Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުމަތީގެ ހާދިސާ

ލޯންޗު ބަންޑުންވި ހާދިސާގައި 5 މީހުން ނިޔާވެއްޖެ

29 އޯގަސްޓު 2019 | ބުރާސްފަތި 10:42

ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މެންދުރު 12:25 ހާއިރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2019 | ބުރާސްފަތި 10:42
ބަންޑުންޖަހާލި ލޯންޗު ހަނިމާދޫއަށް އެރުވުމުގެ މަސައްކަތްކުރަނީ

ބަންޑުންޖަހާލި ލޯންޗު ހަނިމާދޫއަށް އެރުވުމުގެ މަސައްކަތްކުރަނީ

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި އެއް އާއިލާއަކަށް ނިސްބަތްވާ 4 މީހަކާއި އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ފުރި ފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ނޮދަރން އޭރިއާގެ ކޯސްޓްގާރޑުން ހަރަކާތްތެރިވެފައިވާ ކަމަށާއި، ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 12:25 ހާއިރު ކަމަށެވެ.

މި ހާދިސާގެ ތަފްސީލު އެމްއެންޑީއެފުން މީޑީއާއާ ހިއްސާކޮށްފައިވާއިރު، އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ނިޔާވެފައިވަނީ 3 އަންހެނުންނާއި، 1 ކުޑަކުއްޖަކާއި، 1 ފިރިހެނެއް ކަމަށާއި، ކުޑަ ކުއްޖާގެ އުމުރުން ގާތްގަނޑަކަށް 6 އަހަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައިނުވާ ކަމަށާއި، އެކަން ހިނގާދިޔަ ގޮތް އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޑިންގީ ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުންކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލީ ރާއްޖެއަށް ކުރަމުންދާ ވިސާރައިގައި ކޮޅިގަނޑެއްގައި ޖެހިގެންކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ އާއި، އޭނާގެ އަންހެނުން މަރިޔަމް މަނިކެގެ އިތުރުން އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ، 30 އަހަރު އެވެ. އަދި އޭނާގެ ތިން އަހަރަށް ދާ ދަރިފުޅެވެ. މަރުވި ފަސް ވަނަ މީހަކީ ރަށު ސްކޫލްގެ އެހެން ޓީޗަރެއްގެ އަންހެނުން އެވެ.

މި ޑިންގީ ބަންޑުން ޖަހާލިއިރު ޖުމްލަ 10 މީހުން ތިއްބެވެ. މީގެ ތެރޭގައި ފަސް ފިރިހެނުންނާއި ހަތަރު އަންހެނުން އަދި ކުޑަ އަންހެން ކުއްޖެއް ހިމެނެއެވެ. މިމީހުން ދަތުރުކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަހާލާފައިވަނީ ހދ. ހަނިމާދޫ ހުޅަނގު ދެކުނު ފަރުމައްޗަށެވެ.

ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރި އެއް ރަށެވެ. އަދި ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާއިރު، އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، އަޅަންޖެހޭ ރައްކަތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

09 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ
07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
26 މެއި 2017

ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ

26 މެއި 2017
ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ
24 މެއި 2017

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ

24 މެއި 2017
އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް