Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިޔާ އަހުމަދު ރިލްވާން

ކޮމިޝަނުގެ ތަހުޤީޤަށް ބިނާކޮށް ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން ކަށަވަރު ކުރާނަން: މިނިސްޓަރ

7 ސެޕްޓެމްބަރު 2019 | ހޮނިހިރު 08:50

ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ސެޕްޓެމްބަރު 2019 | ހޮނިހިރު 08:50
ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކޮށްފައިވަ ތަހުޤީޤުގެ މައްޗަށް ބިނާކޮށް ފުލުހުންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިލްވާނުގެ މައްސަލައިގައި އިތުބާރު ގެއްލޭ ގޮތަށް ފުލުހުންގެ މަދު ބަޔަކު ވާހަކަ ދައްކަވާތީ ހިތާމަކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް، ހޮނިހިރު ދުވަހު މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިލްވާނުގެ މައްސަލަ ތަހުޤީޤު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކަމަށާއި، އެ ތަހުޤީޤުތަކަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް ރައީސް ސޯލިހު އަޅުއްވާނެކަން ޔަޤީން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެ ތަހުޤީޤުތަކަށް ބިނާކޮށް ފުލުހުންގެ ފަރާތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެކަން ކަށަވަރު ކުރައްވާނެ ކަަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ރިލްވާނުގެ ފޯނު އަޑުއެހުމަށާއި، ރިލްވާނަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުމަކީ ކުށެއް ނޫންތޯ ސުވާލު އުފައްދަވަމުން ރައީސް ނަޝީދު ވަނީ ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭފަދަ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދައްކަވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އޭގެ އިތުރުން، ރިލްވާން އަބްދުﷲ މަރާލި މައްސަލާގައި ޝާމިލްވާ 2 ފުލުހުން ހައްޔަރުކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް މަރާލަފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް