Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓު

ޝުޖޫން އާއި އަޒްމިރަލްދާ ސްޕްރީމް ކޯޓަށް އައްޔަން ކުރައްވައިފި

މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރި ފުރަތަމަ ފަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2019 | ބުދަ 10:20
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން އައްޔަން ކުރެއްވުމަށްފަހު ރައީސް ބައްދަލު ކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން އައްޔަން ކުރެއްވުމަށްފަހު ރައީސް ބައްދަލު ކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރަައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވި 2 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.

Advertisement - newsAdvertisement

އެ ދެ ފަނޑިޔާރުންނަށް މަގާމުގެ ލިޔުން ދެއްވާފައިވަނީ ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ އަޒްމިރާލްދާއާއި އަލްއުސްތާޛާ ޝުޖޫން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެދެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން އެ ދެބޭފުޅުންނަށް ރުހުން ދިނުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އަޒްމިރަލްދާއާއި ޝުޖޫންއަށް މަޖިލީހުން ރުހުން ދީފައިވަނީ އަންގާރަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހާޒިރުވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުންނެވެ.

މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު