Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޔުވެންޓަސް އަދި ނަޕޯލީ އިން ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ލީގުގެ ފެށުން ރަނގަޅުކޮށްފި

ޔުވެންޓަސް އިން މި މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 25 އޯގަސްޓު 2019 | އާދީއްތަ 14:51
ޔުވެންޓަސް މެޗުގެ ތެރެއިން

ޔުވެންޓަސް މެޗުގެ ތެރެއިން

އިޓާލިއަން ސެރީއާގައި ޔުވެންޓަސް އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ޔުވެންޓަސް އަދި ޕާމާ ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން މެޗު ފަށައިގެން ރަނގަޅަށް ކުޅުނު އިރު އެޓީމުން ވަނީ ޕާމާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޖިއޯޖިއޯ ކިއެލިނީއެވެ. މި ލަނޑަށް ފަހު ވެސް ޔުވެންޓަސް އިން ފެނިގެން ދިޔައީ ލަނޑުޖަހަން އިތުރު ފުރުސަތު ހޯދަމުން ދިޔަތަނެވެ. ނަމަވެސް ވަރުގަދަ ޑިފެންސެއް ކުރަމުން އައި ޕާމާ އިން އައީ ޔުވެންޓަސްގެ އެޓޭކްތައް ދިފާއު ކުރަމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ރޮނާލްޑޯ ލަނޑު ޖެހި ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ އެލަނޑަކީ ލަނޑެއް ނޫން ކަމަށެވެ.

ޗެމްޕިއަން ޔުވެންޓަސް ހަނި ގޮތަކަށް ލީގުގެ ފުރަތަމަ މެޗުން މޮޅުވިއިރު ރަނަރަޕް ނަޕޯލީއިން ވެސް ލީގު ފެށީ ހަނިގޮތަކަށް ނަމަވެސް މޮޅަކާއި އެކުއެވެ.

ނަޕޯލީ އަދި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ނަޕޯލީއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާ އަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އެރިކް ޕުލްގާއެވެ.

ޕުލްގާއިން މެޗު ފަށައިގެން ލީޑު ނެގި ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީއިން ވަނީ ދެ ލަނޑުޖަހާ މެޗުގެ ލީޑު ހޯދައިފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޑްރިއެސް މާޓިންސް ގެ އިތުރުން ލޮރެންޒޯ އިންސީނޭ އެވެ.

މެޗުގެ ދެވަނަ ހާފުގައި ފިއޮރެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލާ މިލެންކޮވީއެވެ.

ހޯސޭ ކަލެޔޮންގް ލަނޑުޖަހާ ނަޕޯލީއިން ލީޑު ނެގި ނަމަވެސް މާކަ ގިނަ އިރެއް ނުވެ ފިއޮރިންޓީނާ އިން ވަނީ ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޕްރިންސްއެވެ. މެޗުން ނަޕޯލީ މޮޅުކޮށްދިނީ އިންސޭނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު