Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީންގެ ކުޅިބައި ޖޭޕީގައި އެތުރި ނިމެނީ!

ރައީސް ޔާމިންގެ ސަރުކާރުގެ ގިނަ ބަޔަކު ވަނީ ޖޭޕީއާ ގުޅިފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2019 | އަންގާރަ 14:23
ރައީސް ޔާމިން ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް ޔާމިން ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

މި ސަރުކާރު ގެންނަން ވެގެން މަސައްކަތްކުރި ފަރާތްތަކުން އެންމެ އަޑު ހަރުކޮށް ގޮވާލީ ރައީސް ޔާމިންގެ ސަރުކާރުގެ އިންސާފެއް ނެތް ވާހަކައެވެ. ރައީސް ޔާމިންގެ ސަރުކާރުގެ އަނިޔާވެރި ވާހަކައެވެ. ކޮޅުނެއްތާ ކޮޅަށް ކޮރަޕްޓް ވާހަކައެވެ. ރިޝްވަތުގެ ފަސާދައިން މުޅި ސަރުކާރު ހިންގުމުގެ ނިޒާމު ގަޑުބަޑު ކޮށްލާފައިވާ ވާހަކައެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން، އެ ރައްޔިތުން ގުނބޯ ހައްދައިގެން އުޅޭ ވާހަކައެވެ. ސަހަލު އެކަކުވެސް އެ ސަރުކާރުގައި ނެތް ކަމަށާއި ހުސް ތިބީ ރައީސް ޔާމިން ޖެހިހާ ބެރަކަށް ނަށަން ތިބި ޖާރިޔާއިންތަކެއް ކަމުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަކީ، ޔާމީން ބުނިހާ ގޮތަކަށް "ޔެސް ސަރ" ކިޔައިގެން ތިބި ޕަޕެޓުތަކެކޭ ބުނި ފަރާތްތަކާއި ފަހަރުތައް ވެސް ހަމަ ގައިމުވެސް މަދެއް ނުވާނެއެވެ.

މިއީކީ އަޅުގަނޑުގެ ދުލުން ބުނެލާ ނުވަތަ ގަލަމުން ލިޔެލާ ހިޔާލީ ފޮލާތަކެއް ނޫނެވެ. މިއީ ހައްތަހާވެސް މިހާރުގެ ކޯލިޝަނުގައި ތިއްބެވި ފަރާތްތަކުން ޔާމީންގެ ސަރުކާރާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެވެ. އޭގެ ތެރޭގައި މި ސަރުކާރު ގެންނަން ބުރަ މަސައްކަތެއް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހިމެނިވަޑައިގަންނަވާނެކަން ދުރު ނޫން މާޒީއެއްގައި ހުރި ފަތްފުއްތަކަށް ބަލާލުމުން ވެސް ފެންނާނެ ކަމާއި މެދު އަޅުގަނޑުގެ ހިތުގައި ހަމަ ކުޑަވެސް ޝައްކެއްނެތެވެ.

ކޮންމެއަކަސް ގާސިމް އިބްރާހިމް އެ ވަކާލާތު ކުރެއްވި ގޮތަށް ރައީސް ޔާމީންގެ ސަރުކާރުގެ ޒަމާން ވެސް ނިމިގެން ގޮސްފިއެވެ. ގާސިމް ވެސް އެ ކޯލިޝަނެއްގައި ހުންނެވި ގުޅިފައިވާ ޕާޓީތަކުން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމިން ބަލިކޮށް، އެ "އަނިޔާވެރި، ނުބައި، ނުލަފާ" ސަރުކާރު ނިމުމަކަށް ގެނެސްފައެވެ. ރައްޔިތުން ތިބީ އުފަލުންނެވެ. ފަސް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، އިންސާފުގެ ތެދުމަގަށް ގައުމު އެޅި، އަނިޔާވެރިވީ ކަމަށް ބުނާ ވަލިއްޔުލް އަމުރާއި، އަރިހުގައި އެ ވެރިކަން ހިފަހައްޓަން ތިބި ބެރިތަކެއް ހެން އުޅުނު މަޖިލިސް މެމްބަރުންނަށް ހައްގު އަދަބު ލިބޭނެ ކަމުގެ އިންތިޒާރުގައެވެ.

ނަމަވެސް މިއަދު އޮތް ހާލަތަށް ބަލާއިރު، ދެން އެބޭނުންވާ އިންސާފު ލިބޭނެ ކަމަށް ދެކެމުން އައި ހުވަފެންތައް ވަރަށް ބޮޑަށް ފަނޑުވެއްޖެއެވެ. ސަބަބަކީ އެދުވަހު ގޯސްވީ މެމްބަރުން މިއަދު އެތިއްބެވީ އައިސް ގުޅިފައިވާ ކޯލިޝަނުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައެވެ. އެވެރިންގެ ބަހުންނަމަ ސަރުކާރަށް "ތާއީދުކުރާ" ފަރާތްތަކެއްގެ ގޮތުގައެވެ. އެއްކަލަ އަނިޔާވެރިން އެތިބީ އަދު އައިސް ސަރުކާރާ އެކު މަސްހުނި ވެގެންނެވެ. މިވީ ކިހިނެއްތޯ އަހާލުން ފިޔަވާ ރައްޔިތުންނަށް އަދު އެހޭނެ އިތުރު ސުވާލެއް ނެތެވެ. ގާސިމް ކުރެން އަހާލަން ބޭނުންވާ ސުވާލަކީ ހަމަ އެވެރިން މިހާރު މަނިކުފާނަށް ރަނގަޅުވީތޯއެވެ؟ މަނިކުފާނަށް ރައްދުކުރެއްވި ބަސްތައް މަތިން ހަނދާން ނެތުނީތޯއެވެ؟ މަނިކުފާނު އެހާ ހަނދާން ބަލިއްޔާ އަޅުގަނޑު މަނިކުފާނަށް ކުޑަކޮށް ހަނދާން ކޮށްލަދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.

ގާސިމް އިބްރާހިމް ރިސޯޓު ހިންގަވަނީ ހުސް ނުހައްގުން ހޯދާފައިވާ ރަށްތަކުގައި ކަމަށާއި މުޅިންވެސް މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމުގައި ކަމަށް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އަދި ކޮންމެ ސަރުކާރެއްގައި ވެސް މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމަށް ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ގާސިމްގެ "ދޮލަނގަށް" ބައި އަޅަންޖެހޭ ކަމަށް ވެސް ވިދާޅުވީ ހަމަ އެ ނިހާންއެވެ. ދިވެހި ރައްޔިތުންނަށް ގާސިމް "ބޮޑު މުސީބާތަކަށް" ވެއްޖެ ކަމަށް ވެސް އޭރު ނިހާން ވިދާޅުވިއެވެ. އެ ދޮލަނގުގެ އެއް ކޮޅުގައި ހިއްޕަވަފައިގެން، އަދު ހުންނެވީ އެ "ބޮޑު މުސީބާތް" އަރިހުގައެވެ. ހަނދުމަފުޅު ވެއްޖެތޯއެވެ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބޭފުޅެކޭ، އަބަދުވެސް ބޭނުންވަނީ ރައްޔިތުންގެ އޭނާގެ ކުރިމަތީގައި ސަލާން ޖަހަންށޭ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހްއެވެ. މީގެކުރިން ޤާސިމް ރައްޔިތުންނަށް ވެފައިވާ އެހީއަކީ ހިތުންރުހުމުން ވީ އެހީއެއް ނޫންކަމަށާ، ޤާސިމް އަތުން ގިނަ ފައިސާ ޙަރަދުވެފައިވަނީ ސަރުކާރު ވައްޓާލުމަށް ކަމަށް ވިދާޅުވި ވެސް ހަމަ އެ ފަލާހްއެވެ. ގާސިމްއަކީ މުދަލާއި އަންހެނުންނަށްޓަކައި އުޅުއްވާ، އަމިއްލަ ފައިދާއަށް ނޫން ގޮތަކަސް އެއްވެސް ކަމެއް ގާސިމް ނުކުރައްވާނެ ކަމަށް ވިދާޅުވީވެސް ހަމަ އެ ފަލާހުއެވެ. އަދު "ސަލާންޖަހަން" އައިސް އެ ހުންނެވީ މަނިކުފާނުގެ އަރިހުގައެވެ. ހަނދުމަފުޅު ވެއްޖެތޯއެވެ؟

ގާސިމް އިބްރާހިމް ސިންގަޕޫރުގައި ހުންނަވާ ފިއްލަވައިގެން ދިޔައީ ކަމަށާއި އަނބުރާ ގެނެސް ދައުވާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދުއެވެ. މަނިކުފާނު ހިތުގެ އާލާސްކަންފުޅު ދިމާވެ، ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ހުއްދައަށް އެދުމުން، އިދާރީ ކަންތައްތަކެއް ފުރިހަމަ ނުވާކަމަށް ބުނެ މަނިކުފާނު ބޭސްފަރުވާއަށް ފޮނުވާލުން ހިފަހައްޓަވައިގެން ހުންނެވި އިރު، އެ އިދާރީ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވީ ހަމަ އެ އަޒްލީންއެވެ. އަދު ހުންނެވީ ރައީސް ޔާމިން ކުރެން "ފިއްލަވައިގެން" އައިސް "ފަރުވާއަށް" މަނިކުފާނު އަރިހުގައެވެ. ހަނދުމަފުޅު ވެއްޖެތޯއެވެ؟

މިހެން ދައްކާފައި ހުރި ވާހަކަތައް ލިޔަންވެއްޖެ ނަމަ ހާސް ގަނޑުގެ ފޮތެއް މަދުވެ، އޭގައި ހިމަނަންޖެހޭ ބާބުތައް ވެސް ގިނަ ވާނެއެވެ. ގާސިމް އިބްރާހިމްއެވެ. މަނިކުފާނުގެ އަމިއްލަ ދޫފުޅުން، ކޯލިޝަން ހަލަބޮލި ކުރަން އުޅޭ ބަޔަކަށް ރައްޔިތުން ފުރުސަތު ނުދޭނެކަމަށް ވިދާޅުވެ މިއަދު ކޯލިޝަން ހަލަބޮލި ކުރައްވަނީ ޙުދު މަނިކުފާނެއް ނޫންތޯއެވެ. ރައީސް ޔާމިން މުޅި ގައުމު ފަސާދަކުރައްވަން ގެންގުޅުއްވި މަނާތަކުން ފެށިގެން ގޮސް ރިޔަލާއި ބޮޑުބޯތައް އައިސް މަނިކުފާނުގެ ސަފުތަކުގައި ތިޔަ އަތުރާލަނީ ހަމަ ގައުމަށް ފައިދާހުރި ގޮތެއް ކަމަށް ވިސްނަވާވަޑައިގެންފާ ކަމާއި މެދު ޝައްކެވެ. ނޫނީ ހަމަ އެވެރިން އެބުނިހެން ހަމަ އެހާވެސް އަމިއްލަ އެދުންފުޅު ބޮޑުވެގެންތޯއެވެ؟ ކޮންމެއަކަސް، ފަހަރަކު ކުޅިއަކުން ކުޅިއަކުން އައިސް ރައީސް ޔާމީންގެ މުޅި ކުޅި ބައިގަނޑު ޖޭޕީގައި އެތުރި ނިމެނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު