Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެހިކަލް ކޮންޓްރޯލް ކުރުން

މާލޭ މަގުތަކުގެ 50 އިންސައްތައަށްވުރެ ބޮޑުބައިގައި ހުރީ އެއްގަމު އުޅަނދުތައް: މިނިސްޓްރީ

އުޅަނދުފަހަރުގެ އޭޖް ލިމިޓް ކަނޑައެޅޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ސެޕްޓެމްބަރު 2019 | އާދީއްތަ 09:41
މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރް

މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރް

ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ 50 އިންސައްތައަށްވުރެ ބޮޑުބައި ހިއްސާކުރަނީ އެއްގަމު އުޅަނދުތަކުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން މަގުތަކުގައި ހުންނަ ޓްރެފިކް ލައިޓްތައް ބޭނުން ނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރް ވިދާޅުވީ، މާލޭގައި ހުރި 3 ޓްރެފިކް ލައިޓް ޖައްސައިފިނަމަ މަގުތައް އިތުރަށް ތޮއްޖެހިގެންދާ ކަމަށާއި، އެހެން މެދުވެރިވާ ސަބަބަކީ މަގުތަކަށް ނުތަކާ ވަރަށް އުޅަނދުތައް ގިނަވުން ކަމަށެވެ.

އޭގެ އިތުރުން، މަހެއްގެ މައްޗަށް 600 އަށްވުރެ ގިނަ ސައިކަލް ރަޖިސްޓްރީ ކުރާއިރު، ހަމައެކަނި މާލޭގެ މަގުތަކުގެވެސް 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް އެއްގަމު އުޅަނދުތަކަށް ހިއްސާކުރާ ކަމަށާއި، މާލޭގައި އެކަނިވެސް 68000 އަށްވުރެ ގިނަ ސައިކަލް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ނަޒީރް ވިދާޅުވިއެވެ. އަދި 4 ފުރޮޅުލީ އުޅަނދު ތަކުގެ އަދަދު 3000 އަށްވުރެ ގިނަ ކަމަށާއި، މާލޭގައި ދިރިއުޅޭ ކޮންމެ ދެމީހަކަށް އުޅަނދެއް ހުރި ކަމަށް މީގެ މަހެއްގެ ކުރިން ހެދި ތަފާސްހިސާބުތަކަކުން ދައްކާ ކަމަށްވެސް ނަޒީރް ވިދާޅުވިއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ، ވެހިކަލްތައް އެހާ ގިނައިރު ޓްރެފިކް ލައިޓުތައް ބޭނުންކުރަން ފަށައިފި ނަމަ މަގުތައް އިތުރަށް ތޮއްޖެހިގެންދާނެ ކަމަށާއި، ވެހިކަލް ކޮންޓްރޯލް ކުރުމުގެ ދުރު ރާސްތާ ޕްލޭންއެއް މިނިސްޓްރީން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ ކުރިން މާލޭގެ ޕަބްލިކް ޓްރާންސްޕޯރޓްގެ ޚިދުމަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށާއި، މިނީބަސް ތައާރަފް ކުރެވި، ޕަބްލިކް ޓްރާންސްޕޯރޓްގެ ނިޒާމު ހަރުދަނާ ވުމުން ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ނަޒީރް ވިދާޅުވިއެވެ.

އެގޮތުން 2020 ވަނަ އަހަރުތެރޭ މިނީބަސް ތައާރަފްކޮށް، ޕަބްލިކް ޓްރާންސްޕޯރޓް ނިޒާމް ހަރުދަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ، ވެހިކަލްތައް ކޮންޓްރޯލް ކުރުމަށްޓަކައި ވަކި އިންސައްތައަކަށް އުޅަނދުގެ އަދަދު ތިރިކުރުން ކޮންމެހެން ލާޒިމު ކަމަށާއި، އުޅަނދުފަހަރު ރަޖިސްޓްރީކުރާ މިންގަނޑު ކޮންޓްރޯލް ކުރުމަށް ވިސްނަމުންދާ ކަމަށެވެ. އެގޮތުން އެކަންކަން ތަންފީޒު ވުމުން ކުރިއަށް އޮތް ތަނުގައި އުޅަނދެއް ރާއްޖެއަށް އެތެރެކުރާއިރު "ސެޓްފިކެޓް އޮފް އެންޓައިޓަލްމެންޓް" ތައާރަފް ކުރައްވާނެ ކަމަށާއި، އޭގެ ދަށުން ނޫނީ މާލެއަށް އުޅަނދުފަހަރު އެތެރެ ނުކުރެވޭ ގޮތް ހެދުމަށް ވިސްނަވަމުންދާ ކަމަށެވެ.

އޭގެ އިތުރުން، އުޅަނދުތަކުގެ "އޭޖް ލިމިޓް"އެއްވެސް ކަނޑައެޅިގެން ދާނެކަމަށާއި، ވަކި މުއްދަތަކަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ މަގުތަކުގައި އެ އުޅަނދެއް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވިސްނަވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ، 2020 ވަނަ އަހަރު ނިމުމުގެ ކުރިން މިނީ ބަސް ތައާރަފްކޮށް ޕަބްލިކް ނިޒާމް ހަރުދަނާ ކުރުމަށްފަހު، 2021 އިން ފެށިގެން ހަރުކަށި ޤަވާއިދުތަކެއްގެ ދަށުން ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު