Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހިރާއްޖެ – "މިނިމަމް ވޭޖު"ގެ އާ ޒަމާނެއްގެ ތެރެއަށް

އަންނަ ޑިސެމްބަރު މަހުގެ ކުރީން މިނިސްޓަރަށް ލަފާއެރުވޭނެކަމަށް ބޯޑުން ބުނެފައިވޭ

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2019 | އާދީއްތަ 11:48
މިނިމަމްވޭޖު ކަނޑައެޅުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން، ހއ. ދިއްދޫ

މިނިމަމްވޭޖު ކަނޑައެޅުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން، ހއ. ދިއްދޫ

ޒަމާނީ އާ ބަދަލުތައް ދުށުމުގެ އިންތިޒާރުގައި، ދަތްދޮޅީގައި އަތް ވިއްދައިގެން، ފިކުރާ ވެފައި ތިބި ދިވެހިން، އެންމެ ގާތުން، ދެން ދެކެން އޮތް އާ ޒަމާނަކީ މިނިމަމްވޭޖުގެ ޒަމާނެވެ. އެއީ ދިވެހި ތާރީޚުގައި، އެބައި މީހުންގެ ވަޒަނުގައި، އެންމެ ކުޑަމިނުން ދެވޭ، މުސާރަ އާއި އުޖޫރަ، ކަނޑައެޅިގެން ދާ ޒަމާނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙުގެ ރިޔާސީ ވަޢުދެއް ކަމަށްވެފައި އޮތް "މިނިމަމް ވޭޖު" ރާއްޖެއަށް، ތަޢާރަފު ކުރުމުގެ މަސައްކަތް އެވަނީ، އެމަނިކުފާނު ކަނޑައެޅުއްވި، ވޭޖު ކަނޑައަޅާ ބޯޑާއި، ޙަވާލު ކުރައްވައިފައެވެ.

މިދެންނެވި ބޯޑުން، އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) ގެ ލަފާ، މިކަމުގައި މިހައިތަނަށް އެވަނީ ހޯދައިފައެވެ. މީގެ އިތުރުން، މި މަސައްކަތަށް ފަހިކަން ގެންނާނެ، "އެންޓަރޕްރައިޒަސް" ސާރވޭ އެއް، ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. ކަމާބެހޭ އިތުރު މަޝްވަރާތަކާއި ދިރާސާތަކާއި އެކުއެކުގަ އެވެ. މި ކުރެވޭ މަސައްކަތްތަކުން، މުޅީން އަތްވީއްލި، އަންނަ ޑިސެމްބަރު މަހުގެ ކުރީން، މިކަމުގެ ހެޔޮ ލަފައެއް، ކަމާބެހޭ ވަޒީރަށް އެރުވޭނެ ކަމަށް، ދާދިފަހުން ވޭޖު ބޯޑުން އެވަނީ ހާމަކޮށްފައެވެ.

ކޮންމެއަކަސް، މިދެންނެވި މަސައްކަތްތަކުން މުޅީން އަތްވީއްލޭއިރު، ދިވެހިރާއްޖޭގެ މިނިވަމް ވޭޖުގެ އާ ޙަޔާތަށް، އަރަމުންދާ އިރަށް އަންނާނީ ދޮންވަމުންނެވެ. އެހެންކަމުން އޭގެ ދޯދިތައް، ފަޒާގައި ދިއްލި، އޭގެ އަލިކަން، 2020 ގައި، ފެތުރުމުގެ އުންމީދު ކިތަންމެ ހާވެސް ބޮޑެވެ.

ފަލްސަފީ ނަޒަރަކުން ދަންނަވާނަމަ، މިނިމަމް ވޭޖަކީ، "ކަޅުހުއްތު މޭވާ" ރާއްޖެއަށް، ތަޢާރަފުވި ގޮތަށް، ބޭރުން ގެނެވޭ މޭވާއެއް ފަދަ ތަޢާރަފެކެވެ. މިކަމަކީ ދުނިޔެ ތަޖުރިބާކޮށް، ރަހަ ބަލައިފައިވާ "ފޮނި މޭވާ" އެކެވެ. އެފަދަ ނިޒާމެކެވެ.

މިނިމަމް ވޭޖުގެ ޚިޔާލާ ފިކުރު، 1894 ގައި، ނިއުޒިލަންޑުގާ، ހިގައި ގަތުމާއެކު، ޤާނޫނެއްގެ ދަށުން، އެކަން އެ ޤައުމުގައި ތަޢާރަފު ކުރިއެވެ. އެހައިތަނުން، މި ޚިޔާލާތުގެ އިރު، ދުނިޔެއަށް އެ އޮތީ، އަރާފައެވެ. އެހެންކަމުން، އޭގެ ދޯދިތަކުން، އެމެރިކާ ބައްރަށްވެސް އިސައިހިތަކުމެ އަލިކަންދިނެވެ.

މި ވޭތުވެ ދިޔަ ޒަމާންތަކުގައި، އެމެރިކާއިން ވަނީ، އެންމެ ފުރަތަމަ ކަނޑައެޅި މިނިމަމް ވޭޖުގެ މިންވަރަށް، 22 ހަކަށް ފަހަރު، މަތިން ހެޔޮ ބަދަލުތައް، ގެނުވައިފަ އެވެ. އަދި މިއީ މިއަދުގެ ދުނިޔޭގައި ގިނަ ޤައުމުތަކެއްގައި ބަލައިގެންފައިވާ ހެޔޮ ނިޒާމެކެވެ. އެހެންނަމަވެސް އެކި ގައުމުތަކުގައި މިކަން އޮތީ، އެކި ގޮތަށެވެ. އެއް ގައުމެއްގެ ތަފާތު ސިޓީ ތަކުގައިވެސް، މިނިމަމް ވޭޖުގެ އުސޫލު ތަފާތެވެ.

އެއްބަޔަކު، މިނިމަމް ވޭޖު ކަނޑައަޅައިފައި އޮތީ، ގަޑިއަކަށް ލިބޭނެ އުޖޫރައިގެ އެންމެ ކުޑަމިނެވެ. އަނެއް ބަޔަކު މަހަކަށް ނުވަތަ އަހަރެއްގެ މަތިން ތޭރަ ފަހަރަކަށް ބަހާލައިގެންދޭ އުޖޫރައިގެ އެންމެ ދަށް މިންގަނޑުގެ ގޮތުގައެވެ. އޭގެ ތެރޭގައިވެސް، އެކި ޢުމުރުފުރާތަކަށް، އެކި މިންވަރު ކަނޑައެޅުމަކީ، ބައެއް ގައުމުތަކުން ފެންނާން އޮތް މަންޒަރެކެވެ.

ދިވެހިރާއްޖެއާ އެންމެ ކައިރީގައި އޮތް، އިންޑިއާއަށް ބަލައިލި ނަމަވެސް، ބިހާރު ސްޓޭޓާއި މުމްބާއީ އާއި، ކެރެލާގައި މިނިމަމްވޭޖުގެ މިންވަރުގެ ފަރަގު ފެނެއެވެ. ހަމަ އެހެންމެ ދަނޑުވެރިންނަށް ތަފާތު އުސޫލުތަކެއް، ގެންގުޅޭ މަންޒަރުވެސް ފެނެއެވެ.

ވޭތުވެ މިދާ ދެ އަހަރުގެ ތެރޭގައި، މިނިމަމްވޭޖަށް، އެންމެ ހެޔޮ ބަދަލު ތަކެއް، އެންމެ ބޮޑަށް އައިސްފައިވަނީ އީ.ޔޫގެ މެންބަރު ގައުމު ތަކަށެވެ. މިސާލަކަށް ޔޫރޯ ފަންޑުން ޝާއިޢުކުރާ އަންނަ އެނުއަލް ރިޕޯޓުން، މީގެ ތަފާސްހިސާބުތައް ފެންނާން އޮންނާނެ އެވެ.

ފަރަންސޭސި ވިލާތުގައި ކުރިއަށް ދިޔަ "ޔެލޯ ވެސްޓު" މުޒާހަރާއަށް ފަހު، މިނިމަމްވޭޖަށް ކުރި ހެޔޮ އަސަރު، ދުނިޔެ ސިފަކުރަނީ، އެއީ ރައްޔިތުންގެ އަޑު ސިޔާސީ ލިޑަރުންގެ ކަންފަތްޕުޅުގައި ޖެހުނީ ކަމަށެވެ. އަނެއްކޮޅުން ސްޕޭނާ، ސްލޮވީނިއާއިން، ފެނިފައިވާ، މިނިމަމްވޭޖުގެ އިސްލާޙީ ބަދަލުތަކުގެ ސިއްރަކީ، ސިޔާސީ ލީޑަރުންގެ އިސްނެގުމާ، ރައްޔިތުންގެ ޑިމާންޑުކަމުގައިވެސް ސިފަކުރެވިގެން ދިޔައެވެ.

މިނިމަމްވޭޖަށް ދުނިޔެ ދެކެމުންދާ ހެޔޮ ބަދަލުތަކަކީ، ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން އަލިވިލިފައިވި، މަޤުބޫލު ވަޢުދު ތަކެއްގެ ހެޔޮ ނަތީޖާއެވެ. ބައެއް ގައުމު ތަކުން މިހެން މިކަން ސިފަ ކުރާއިރު، ދިވެހިރާއްޖެ ވެސް ހިމެނޭނީ، މިދެންނެވި ސަފުގައެވެ.

ދިވެހިރާއްޖޭގެ މިނިމަމްވޭޖުގެ ވަޢުދުގައި ކުލަޖެހެމުން މިދާ ދިއުމުގެ ސިއްރަކީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބެވެ. އެއީ އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ސޯލިޙުގެ ރިޔާސީ ވަޢުދެކެވެ.

އެހެންކަމުން އެ، މޭވާ އަކަށް ކިއާނެ ނަމެއް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނޭގިފައި އޮތް ހިނދު، އެ، މޭވާގެ އޮށް ރާއްޖެއަށް ގެނެސް، އެ އޮށް އިންދި "ކަޅުހުއްތު" ގެ ނަމުން، އެ މޭވާ އަކަށް "ކަޅުހުއްތުމޭވާ" ކިއުނު ބީދައިން، ދިވެހިރާއްޖެއަށް މިނިމަމްވޭޖުގެ ފިކުރާ ޚިޔާލާތާ، އޭގެ ތާރީޚީ ޒަމާން، ފަށްޓަވައި ދެއްވާ ޒަޢީމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ނަންފުޅު، ދިވެހި ތާރީޚުގައި، ލިޔެވިގެން ދާނެކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން އެ ނަންފުޅު ވަދެގެންދާނީ، ދިވެހިރާއްޖެ – "މިނިމަންވޭޖު"ގެ އާ ޒަމާނެއްގެ ތެރެއަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވެ، ބިރުވެރިކަމުގެ ތެރެއަށް!

ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވެ، ބިރުވެރިކަމުގެ ތެރެއަށް!

27 ޑިސެމްބަރު 2018
ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

02 ޖޫން 2018
ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!

ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!

06 މާރިޗު 2018
ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ

ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު