Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ޤާނޫނު

ލާމަރުކަޒީ ޤާނޫނަށް އީސީން ހުށައަޅަން ބޭނުންވާ އިސްލާހުތައް މަޖިލީހާ ހިއްސާކޮށްފި

5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 08:46

ކައުންސިލު މެމްބަރަކު ވަކިވެއްޖެނަމަ 90 ދުވަސް ދިނުމަށް ހުށައެޅި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 08:46
އީސީގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ހުށައެޅުއްވުން

އީސީގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ހުށައެޅުއްވުން

ލާމަރުކަޒީ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅަން ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި ހިއްސާކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެފައިވާއިރު، އެ ކޮމިޝަނުން ހުށައަޅަން ބޭނުންވާ އިސްލާހުތައް ކޮމިޓީގެ ރައީސް އަހުމަދު ޝަރީފް ވަނީ މަޖިލީހާ ހިއްސާކުރައްވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ، އަންހެނުންގެ ކޮމިޓީ އިންތިހާބު ކުރުމުގައި ޤާނޫނީ ގޮތުން ބާރުވެރި ކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ކުރަންޖެހޭ ކަމަށާއި، އެގޮތުން ކޮމިޓީގެ ރައީސް ރަށު ކައުންސިލުގެ މެމްބަރަކަށް އިންތިހާބުވާގޮތަށް ޤާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އެ ޤާނޫނުގައި އަތޮޅު/ސިޓީ ކައުންސިލު މެމްބަރު ކަމުގެ މަޤާމު ހުސްވުމާގުޅޭ މާއްދާތަކުގައި ކައުންސިލު މެމްބަރަކު ވަކިވެއްޖެނަމަ ލަސްވެގެން 45 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ މަޤާމަށް މެމްބަރަކު އިންތިހާބުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޝަރީފް ވިދާޅުވީ، އިންތިހާބުތަކާގުޅޭ ކަންކަން ފަސޭހަ އިންތިޒާމެއްގެ ތެރެއިން ގެންދިއުމަށްޓަކައި އެ މުއްދަތު އިތުރުކޮށް، ގިނަވެގެން 90 ދުވަހުގެ މުއްދަތެއް ދިނުމަށް ފެނިވަޑައިިގަންނަ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާ ވަރަށް ކައުންސިލުގައި މެމްބަރުން ނެތް ހާލަތެއްގައި، ހުސްވި ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނީ އަދަދު (ކޯރަމް) ބަޔާންކޮށްފައި ނުވާ ކަމަށާއި، އޭގެ ސަބަބުން އެކި ފަރާތްތަކުން އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން ޖަލްސާތަކުގެ ކޯރަމްގެ ޤާނޫނީ އަދަދު މި ޤާނޫނުގައި ބަޔާން ކުރުމަށްވެސް އީސީން ހުށައަޅުއްވާފައިވެއެވެ.

އޭގެ އިތުރުންވެސް ގިނަ އިސްލާހުތަކެއް ހުށައަޅުއްވާފައިވާއިރު، ޝަރީފް ވިދާޅުވީ، އިންތިހާބުތައް ރޭވުމުގައި ދައުލަތަށް ވީހާވެސް ލުއިވާނެ ގޮތަށް ވިސްނަންޖެހޭ ކަމަށާއި، އެގޮތުން ލޯކަލް ކައުންސިލު އިންތިހާބާއި، މަޖިލިސް އިންތިހާބު އެއް ދުވަސްވަރަކަށް ހަމަޖެއްސޭނެ ނިޒާމެއް ބައްޓަންކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގައި އަދިވެސް ރައްޔިތުންގެ ބައިވެރިވުން ކުޑަ ކަމަށާއި، ރަށުގެ ހިންގުމާއި ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާމެދު ވިސްނުމަށްވެސް އީސީން އެދިލައްވާފައިވެއެވެ.

އެލްޖީއޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއެކު މި ބިލް މަޖިލީހަށް ހުށައެޅުމަށް ތައްޔާރު ވަމުންދާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކުރިން މި ޤާނޫނުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޓީގެ މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް