26 ޖުލައި 2017
އިދިކޮޅު ފަރާތްތަކުން ގޮވާލަނީ ހަމަޖެހުން ނަގާލަން، ރައީސް ޔާމީން ގޮވާލައްވަނީ ގައުމު ބިނާކުރަން: ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު