Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމިޓީ

ސަރުކާރުން ވިމްލާއަށް ފައިސާ ދޭން ނުޖެހޭނެ ކަމަށް ކޮމިޓީން ފާސްކޮށްފި

4 ސެޕްޓެމްބަރު 2019 | ބުދަ 12:21

އެމަސައްކަތް ދިގުލައިގެން ދިއުމުން ގާތްގަނޑަކަށް 156 މިލިއަން ރުފިޔާ ސަރުކާރަށް ގެއްލުންވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ސެޕްޓެމްބަރު 2019 | ބުދަ 12:21
މާލިއްޔަތު ކޮމިޓީގެ މެމްބަރު ޔައުގޫބު އަބްދުﷲ.  - ސަރުކާރުން ވިމްލާއަށް ފައިސާ ދޭން ނުޖެހޭނެ ކަމަށް ހުށައެޅުއްވީ އޭނާ.

މާލިއްޔަތު ކޮމިޓީގެ މެމްބަރު ޔައުގޫބު އަބްދުﷲ. - ސަރުކާރުން ވިމްލާއަށް ފައިސާ ދޭން ނުޖެހޭނެ ކަމަށް ހުށައެޅުއްވީ އޭނާ.

ސަރުކާރުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފިއެވެ.

ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގއ. އަތޮޅުގެ ތިން ރަށެއްގައި ގެދޮރު ގެއްލުނު މީހުންނަށް އެޅި 298 ގެ އަޅައިދިިނުމަށް ވިމްލާއާއި 220 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓް ސަރުކާރުން ހެދީ 2008 ވަނަ އަހަރުއެވެ. އެ ކޮންޓެކްޓުގައި ވަނީ އެއް އަހަރާއި އެއްމަހާއި 25 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ. ނަމަވެސް ވިމްލާއިން އެމަސައްކަތް ނިންމާފައިވަނީ އެއްބަސްވުމާއި ޚިލާފަށް ގާތްތަގަނޑަކަށް ހަ އަހަރު ފަހުންނެވެ. އެ މަޝްރޫއުގެ ދަށުން ގއ. މާމެންދު އާއި ދާންދޫގެ އިތުރުން ނިލަންދޫ ގެތަށް އިމާރަތްކޮށްފައިވެއެވެ.

Advertisement - newsAdvertisement

ވިމްލާއަށް ބަދަލު ދޭން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެކުންފުނިން ކުރި މަސައްކަތަށްދޭންޖެހޭ ފައިސާ ސަރުކާރުން ނުދެއްކުމުންނެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމާއި އެކު އޭރުގެ ސަރުކާރުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެކި ކަންކަމާ ގުޅިގެން ދައުލަތުން ފައިސާ ދޭންޖެހޭ މައްސަލަތައް ހައްލުކުރުމަށް އުފެއްދި ޚާއްސަ ކޮމިޓީގެ ފަރާތުން ވަނީ ވިމްލާއާއި ބަންޑާރަނައިބުގެ އޮފީހާއެކު އެމައްސަލައިގައި މަޝްވަރާ ކޮށްފައެވެ. މަޝްވަރާ ކޮށްފައިވަނީ އެމައްސަލައިގައި ސަރުކާރުން ފައިސާ ދޭންޖެހޭ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރާނެ ގޮތަކާ މެދުއެވެ. ނަމަވެސް އަދި އެކަމާމެދު ވަކި ގޮތެއް ނުނިންމައެވެ.

އެމައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއް މާލިއްޔަތު ކޮމިޓީއަށް ހުށައަޅާފައެވެ. އަދި ވިމްލާ ކޮންސްޓަކްޝަންގެ އިސް ފަރާތްތައް އެކޮމިޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ. ވިމްލާއިން ވަނީ އެމަސައްކަތުގެ ސަބަބުން އެ ކުންފުންޏަށާއި ސަރުކާރަށް ގިނަ ގެއްލުންވެފައިވާ ކަމަށާއި ގެއްލުން ވެފައިވަނީ ސަބް ކޮންސްޓްރަކްޓަރަކާއި އެމަސައްކަތް ހަވާލު ކުރުމުން ކަމަށް މާލިއްޔަތު ކޮމިޓީގައި ބުނެފައެވެ.

އެމައްސަލައިގައި މާލިއްޔަތު ކޮމިޓީގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށައެޅުއްވި ހުށައެޅުއްވުމުގައި ވިދާޅުވީ ވިމްލާއަށް 78 މިލިއަން ރުފިޔާ ސަރުކާރުން ދޭން ޖެހޭ ކަން ނުފެންނަ ކަމަށެވެ.

އެމަސައްކަތް ދިގުލައިގެން ދިއުމުން ގާތްގަނޑަކަށް 156 މިލިއަން ރުފިޔާ ސަރުކާރަށް ގެއްލުންވެ އިތުރަށް ޚަރަދު ކުރަން ޖެހުނު ކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވަނީ ވިމްލާއަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ނެތްކަމަށެވެ.

ޔައުގޫބު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ވިމްލާގެ އިހުމާލުންކަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރި ރިޕޯޓުން ހާމަވާކަމަށެވެ. އަދި ވިމްލާއިން ސަބް ކޮންޓްރެކްޓަރަށް އެމަސައްކަތް ހަވާލުކުރުމުގެ ސަބަބުން ސަރުކާރުން 78 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ވިމްލާއިން ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ޖެހޭކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވާކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އެހެންކަމުން އޭސީސީއާއި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ފާހަގަވާގޮތުގައި މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް ހުރިކަން ފާހަގަވާތީ ވީއެންމެ އަވަހަކަށް އެފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މި ކޮމިޓީއިން އެންގުމަށް ހުށައަޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ. ޔައުގޫބުގެ އެ ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.

ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ގެތައް އެޅުމަށް ހަވާލުކުރި މަޝްރޫއުތަކުގައި ލަސްތަކެއް އުޅުނުއިރު އެގެތަށް ނިންމާފައިވަނީ އެތަށް ދުވަހެއް ފަހުންނެވެ. އެ ގެތަކުގެ ފެންވަރު ދަށް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

މިމައްސަލަ މާލިއްޔަތު ކޮމިޓީއިން ފާސްވުމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ނަމަވެސް އެމައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާގައި 2016 ވަނަ އަހަރު ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފު ކުރި ގޮތަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް